ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކަސޯޓީ ޒިންދަގީކީ: ކުރިއަށް ބޮޑެތި ޓްވިސްޓްތައް!

ޝެއާރކޮށްލާ ކަހަލަދޯ؟

ކަސޯޓީ ޒިންދަގީގެ ޕްލޮޓަށް އަނެއްކާވެސް ބޮޑު ބަދަލުތަކެއް ގެންނަން ނިންމައިފިއެވެ.

ދުވަސްކޮޅެއްގެ މަޑު ޖެހުމަށް ފަހު އަނެއްކާވެސް އެކްތާ ކަޕޫރްގެ ކަސޯޓީ ޒިންދަގީކީއަށް ރަނގަޅު ތަރުޚީބެއް ލިބެންވަނީ ފަށާފައެވެ.

ސްޓާޕްލަސްއިން ގެނެސްދޭ މި ޑްރާމާ އަކީ 2000ގެ އަހަަރުތަކުގައި ގެނެސްދިން މަޤުބޫލް ޝޯވގެ ސީކުއެލްއެކެވެ.

އެހެންނަމަވެސް މިޑްރާމާގެ ކުރީގެ ސީޒަން އާއި މި ސީޒަން އާއި އެއްވެސް އެއްގޮތް ކަމެއް ނެތް ކަން ފާހަގަކޮށްލެވެއެވެ. ކަސޯޓީއަށް ލިބުނު ތަރުޚީބު ކުޑަވީ އެ ޑްރާމާގެ ލީޑް ރޯލް ކަމަށްވާ ޕްރޭނާ އާއި އަނޫރާގް އެކުގައި ފެންނަ މަންޒަރުތައް މަދު ވުމާއި ޑްރާމާގެ މަންޒަރުތައް ދިގު ދެންމުމެވެ.

މިހާރު ކަސޯޓީގެ ޕްލޮޓްގައި ފެންނަނީ ސީރީޒްގައި ނުބައިބައި ކުޅޭ، ކޮމޮލިކާ މޫނު ބަދަލްކުރާ ސާރޖަރީއަކަށް ފަހު އަނބުރާ އައިސްފައި ވާއިރު، މިހާރު އަނޫރާގް އުޅެނީ އޭނާ އާއި ކައިވެނިކޮށްގެންނެވެ.

ސީރީޒްގައި އަނުރާގް އަށް އެކްސިޑެންޓެއް ދިމާވެ ހަނދާން ނެތުމުގެ ހާދިސާއެއް ދިމާވެފައި ވާއިރު، ފިލްމްގައި ކުރިއަށް ފެންނާނީ ޕްރޭނާ އަނޫރާގް އަނބުރާ ހޯދަން ކުރާ މަސައްތަކެވެ.

އަދި ޕްރޭނާއަށް ކޮމޮލިކާގެ އަސްލު ހަގީގަތް ވަރަށް އަވަހަށް އެނގޭނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: