ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބަޖެޓް: ފައިނޭންސް ކުރުމަށްޓަކާ، ލޯނުގެ ގޮތުގައި އަލަށް 300 މިލިއަން ޑޮލަރު!

ފިނޭންސް މިނިސްޓަރ އަމީރު ބަޖެޓް ކޮމިޓީގައި ވާހަކަދައްކަވަނީ
ޝެއާރކޮށްލާ ކަހަލަދޯ؟

 ފައިނޭންސް ކުރުމަށްޓަކާ، ލޯނުގެ ގޮތުގައި އަލަށް 300 މިލިއަން ޑޮލަރު ނަގަން ނިންމާފައިވާ ކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

ބަޖެޓް ކޮމިޓީގައި ވާހަކަދައްކަވަމުން މިނިސްޓަރ އަމީރު ވިދާޅުވީ އެ އަދަދަކީ އެއީ ފައިސާއިން ބަލައިފި ކަމަށް ވާނަމަ 4.6 ބިލިއަން ރުފިޔާ ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ ލޯނުގެ ގޮތުގައި މިހާރުވެސް ލިބޭނެ ކަމުގެ ޔަޤީންކަން ލިބިފައިވާ 3.3 ބިލިއަން ރުފިޔާ އެބަހުރިކަމަށެވެ.

“އެއީ މިހާރުވެސް އަޅުގަނޑުމެންނަށް ކޮމިޓްވެފައި، އެކިއެކި ޕްރޮޖްޓްތަކުގެ ތެރެގައި ލިބޭނެ ކަމަށް އަންދާާޒާ ކުރެވޭ ފައިސާ. އޭގެ ތެރޭގައި ޓަރމިނަލް ޕްރޮޖެކްޓާ، އެއީ ޑިސްޕަރސް ވަމުން އަންނަ ވަރަކަށް އިތުރުވާ އެއްޗެއް”، ފިނޭންސް މިނިސްޓަރ އަމީރު ވިދާޅުވިއެވެ.

ރާއްޖޭގެ ފަރާތްތަކަށް ޓެރެޝަރީ ބިލާއި، ބޮންޑް ވިއްކަނީ 300 މިލިއަން ޑޮލަރާއި ހަމައަށް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން ޖުމުލަ20،000 ހައުސިން ޔުނިޓް އަޅަން ވައުދުވެފައިވާ ކަމަށާ، އެކަމަށްޓަކާ ފުރަތަމަ ބޭނުންވާ އިކުއިޓީ އަށް 600 މިލިއަން ރުފިޔާ ކަނޑައަޅާފައިވާ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

މި ސަރުކާރުގެ ދަރަނި ބޮޑު ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ދަނީ އިންތިހާ އަށް ފާޑުކިޔަމުންނެވެެ.

އެހެންނަމަވެސް ސަރުކާރުން ވަނީ މި ސަރުކާރުގެ ސިޔާސަތަކީ ދަރަނި ވީހާވެސް ބޮޑުތަނުން ކުޑަ ކުރުން ކަމަށް ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: