ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާލޭގެ ބޮޑުތަކުރުފާނު މަގުގެ އުތުރުފަރާތުން މަގު ފުޅާކޮށް ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ފަށައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭގެ ބޮޑުތަކުރުފާނު މަގުގެ އުތުރުފަރާތުން މަގު ފުޅާކޮށް ތަރައްގީކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ފަށައިފިއެވެ.

މި މަޝްރޫއުގެ އަަމަލީ މަސައްކަތް ފައްޓަވައިދެއްވީ މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓަރަކްޗަރ ޑރ. އަބްދުﷲ މުއްތަލިބެވެ. މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެއްޓުމުގެ ގޮތުން މާލޭގައި ހާއްސަ ރަސްމިއްޔާތެއް ބާއްވާފައިވާއިރު، އެމްޓީސީސީގެ އެމްޑީ ޑީސީޕީ (ރިޓޑ) އަހުމަދު ސައުދީއާއި ވަޒީރުންނާއި، މަޖްލީހުގެ މެމްބަރުންވެސް ބައިވެރިވެ ވަޑައިގެންފައިވެއެވެ.

ބޮޑުތަކުރުފާނު މަގުގެ އުތުރު ފަރާތުން ތަރައްގީ ކުރެވޭ ސެގްމެންޓް 1 ހިމެނޭ ސަރަހައްދަކީ މާލޭގެ އެންމެ ގިނަ މީހުން ބޭނުންކުރާ އެންމެ ބާރުބޮޑު އެއް ސަރަހައްދެވެ. އެ މަގު ފުޅާކޮށް ތާރުއަޅާއި ނިމުމުން އެ ސަރަހައްދުގައި ފަސޭހަކަމާއިއެކު ދެކޮޅަށް ދަތުރުކުރެވޭނެ ކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ. އަދި އުޅަނދުފަހަރަށް ޕާކުކުރާނެ އިތުރު ޖާގަވެސް ލިބިގެންދާނެ ކަމަށް ވަނީ ބުނެފައެވެ.

މި މަސައްކަތް ނިންމާއިރު، އެތަނުގައި ފެން ހިންދާނެ ނިޒާމެއްވެސް ގާއިމްކުރެވިގެން ދާނޭ ކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ. އެކުންފުނިން ބުނެފައިވަނީ ފެން ހިންދާ ނިޒާމު ގާއިމްކުރެވުމާއިއެކު ވިއްސާރަވުމުން ފެން ބޮޑުވާ މައްސަލައަށް ބޮޑު ހައްލެއް ލިބިގެންދާނެ ކަމަށެވެ.

މި މަޝްރޫގެ ދަށުން 830 މީޓަރުގެ މަގެއް ހަދާއިރު، 737 މީޓަރުގެ ސަރަހައްދެއްގައި ޝީޓް ފައިލް މަސައްކަތް ކުރާނެ ކަމަށވެ. އަދި ތާރުއަޅައި ސަބްބޭސް ތައްޔާރު ކުރުމާއި ހިނގާ މީހުންނަށް ވަކި ލޭނެއްވެސް ގާއިމް ކުރާނެ ކަމަށް އެމްޓީސީސީން ވަނީ ބުނެަފއެވެ. މީގެއިތުރަށް ޑްރެނެއިޖް ސާވިސް ލައިން އެޅުމާއި މަގު ބައްތި ހަރުކުރުމާއި މަގުމަތީ ނިޝާން ހަރުކުރުމުގެ މަސައްކަތްތައް ވެސް މިމަޝްރޫއުގެ ދަށުން ކުރިއަށް ދާނެ ކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.

މި މަޝްރޫއުއަކީ 144.50 މިލިއަން ރުފިޔާއަށް 455 ދުވަސްތެރޭ ނިންމުމަށް އެ ކުންފުންޏާއި ހަވާލުކޮށްފައިވާ މަޝްރޫއެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: