ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އުރީދޫ ފަން ރަން މިއުޒިކް ޝޯ 18 ޑިސެމްބަރ ގައި ހުޅުމާލެ ސެންޓްރަލް ޕާކުގައި

ޝެއާރކޮށްލާ ކަހަލަދޯ؟

އުރީދޫ ފަން ރަން މިއުޒިކް ޝޯ 18 ޑިސެމްބަރު 2025 ވާ ބުރާސްފަތި ދުވަހުގެ ރޭ 8:00 އިން ރޭގަނޑު 11:59 އަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބޭއްވުމަށް ހަމަޖެހިފައިވާކަން އުރީދޫއިން އިއުލާނުކޮށްފިއެވެ.

އުރީދޫ ފަން ރަން 2025 ފެސްޓިވަލްގެ ތެރެއިން މިއަހަރުގެ މިއުޒިކް ޝޯ ގައި ރާއްޖޭގެ އެންމެ ހުނަރުވެރި އަދި މަޝްހޫރު ބޭންޑް ތައް ހިމެނެއެވެ. މި ލައިންއަޕްގައި ރާއްޖޭގައި މަޝްހޫރު ޓްރެފިކް ޖޭމް، އިކުއެޓިކް ވައިބް، ހަބޭސް އަދި ސިމްބޮލިކް ރެކޯޑްސް ހިމެނޭއިރު، ފަން ރަންގެ ބައިވެރިންނަށާއި، އާއިލާތަކަށާއި، މިއުޒިކަށް ލޯބިކުރާ ފަރާތްތަކަށާއި، މުޅި މުޖުތަމައަށް ހިތްގައިމު މާހައުލެއް ލިބިގެންދާނެ އެވެ.

އުރީދޫ ފަން ރަން އަކީ ހަމައެކަނި ދުވުމެއް ނޫން ކަމަށާއި މިއީ މުޖުތަމައުގެ ދުޅަހެޔޮކަމާއި އުފާވެރިކަން ދައްކުވައިދޭ ހަރަކާތެކެވެ. މި މިއުޒިކް ޝޯ އަކީ އަބަދުވެސް ކްރައުޑްގެ ފޭވަރިޓެކެވެ. އަޅުގަނޑުމެންގެ އަމާޒަކީ މީހުން އެއްތަނަކަށް އެއްކޮށް، އެކްޓިވް ދިރިއުޅުމަށް ހިތްވަރުދީ، ދިވެހި ހުނަރު ދައްކާލުމަށް ހިތްވަރު ދިނުމެވެ.

އުރީދޫ ފަން ރަން މިއުޒިކް ޝޯވ އަކީ އާންމުންނަށް ހުޅުވާލެވިފައިވާ ޝޯއެކެވެ. މި ހަރަކާތް ބޭއްވުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭގައި ސެންޓްރަލް ޕާކުގައި އުރީދޫ ފަން ރަންގެ ކުރީ ދުވަހުގެ ރެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: