ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފަހު ކުއާޓަރުގައި ކޮންސްޓްރަކްޝަން ނޫން ދާއިރާތަކުގެ މާލީ ހާލަތު ރަނގަޅުވާނެކަމަށް ބެލެވޭ: އެމްއެމްއޭ

ދިވެހި ރާއްޖޭގެ މަރުކަޒީ ބޭންކް، އެމްއެމްއޭ.
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮންސްޓަރަކްޝަން ނޫން އެހެން ހުރިހާ ވިޔަފާރީގެ ދާއިރާތަކުގެ މާލީ ހާލަތު އަހަރުގެ ފަހު ކުއާޓާރގައި ރަނގަޅުވެގެންދާނެކަމަށް އެ ފަރާތްތަކުން ލަފާކުރާކަމަށް އެމްއެމްއޭއިން ބުނެފިއެވެ.

އެމްއެމްއޭއިން އާންމުކޮށްފައިވާ ރާއްޖޭގެ ވިޔަފާރީގެ މައުލޫމާތުތަކުގައިވާގޮތުން ފަތުރުވެރިކަމުގެ ދާއިރާއިން ކުރިއެރުންތައް ލިބިފައިވާއިރު ދަށްވުންތައްވެސް އަހަރުގެ ތިންވަނަ ކުއާޓާރުގައި ވަނީ ފާހަގަކުރެވިފަ އެވެ. ނަމަވެސް ހަތަރު ވަނަ ކުއާޓާގައި ޕީކް ސީޒަން ޖެހޭނެކަމަށްވުމުން މި ދުވަސްތަކުގެ ތެރޭގައި ވިޔަފާރީގެ އުފެއްދުންތެރިކަން އިތުރުވެގެންދިއުމަށް މި ދާއިރާގެ ވިޔަފާރިތަކުން އުންމީދުކުރާކަމަށެވެ.

ތިންވަނަ ކުއާޓާރގައިވެސް ކޮންސްޓްރަކްޝަން ދާއިރާގެ ވިޔަފާރިތައް ފުޅާވަމުން އައިސްފައިވާއިރު ދުވެލި ހުރީ އެންމެ ބާރު މިނެއްގައި ނޫންކަން ފާހަގަކޮށްފައިވެއެވެ. މިއީ ކޮންސްޓްރަކްޝަން ދާއިރާގެ ވިޔަފާރިތަކުން ދިރާސާގެ ބޭނުމަށް ހާމަކޮށްފައިވާ މައުލޫމާތުތަކެވެ. މި ކުއާޓާރގައި ސިނާއަތުގެ އުފެއްދުންތެރިކަން ދަށްވެފައިވާކަމަށް ފެނިގެންދާއިރު ހިދުމަތް ލިބިގަތުމަށް އެދޭ މިންވަރު އިތުރުވެފައިވާކަމަށްވެސް ބުނެފައިވާކަން ހާމަކޮށްފައިވެއެވެ.

ހޯލް ސޭލާއި ރީޓެއިލް ދާއިރާގެ މަސައްކަތްތައްވެސް އިތުރަށް ފުޅާވެގެންގޮސްފައިވާކަމަށް އެ މުއައްސަސާއިން ބުނެފައިވެއެވެ. މި ކުއާޓާރގައި ދިރާސާއަށް މައުލޫމާތު ދިން ވިޔަފާރިތަކުގެ ތެރެއިން ޓްރާންސްޕޯޓާއި މުއާސަލާތީ ދާއިރާ ނޫން އެހެން ސިނާއަތުތަކުގެ ހާލަތު ދަށްވެގެންދިޔަކަމަށްވެސް ފާހަގަކޮށްފައިވެއެވެ. ނަމަވެސް ފަހު ކުއާޓާރގައި ކޮންސްޓްރަކްޝަން ދާއިރާ ނޫން އެހެނިހެން ދާއިރާތަކުގެ މާލީ ހާލަތު ރަނގަޅުވެގެންދާނެކަމަށް ލަފާކުރާކަމަށް ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: