ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އައިއޯއާ މުއާމަލާތުކުރެވޭ ގޮތަށް ޕޮލިސް އެޕަަށް މުހިންމު ބަދަލުތަކެއް ގެނެސްފި

އައިއޯއާ މުއާމަލާތުކުރެވޭ ގޮތަށް ޕޮލިސް އެޕަަށް މުހިންމު ބަދަލުތަކެއް --- ފޮޓޯ | ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

މައްސަލައެއް ހުށައެޅުމަށް ފަހު އިންވެސްޓިގޭޝަން އޮފިސަރާއި (އައިއޯ) ވާހަކަ ދެއްކޭނެ ނިޒާމު ފުލުހުންގެ އެޕްލިކޭޝަން މެދުވެރިކޮށް ލިބިގެންދާނެ ކަމަށް ފުލުހުންގެ ހިދުމަތުން ބުނެފިއެވެ.

ސަންގުޓީވީގެ ”ފުރަމެންދުރު“ ޕްރޮގްރާމްގައި ފުލުހުން ބުނެފައިވަނީ ޕޮލިސް އެޕަކީ ކުރިންވެސް ތައާރަފްކޮށްފައިވާ އެޕެއް ކަމަށާއި، ނަމަވެސް މިހާރު ރިލީޒްކޮށްފައިވަނީ މުހިންމު ބަދަލުތަކެއް ގެނެވި، އަދި މޯލްޑިވްސް 2.0ގެ ހަމަތަކާއި އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ.

އެގޮތުން އެންމެ ބޮޑު ބަދަލެއްގެ ގޮތުގައި އޮތީ އީ ފާސް އިންޓަރގްރޭޓެޑް ކޮށްފައި އިންނަ އިނުން ކަމަށް ފުލުހުން ވަނީ ބުނެފައެވެ. ފުލުހުން ބުނެފައިވާ ގޮތުގައި އެ އެޕްލިކޭޝަން މިހާރު ބޭނުންކުރެވޭނީ އީ ފާސް މެދުވެރިކޮށް ކަމަށާއި، މި އެޕްލިކޭޝަންގެ ތެރެއިން ވަރަށް ބައިވަރު އީ ސާވިސްތަކެއް ލިބިގެންދާނެ ކަމަށެވެ.

ފުލުހުން ބުނެފައިވަނީ މިހާރު ރިލީޒްކޮށްފައިވާ އެޕްގައި، ވަރަށް ހާއްސަ ދެ ކަމެއް އެކުލެވިފައިވާ ކަމަށެވެ. އެއްކަމަކީ މައްސަލަ ހުށައަޅާ ފަރާތާއި، މައްސަލަ ބަލާ ފަރާތް (އައިއޯ) އާއި އެކު ރަސްމީކޮށް ވާހަކަދެއްކުމުގެ ފުރުސަތު ފަހިވެގެން ދިއުމެވެ. މައްސަލައެއް ހުށައެޅުމަށް ފަހު އައިއޯއާ ވާހަކަ ދެއްކޭނެ ނިޒާމު މިހާރު އެޕްގައި އިންނާނެ ކަމަށާއި، މި މެސެޖުތަކަށް އެންމެ ގިނަވެގެން 72 ގަޑިއިރުގެ ތެރޭގައި ޖަވާބު ދޭނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އެޕްލިކޭޝަނަށް ގެނެވުނު އަނެއް މުހިންމު ބަދަލަކީ ސްކޭމްތައް ޗެކްކުރުމުގެ ފުރުސަތު ލިބިގެން ދިއުމެވެ. އެގޮތުން ލިންކެއް، ފޯނު ނަމްބަރެއް، އެކައުންޓް ނަމްބަރެއް ނުވަތަ އާއްމުކޮށް ދައުރުވާ މެސެޖެއް ނަމަވެސް އެޕްލިކޭޝަން މެދުވެރިކޮށް އެކަން ބަލާލެވޭނެ ކަމަށް ފުލުހުން ބުނެފައިވެއެވެ. މީގެ އިތުރުން ރައްޔިތުން ބޭނުންވާ އެހެނިހެން ހިދުމަތްތައް ވެސް އެޕްލިކޭޝަން މެދުވެރިކޮށް ލިބިގެންދާނެ ކަމަށް ފުލުހުން ބުނެފައިވެއެވެ.

ފުލުހުންގެ ހިދުމަތުގެ އަމާޒަކީ ކޮންމެ ވަގުތަކު އަދި ކޮންމެ ތަނެއްގައި ހުރެ ވެސް ރައްޔިތުންނަށް ފުލުހުންގެ ހިދުމަތްތައް ލިބުން ކަމަށް ފުލުހުން ވަނީ ބުނެފައެވެ. މިފަހަރުގެ އަޕްޑޭޓާއެކު ފުލުހުންގެ ހިދުމަތްތައް އާންމުންނާ ގާތްކޮށްލުމަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް ލަފާކުރެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: