ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އުމުރުން ދުވަސްވީ މީހުންގެ ހައްގުތައް ކަށަވަރުކޮށްދިނުމަށް ސަރުކާރުގެ އެކްޝަން ޕްލޭނެއް!

ހުޅުމާލެ 2 ގެ މަގުމަތީގައި ވެހިކަލް ދުއްވަނީ: ފޮޓޯ/ މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި 2028 ވަނަ އަހަރު ނިޔަލަށް އުމުރުން ދުވަސްވީ މީހުންގެ ހައްގުތައް ކަށަވަރުކޮށްދިނުމަށްޓަކައި ސަރުކާރުން އެކްޝަން ޕްލޭނެއް އެކުލަވާލައިފިއެވެ.

ރާއްޖޭގެ އުމުރުން ދުވަސްވީ މީހުންގެ އާބާދީގެ ހައްގުތައް ކަށަވަރުކުރުމަށްޓަކައި އެކުލަވާލާފައިވާ އެކްޝަން ޕްލޭނުގެ ދަށުން ސިއްހީ ގޮތުންނާއި އެހެނިހެން މުހިންމު ދާއިރާތަކުން އެކި އިދާރާތަކާއި ކައުންސިލުގެ އިތުރުން މަދަނީ ޖަމިއްޔާތަކުންވެސް ގުޅިގެން މަސައްކަތް ކުރުމަށް ކަނޑައެޅިފައިވާކަން ހާމަކޮށްފައިވެއެވެ.

މި އެކްޝަން ޕްލޭނުގެ ދަށުން ކުރުމަށް ކަނޑައެޅިފައިވާ މުހިންމު މަސައްކަތްތަކުގެ ތެރޭގައި އުމުރުން ދުވަސްވީ މީހުންގެ ކަންކަން ބެލެހެއްޓުމަށްޓަކައި ނެޝިނަލް ކައުންސިލެއް އެކުލަވާލުމާއި ދިގު މުއްދަތަކަށް ބެލެހެއްޓުމުގައި އަމަލުކުރާނެ ގޮތްތަކެއް ކަނޑައެޅުމާއި ދެކުނުން އުތުރަށް ކޮމިއުނިޓީ ސެންޓަރުތައް ގާއިމުކުރުންވެސް ހިމެނެއެވެ.

މި ޕްލޭނުގެ ދަށުން 2028 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގައި ތިބި އުމުރުން ދުވަސްވީ މީހުންނަށް ގެދޮރު ބިނާކުރުން ފަދަ މަސައްކަތްތައްވެސް ކުރިއަށް ގެންދިއުމަށް ހިމަނާފައިވެއެވެ. އަދި އުމުރުން ދުވަސްވީ މީހުންނާއިވެސް ގުޅޭގޮތަށް ވަސީލަތްތައް ބިނާކުރުމާއި ހާއްސަ ސަރަހައްދުތަކުގެ އިތުރުންވެސް މުހިންމު މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ރާވާފައިވެއެވެ.

ސަރުކާރުން ބުނާގޮތުން މިއީ ރާއްޖޭގައި ތިބި އުމުރުން ދުވަސްވީ ރައްޔިތުންނަށް ގަދަރުވެރި ދިރިއުޅުމެއް ޔަގީންކޮށްދިނުމަށްޓަކައި ދޭ އަހައްމިއްޔަތު ރަމްޒުކޮށްދޭ މަސައްކަތްތަކެއް ކަމަށެވެ. އަދި މިކަމުގެ ސަބަބުން އުމުރުން ދުވަސްވުމަކީ އެކަމުގެ ސަބަބުން ދަތިތަކެއް ދިމާވާކަމެއްގެ ބަދަލުގައި އެވެރިންގެ އަގުވަޒަން ކުރެވިގެންދާކަމަށެވެ. މިއީ ކޮންމެ ހަތަރަކުން އެކަކު އުމުރުން ދުވަސްވީ މީހަކަށް ވެގެންދާނެ ކުރިމަގަކަށް ތައްޔާރުވުމުގެ ގޮތުން އެޅިގެންދާ ތާރީހީ ފިޔަވަޅެއްކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: