ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންޓަރ އޮފީސް ނެޓްބޯލް މުބާރާތް 2025 ގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު!

ޝެއާރކޮށްލާ ކަހަލަދޯ؟

އިންޓަރ އޮފީސް ނެޓްބޯލް މުބާރާތް 2025 ގެ ޑިޖިޓަލް ޕަރޓްނަރަކަށް ދިރާގު ހަމަޖައްސައިފި އެވެ.

މި ފޯރިގަދަ ނެޓްބޯޅަ މުބާރާތުގައި ރާއްޖޭގެ އެކި އޮފީސްތަކާއި ކުންފުނިތަކުގެ ޓީމުތައް ވަނީ ބައިވެރިވެފައެވެ.

ނެޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ފަރާތުން އިންތިޒާމުކޮށްގެން 1 ޑިސެންބަރު 2025 ގައި ކުރިޔަށް ގެންދާ މި މުބާރާތް 20 ޑިސެންބަރު 2025 ގެ ނިޔަލަށް ނެޓްބޯލް ސިންތެޓިކް ޓްރެކުގައި ކުރިއަށްދާނެއެވެ. އަންހެން އަދި ފިރިހެން ޑިވިޝަނަށް ބަހާލައިގެން ކުރިއަށްދާ މި މުބާރާތުގައި މި އަހަރު އަންހެން ޑިވިޝަނުން 21 ޓީމު އަދި ފިރިހެން ޑިވިޝަނުން 4 ޓީމުގެ ހުނަރު ފެނިގެންދާނެއެވެ.

ނެޓްބޯޅައަކީ ދިވެހީންގެ ތެރޭގައި މަގުބޫލު އެއް ކުޅިވަރެވެ. އަދި، މި މުބާރާތަކީ ރާއްޖޭގައި ނެޓްބޯޅައިގެ އެންމެ މޮޅެތި ކުޅުންތެރިން ފެނިގެންދާނެ އެއް މުބާރާތެވެ.

ދިރާގުން ދަނީ ޒުވާނުން ބާރުވެރިކޮށް އަދި ކުޅިވަރާއި އިޖްތިމާއީ ހަރަކާތްތައް ކުރިއަރުވާ އެކިއެކި ޕްރޮގްރާމްތަކާއި އިވެންޓްތަކަށް އެހީތެރިކަން ފޯރުކޮށްދީ، މި ފަދަ ޕްރޮގްރާމްތައް ކުރިއަށް ގެންދިޔުމަށް އެއްބާރުލުންދެމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: