ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަމާޒަކީ ކުރިއަށް އޮތް ދެ އަހަރު ތެރޭ ބޭސިކް އިންފްރާސްކްޓްރަކްޗަރ ފުރިހަމަކުރުން: މިނިސްޓަރ އަމީރު

ފިނޭންސް މިނިސްޓަރ އަމީރު މިއަދުގެ ބަޖެޓް ކޮމިޓީގައި ވާހަކަދައްކަވަނީ
ޝެއާރކޮށްލާ ކަހަލަދޯ؟

އަމާޒަކީ ކުރިއަށް އޮތް ދެ އަހަރު ތެރޭ ބޭސިކް އިންފްރާސްކްޓްރަކްޗަރ ފުރިހަމަކުރުން ކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

އާދިއްތަ ދުވަހު ބޭއްވި ބަޖެޓް ކޮމިޓީގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރ ވިދާޅުވީ ރާއްޖޭގެ ދަރަނި އިތުރުވަމުންދާ ދިއުމަކީ ވަރަށް ނުރައްކާތެރިކަމެއް ކަމަށެވެ.

ދަރަނި އިތުރުވާ މިންވަރު ޤައުމީ އުފެއްދުންތެރިކަމަށް ވުރެ ދަށްވާން ޖެހޭ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.  އެހެންކަމުން ސަރުކާރުން ކުރިއަށް އޮތް 2020 ވަނަ އަހަރުގެ ބަޖެޓް އެކުލަވާލާފައި ވަނީ، ރާއްޖޭގެ ދަރަނީގެ ނިސްބަތް އިތުރު ނުވާނެ ގޮތަކަށް ވިސްނައިގެން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

” މި ބަޖެޓްގައި ހިމަނާފައިވާނެ، އަޅުގަނޑު ކުރިން ފާހަކުރިހެން ރާއްޖޭގެ ޓްރާންސްޕޮރޓޭޝަން ޤާއިމްކުރުމަށް، ރާއްޖެ ޓްރާންސްޕޯޓް ނެޓްވޯރކަކުން ގުޅާލަން”

ރާއްޖެ ރަށްރަށުގައި ފެނާ ނަރުދަމާ ނެތުމުން އެރަށްރަށުގައި ގެސްޓްހައުސްތައް ޤާއިމް ނުކުރެވޭ ކަމަށާ، އެ ރަށްރަށުަގައި އެއަރޕޯޓް ވެސް ފީސިބްލް ނުކުރެވޭކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.  އަދި ރާއްޖޭގެ ކުރިއެރުމަށްޓަކާ ކުރަން ޖެހޭ އަސާސީ ޚިދުމަތްތައް ފުރިހަމަ ނުވެ ވުމަކީ ދިމާވާ ބޮޑު ގޮންޖެހުމެއް ކަމަށް މިނިސްޓަ އަމީރު ވިދާޅުވިއެވެ.

އެހެކަމުން ރާއްޖޭގެ ބޭސިކް އިންފްރަރސްޓްރަކްޗަރ އަށް ކުރާ ޚަރަދަކީ ކޮންމެހެން ކުރަން ޖެހޭ ޚަރަދެއް ކަމަށާ، އެކަން ފުރިހަމަނުކޮށް ރާއްޖޭގެ ދަރަނި ކުޑަ ނުކުރެވޭނެ ކަމަށް މިނިސްޓަރ އަމީރު ވިދާޅުވިއެވެ. 

މި ސަރުކާރަށް އަމާޒުވާ އެންމެ ބޮޑު ފާޑުކިޔުމަކީ ބޮޑު މެގަ ޕްރޮޖެކްޓެއް ނެތް ކަމުގެ ފާޑުކިޔުމެވެ. ސަރުކާރުގެ ވިސްނުން މިހާތަނަށް ހުރީ އަސާސީ ކަންކަން ފުރިހަމަ ނުވާ ރަށްތަކަށް އެ ޚިދުމަތްތައް ފުރިހަމަ ކޮށްދެވޭނެ ފަދައިން ބަޖެޓް ކުރިއަށް ގެންދިއުމަށް ކަން ފިނޭންސް މިނިސްޓަރގެ ވާހަކައިގައި ފާހަގަކުރައްވާފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: