ރަށުގައި ހުރެގެންވެސް އެމްޓީސީސީގެ ހޮޓްލައިންތަކަށް ގުޅައިގެން ކަށަވަރު ޕްރޮމޯގައި ބައިވެރިވެވޭނެ ކަމަށް އެ ކުންފުނިން ބުނެފިއެވެ.
ސަންގުޓީވީގެ ”ފުރަމެންދުރު“ ޕްރޮގްރާމްގައި އެމްޓީސީސީން ބުނެފައިވަނީ ރަށެއްގައި ހުންނަވާ ބޭފުޅަކު މި ޝޯވްރޫމަށް އަންނަން މަޖުބޫރު ނުވާނެ ކަމަށާއި، ވައިބަރ ހޮޓްލައިން މެދުވެރިކޮށް އެކަން ކުރެވޭނެ ކަމަށެވެ. ކޮންމެ ބްރޭންޑަކަށްވެސް ހާއްސަ ހޮޓްލައިނެއް އިންނާނެ ކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.
އެމްޓީސީސީން ބުނެފައިވަނީ ރަށެއްގައި ހުންނަވާ ފަރާތެއްވެސް ކަށަވަރު ޕްރޮމޯގައި ބަައިވެރިވާން ބޭނުންނަމަ، އެ ހޮޓްލައިންތަކަށް ގުޅައިގެން ޑިސްކައުންޓްތައް ލިބި، ކޫޕަންތައްވެސް ފުރިހަމަ ކުރެވޭނެ ކަމަށް ވަނީ ބުނެފައެވެ.
އެމްޓީސީސީން ބުނެފައިވަނީ، ޑިސެމްބަރު 1 ގައި ފެށި މި ޕްރޮމޯޝަން މި މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ކުރިޔަށްދާނެ ކަމަށެވެ. މި ޕްރޮމޯޝަންގެ މަގްސަދަކީ ކަސްޓަމަރުންނަށް ޑިސްކައުންޓުތަކާއި އެކު، ކުންފުނީގެ ޕްރޮޑަކްޓުތައް ވިއްކުންކަމަށް އެމްޓީސީީސީން ވަނީ ބުނެފައެވެ.
މި ޕްރޮމޯޝަން ދަށުން ސުޒުކީ އަދި ޔަންމާ އިންޖީނާއި، ޕީޕީޖީ، ކާސްޓްރޯލް، އިންޑަސްޓްރިއަލް ގޭސް، ސްޕެއާ ޕާޓްސް، މެރޯލް ސްޓީއަރިން ސިސްޓަމް އަދި ނަކަޝީމާ ޕްރޮފެލާއިންވެސް ޑިސްކައުންޓުތައް ލިބިގެންދާނެ ކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.
އެހެން އަހަރުތަކުގެ ކަށަވަރު ޕްރޮމޯއާއި ހިލާފަށް މިއަހަރު ކޮންމެ ހަފްތާއަކު ގުރުއަތުން ހޮވޭ ފަރާތަކަށް ސުޒުކީ ޑީއެފް 9.9 ގެ އިންޖީނެއް ހޯދުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށާއި އަދި މި އިންޖީނާއެކު، ހަދިޔާ ޕެކޭޖެއްވެސް ލިބޭނެ ކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.
ކަށަވަރު ޕްރޮމޯޝަން އަމާޒުކޮށްފައި ވަނީ އޮޑިވެރިންނާއި މަސްވެރިންނާއި އިންޖިނިއަރުންނާއި ފަތުރުވެރިކަމާއި އަދި ޓްރާންސްޕޯޓް ދާއިރާގައި މަސައްކަތް ކުރައްވާ ފަރާތްތަކަށް ކަމަށާއި މި ޕްރޮމޯއަކީ މި ކަސްޓަމަރުން ވަރަށް ބޮޑަށް އުންމީދު ކުރާ އެއްޗެއް ކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.

