ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަތުލައިގަތް ބިދޭސީން ކާބޯތަކެތި ތައްޔާރު ކުރާ ”ބަދިގެ“ ފާހަނާގައި!

ކާބޯތަކެތި ތައްޔާރު ކުރުމަށް، އުނދުނެއް ފާހަނާގައި ބަހައްޓާފައި/ ފޮޓޯ: އިމިގްރޭޝަން
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް ސަރުކާރުން ފެށި މަސައްކަތުގެ ތެރެއިން، މިހާތަނަށް 10،000 އަށް ވުރެ ގިނަ ބިދޭސީން ވަނީ ޑީޕޯޓުކޮށްފަ އެވެ. އަދި ގިނަ އަދަދެއްގެ ބިދޭސީން އިމިގްރޭޝަންގެ ޑިޓެންޝަން ސެންޓަރުތަކުގައި ބަހައްޓައި، އެމީހުން ފުރުވާލުމުގެ ކަންކަން ކުރިއަށް ގެންދެވޭނެ އިންތިޒާމުތައް ދަނީ ހަމަޖައްސަމުންނެވެ.

މިދިޔަ ދެ އަހަރެއްގެ ތެރޭގައި ކުރިއަށް ގެންދިޔަ މި އޮޕަރޭޝަންތަކުގައި، ނުތާހިރުކޮށް، މުޑުދާރު ކުދި ގޮޅިތަކުގައި ކާބޯތަކެތި ތައްޔާރުކުރަމުން ދިޔަ ގިނަ ބިދޭސީން ހިފަހައްޓާފައި ވެއެވެ. އިމިގްރޭޝަން ވޮޗް ޕްލެޓްފޯމަށް ލިބޭ ރިޕޯޓުތަކާއި، އިންޓެލިޖެންސް މައުލޫމާތުތަކަށް ބިނާކޮށް ކުރި ރެއިޑުތަކުގައި ފެނިފައި ވަނީ، އެފަދަ ކުދިކުދި ގޮޅިތަކުގައި، ދިވެހިން އާންމު ދިރިއުޅުމުގައި ބޭނުންކުރާ ތަފާތު އެކި ބާވަތްތަކުގެ ކާބޯތަކެތި ތައްޔާރުކުރަމުން ދިޔަ މަންޒަރެވެ. އެގޮތުން، ސްކޫލު ދަރިވަރުންނާއި، އޮފީސްތަކުގެ މުވައްޒަފުން ގަންނަ ސަބްމެރިން، ބާގަރ، ސޭންޑްވިޗް އަދި ހެދިކާއާއި ކާޖާގެ ބާވަތްތައް މިތަންތަނުގައި ތައްޔާރުކުރަމުން ދިޔަކަން ފާހަގަކުރެވުނެވެ.

އަނެއްކާވެސް ބިދޭސީންނާއި ގުޅުން ހުރި މަސައްކަތްތައް ކަމާއި ބެހޭ އިދާރާތައް ހިމެނޭ ޓާސްކް ފޯސްއިން ފެށީ ގަވައިދާ ހިލާފަށް ކުރަމުން ގެންދާ ވިޔަފާރިތައް ދެނެގަތުމުގެ ޕްރޮގްރާމްގެ ތެރެއިންނެވެ. އެގޮތުން އެންމެ ފަހުން އިމިގްރޭޝަން އާންމު ކުރި ފޮޓޯތަކުން އަކެއްކާ ވެސް ފެނުނީ، ސާފުތާހިރުކަމުގެ ކުޑަ މިންވަރެއް ވެސް ނެތި ތައްޔާރު ކުރަމުން ދިޔަ ކާބޯތަކެއްޗެވެ.

ރޭ އިމިގްރޭޝަނުން އަތުލައިގެން ބިދޭސީންތައް ހަނޑުލު ގުޅަ ތެލުލުމަށް ތައްޔާރުކޮށްފައި.– ފޮޓޯ: އިމިގްރޭޝަން

އިކޮނިމިކް މިނިސްޓްރީއާ ގުޅިގެން އިމިގްރޭޝަނުން ރޭ ހިންގި އޮޕަރޭޝަނުގައި، ފުޅާ ދާއިރާއެއްގައި ބިދޭސީންތަކެއް ކާބޯތަކެތި ތައްޔާރު ކުރަމުން ދިޔައީ ވަރަށް ކުޑަ ކޮޓަރިއެއްގަ އެވެ. ބައެއް ކާބޯތަކެތި ތައްޔާރު ކުރުމަށްޓަކައި، ގޭސް އުނދުނެއް ފާހަނާގައި ވެސް ބަހައްޓާފައި ހުއްޓެވެ. ފޮޓޯތަކުން ފެންނަ ގޮތުން، ކުޑަކުޑަ ފާހަނާއެއްގެ ތެރޭގައި ދެ ގޭސް ފުޅި ހުރީ ބަހައްޓާފަ އެވެ.

ތަނުގެ ތެރޭގައި ކާބޯތަކެތީގެ އެކި ބާވަތްތައް ހުއްޓެވެ. އޭގެ ތެރޭގައި ކުޅި ކާޖާ ޕެކްތަކާއި، ރިހާކުރު ޗިޕްސް އަދި މުރާލިއާއި މަސްފޮތި ޕެކެޓުގެ އިތުރުން ހަނޑުލު ގުޅަ ހުއްޓެވެ. އަދި ތެލުލުމަށް ތައްޔާރުކޮށްފައި ހުރި ހަނޑޫ ގުޅައާއި، ކައްކަން ތައްޔާރުކޮށްފައި ހުރި ފިޔާ ހުއްޓެވެ. މި ހުރިހާ ތަކެތި ބަންދުކޮށް، ފިހާރަތަކުގައި ބެހެއްޓުމަށް ކުރަން ޖެހޭ މަސައްކަތެއް ހުރަނީ އެއްވެސް ސާފުތާހިރުކަމެއް ނެތް އެ ގޮޅީގެ ތެރޭގަ އެވެ.

ބިދޭސީންގެ އަންނައުނާއި، ނިދާ ބަންކު ބެޑު ހުރީ ވެސް ހަމައެތަނުގަ އެވެ.

ބިދޭސީން ދިރިއުޅޭ ކުޑަތަންކޮޅެއްގައި، އެއްވެސް ސާފުތާހިރުކަމެއް ނެތި، މިފަދަ ގޮތަކަށް ކާބޯތަކެތި ތައްޔާރުކުރަމުން ދިޔަތާ އެތައް ޒަމާނެއް ވެފައިވީނަމަވެސް، މިހާތަނަށް އެއްވެސް ފިޔަވަޅެއް އަޅާފައިނުވާކަން ފާހަގަކުރެވެ އެވެ.

ދިވެއްސެއްގެ ނިވާފަތްގަނޑުގައި ނުވަތަ އެފަދަ ބައިވެރިވުމެއް ނެތި ތައްޔާރުކުރާ އެފަދަ ކާބޯތަކެތި ތައްޔާރު ކުރުމުގައި ގިނަ ފަހަރަށް ބޭނުން ކުރަނީ މުއްދަތު ހަމަވެފައިވާ ބާވަތްތައް ނުވަތަ ކުނިވެފައިވާ މަހުގެ ބާވަތްތައް ނުވަތަ ހަލާކުވެފައިވާ ތަރުކާރީ އެވެ. މިއީ ގިނަފަހަރަށް މާރުކޭޓު ސަރަހައްދުގައި އުކާލާފައި ހުންނަ ތަކެއްޗެވެ.

ފިހާރަތަކުގައި ހުންނަ ސަބްމެރިންނާއި، ޕަނީނޯ އަދި ބާގަރ ތައްޔާރުކުރުމަށް ބޭނުންކުރާ މަސް ގަނޑުކުރުމުގައި ގެންގުޅެނީ ހިތުހުރި އުސޫލެކެވެ. ބޮޑެތި ޑީފްރިޖުތަކުގައި އެ ބަހައްޓާފައި ހުންނަނީ ގިނަ ފަހަރަށް ސާފުނުކޮށް ނުވަތަ މަސްގަނޑު ތައްޔާރުކޮށް އަނެއްކާވެސް ފްރިޖަށްލާފަ އެވެ. މިއީ އިމިގްރޭޝަންގެ ރެއިޑުތަކާ ގުޅޭގޮތުން އާންމުކޮށްފައިވާ ވީޑިއޯތަކުން ފެންނަން ހުރި މަންޒަރުތަކެވެ. ރިހަ ނުވަތަ ކުޅިމަހާއި އެފަދަ އެހެން ބާވަތެއް ތައްޔާރުކުރުމަށް ބޭނުންވާ ސޯސް ތައްޔާރުކޮށް ޑީފްރިޖަށް ލާފައި ހުރިއިރު، ބަތް ކެއްކުމަށް ފަހު އެވެސް ހުންނަނީ ހަމަ އެގޮތަށް ބަހައްޓާފަ އެވެ.

ކަންމަތީ ފިހާރަތަކުން ފެށިގެން ބޮޑެތި ފިހާރަތަކުގެ ޝެލްފްތަކުގައި ހުންނަ ކާޖާއާއި ތެލުލިފަތް، މަސްމިރުހުގެ އެކި ބާވަތްތަކުގައި ވެސް އޮތީ ބިދޭސީންގެ އަތެވެ. ދިވެހިން ތައްޔާރުކޮށް ވިއްކާ ބާވަތްތަކަށް ވުރެ، އެ މީހުން ފިހާރަތަކުގައި ވިއްކާ ތަކެތި ގިނަ އެވެ. އިމިގްރޭޝަނުގެ ރެއިޑުތަކުން ފާހަގަކުރެވުނު އެއްކަމަކީ، އެކި ބިދޭސީން ކުރަމުން ދިޔަ މަސައްކަތްތައް ހުއްޓުވިއިރު، އޭގެ ތެރޭގައި އާންމުކޮށް ހުރިހާ ފިހާރައަކުން ވެސް ފެންނަ ލޭބަލްތަކުގެ ޕްރިންޓުތައް ފެނުމެވެ. އަދި އެ ބަޔަކު ހުއްޓުވުމަށް ފަހު ވެސް ހަމަ އެ ލޭބަލްތަކުގައި ތައްޔާރުކުރާ ކާޖާގެ ބާވަތްތައް މިހާރު ވެސް ކޮންމެ ދުވަހަކު ގެންގޮސް ފިހާރަތަކުގައި ދަނީ ވިކެމުންނެ

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 33%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 67%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: