ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

”ޕޮލިސް އެމްވީ“ އެޕްލިކޭޝަން އަލުން އިފްތިތާހުކޮށްފި

ފޮޓޯ: ޕީއެސްއެމް
ޝެއާރކޮށްލާ ކަހަލަދޯ؟

”ޕޮލިސް އެމްވީ“ އެޕްލިކޭޝަން އަލުން އިފްތިތާހުކޮށްފިއެވެ.

މި އެޕްލިކޭޝަން ރަސްމީކޮށް، އިފްތިތާހުކޮށްދެއްވައިފައވަނީ، ދަހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޑރ. މުހައްމަދު ކިނާނަތެވެ.

މިކަމާއި ގުޅިގެން ފުލުހުން ބުނީ، މި އެޕްލިކޭޝަން ތައްޔާރުކޮށް، ފަރުމާކޮށްފައިވަނީ، އީފާސް މެދުވެރިކޮށް ލޮގިންވެވޭނެހެން، މޯލްޑިވްސް 2.0 އުސޫލުތަކާއި އެއްހަމަކޮށް، ފުލުހުންގެ އިދާރާއިން ދޭ ހިދުމަތްތަކުގެ ދުވެހި ހަލުވިވާނެހެން ނެވެ.

މީގެއިތުރުން، މި އެޕްލިކޭޝަނުގެ ސަބަބުން، މުޖުތަމައުގެ ރައްކާެރިކަން ކަށަވަރުކޮށް، ރައްޔިތުންގެ ބައިވެރިވުން އިތުރުކުރުމުގައިއާއި، ފުލުހުންގެ އިދާރާއިން ފޯރުކޮށްދޭ ހިދުމަތްތައް ފަސޭހަކަމާއި އަދި އަވަހަށް ފޯރުކޯށްދެވިގެންދާނެ ކަމަށް ފުލުހުން ބުނިއެވެ.

ފުލުހުންގެ އެޕްލިކޭޝަނަށް ހިދުމަތްތަކެއް އަލަށް ވަނީ ތައާރަފުކުރެވިފައެވެ. އޭގެ ތެރޭގައި، މައްސަލަ ހުށަހެޅުމާއި، ދިރިއުޅޭ ވެށީގައި ހިނގާ ކުށްތަކުގެ މައުލޫމާތު އެޕްލިކޭޝަން މެދުވެރިކޮށް، ރިޕޯޓުކުރެވޭނެ އިންތިޒާމުތައް ހަމަޖެހުމުގެ އިތުރުން، ފުލުހުން ތަހުގީގު ކުރާ މައްސަލަތަކާ ގުޅެ ހެކި ހުށަހެޅުން ހިމެނެއެވެ.

މީގެއިތުރުން، މައްސަލަ ތަހުގީގު ކުރާ އޮފިސަރުގެ މައުލޫމާތާއި، އެފަރާތާއި ސީދާ މުއާމަލާތްކުރެވޭނެ ނިޒާމުވެސް، މި އެޕްލިކޭޝަނުގެ ތެރެއިން، އިންތިޒާމުތައް ހަމަޖެހިފައިވާނެއެވެ.

ހަމައެއާއިއެކު، މި އެޕްލިކޭޝަނުގައި، ފުލުހުންގެ ބަންދުގައި ތިބޭ ފަރާތްތަކަށް ޒިޔާރަތް ކުރުމަށް ނުވަތަ ބަންދުވައިވާ މީހަކަށް ގާނޫނީ ވަކީލެއްގެ ގޮތުގައި އައްޔަނުވުމަށް އެދި އޮންލައިންކޮށް އެޕްލައި ކުރުމުގެ ހިދުމަތްތައްވެސް ހިމެނެއެވެ. އަދި، ގެއްލިގެން ރިޕޯޓުކޯށްފައިވާ ތަކެއްޗާއި، ޓޯކޮށްފައިވާ އުޅަނދުފަހަރުގެ މައުލޫމާތާއި، ފުލުހުންނާއެކު ކޮށްފައިވާ އެކި މުއާމަލާތަކުގެ އިތުރުން ހުށަހަޅަ ސިޓީތަކުގެ އަދާހަމަ މައުލޫމާތުތައް ބަލަލާލުމުގެ އިންތިޒާމުވެސް ހިމެނެއެވެ.

މީގެއިތުރުން، ޕޮލިސް ސެޓިފިކޭް އަދި ރިކޯޑް ކްލިއަރެންސް ހިދުމަތްތަކަށް އޮންލައިކޮށް އެޕްލައިކުރުމުގެ ނިޒާމު، މި އައު އެޕްލިކޭޝަނުގގައި ހަރަދަނާކުރެވި، ފަސޭހަކަމާއިއެކު، މި ހިދުމަތްތަކަށް އެދުން، ޑިޖިޓަލައިޒްކޮށް، ޑައުންލޯޑް ކުރެވޭނެ އިންތިޒާމުތައް ވަނީ ގާއިމުކުރެވިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: