ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހިޔާ ފްލެޓުތަކުގެ އެއްބަސްވުމާއި އަގަށް ގެނައި ބަދަލު އެޗްޑީސީގެ ޕޯޓަލްއިން މިހާރު ފެންނާނެ!

ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްގައިވާ ހިޔާ ފްލެޓުތައް: ފޮޓޯ: އަދަދު
ޝެއާރކޮށްލާ ކަހަލަދޯ؟

ހިޔާ ފްލެޓުތަކުގެ އެއްބަސްވުމުގެ އިސްލާހު އަދި ފްލެޓުތަކުގެ އަގަށް ގެނައި ބަދަލުތައް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ”މައި ހުޅުމާލެ ޕޯޓަލް“ އިން ފެންނާނެ ގޮތް ހަދައިފި އެވެ.

މީޑިއާތަކަށް މައުލޫމާތު ދެމުން އެޗްޑީސީން ބުނީ ސަރުކާރުން ފްލެޓުތަކުގެ އަގަށް ގެނައި ބަދަލުތައް އެކުންފުނީގެ މައި ހުޅުމާލެ ޕޯޓަލް މެދުވެރިކޮށް މިހާރު ފެންނާނެ ކަމަށެވެ. އަދި ކުއްޔަށް ދީފައިވާ ލުއިތަކާއި ގުޅިގެން ފުރިހަމަ ކުރަން ޖެހޭ ލިޔެކިއުންތައް ފުރިހަމަކުރުމުގެ އިސްލާހުގެ މައުލޫމާތުތައް ފެންނާނެކަމަށް ވެސް ވަނީ ބުނެފައެވެ.

އެޗްޑީސީން ބުނި ގޮތުގައި މިއީ ހިޔާ ފްލެޓު ލިބިފައިވާ މީހުންނަށް ސަރުކާރުން ދިން ލުއިތައް، ރަސްމީ ކުރުމަށް ކުރެވުނު މުހިންމު މަސައްކަތެކެވެ. އަދި ބުނެފައި ވަނީ އެއްބަސްވުމުގައި ސޮއިކޮށްފައިވާ ފަރާތްތަކަށް މިހާރު ”މައި ހުޅުމާލެ ޕޯޓަލް“ ލިންކު ބޭނުންކޮށްގެން، އެއްބަސްވުމުގެ އިސްލާހުތަކާއި އަގަށް އައިސްފައިވާ ބަދަލުތައް ބަލައި، ފުރިހަމަ ކުރަން ޖެހޭ ލިޔެކިޔުންތައް ފުރިހަމަ ކުރުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

މީގެ ސަބަބުން ފްލެޓުތަކުގެ ވެރިފަރާތްކަމުގެ ލިޔެކިޔުންތައް އަވަސްކުރުމަށް މަގުފަހިވެގެންދާނެކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: