ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދެ ޚިދުމަތެއް ތަޢާރަފްކޮށް ކަސްޓަމްސްގެ ޚިދުމަތްތައް ހަރުދަނާކޮށްފި

ކަސްޓަމްސްގެ ދެ ޚިދުމަތެއް ތަޢާރަފު ކުރުމަށް ބޭއްވި ރަސްމިއްޔާތު... ފޮޓޯ: ކަސްޓަމްސް
ޝެއާރކޮށްލާ ކަހަލަދޯ؟

ކަސްޓަމްސްއިން “އެޑްވާންސް ރޫލިން”ގެ ޙިދުމަތް ތަޢާރަފްކޮށްފިއެވެ.

އެޑްވާންސް ރޫލިންގެ ޚިދުމަތަކީ ރާއްޖެއަށް އިމްޕޯޓްކުރާ މުދަލުގެ ގިންތި، ޑިއުޓީރޭޓް އަދި އޮރިޖިން ދުރާލާ އެނގޭގޮތަށް ފަރުމާކުރެވިފައިވާ ޚިދުމަތެކެވެ. ކަސްޓަމްސްގައި އިއްޔެ ބޭއްވި ހަފްލާއެއްގައި މި ހިދުމަތް ތަޢާރަފްކޮށްދެއްވީ ރީފްސައިޑް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރ ޙަސަން ޒާހިރުއެވެ.

ކަސްޓަމްސްއިން ބުނީ “އެޑްވާންސް ރޫލިންގ” ޚިދުމަތުގެ ސަބަބުން މުދާ ގެނައުމުގެ ކުރީން މުދަލަށް ހޭދަވާނެ ޚަރަދުތައް ދުރާލާ ހިސާބުކުރުމަށް ވިޔަފާރިވެރިންނަށް މަގުފަހިވެގެންދާނެކަމަށެވެ. އަދި މުދަލުގެ ލިޔުންތައް ނިންމުމަށްޓަކައި މުދާ ގިންތިކުރުމަށް ހޭދަވާ ވަގުތު މަދުކުރެވި މުދާ ބަލާފާސްކުރުމަށް ހޭދަވާ ވަގުތު ސަލާމަތް ކުރެވޭނެއެވެ.

މީގެ އިތުރުން އިމްޕޯޓް/އެކްސްޕޯޓް އުޞޫލުތައް މިހާރަށްވުރެ ހާމަކަން ބޮޑުވެގެންދާނެ ކަމަށާއި އެޑްވާންސް ރޫލިންގ ފޯރުކޮށްދެވޭނީ ރޫލިންގ ދޫކުރެވޭ ތާރީޙުން ފެށިގެން 3 އަހަރު ދުވަހުގެ މުއްދަތަށް އެއަށް އަމަލުކުރެވޭ ގޮތަށެވެ. މިއީ ދުނިޔޭގެ ކުރިއަރާފައިވާ ޤައުމުތަކުގައިވެސް ފުޅާދާއިރާއެއްގައި ބޭނުންކުރާ ނިޒާމެކެވެ.

null

މީގެ އިތުރުން 2018 ވަނައަހަރުގެ ތަފާސް ހިސާބުތައް އެކުލަވާލައިގެން ތައްޔާރުކޮށްފައިވާ ” ސްޓެޓިސްޓިކަލް އިޔަރބުކް”ވެސް އިއްޔެ ވަނީ ތަޢާރަފްކޮށްފައެވެ. މި މިއީ އިިމްޕޯޓްކުރެވޭ މުދަލާއި އެކްސްޕޯޓްކުރެވޭ މުދަލާއި އިމްޕޯޓް ޑިއުޓީގެގޮތުގައި ދަޢުލަތަށް ލިބޭ އާމްދަނީގެ އަދި އެހެނިހެން މައުލޫމާތުގެ އިތުރު ތަފްޞީލު ހިމެނޭގޮތަށް އަހަރަކު 1 ފަހަރު ޝާއިއުކުރާގޮތަށް ތަޢާރަފްކުރެވުނު ފޮތެކެވެ. މި ފޮތް ޝާއިއުކުރުމުގެ މަޤްޞަދަކީ އިމްޕޯޓް އެކްސްޕޯޓްގެ އަދަދުތަކާއި އަދި ކަސްޓަމްސް އާގުޅޭ ތަފާސް ހިސާބު ވީހާވެސް ފުޅާދާއިރާއެއްގައި ރައްޔިތުންނަށާއި އަދި އިގްތިޞާދު ދިރާސާކުރާ ފަރާތްތަކަށް ފޯރުކޮށްދިނުން ކަމަށް ކަސްޓަމްސްއިން ބުނެއެވެ.

މި ހަފްލާގައި ވާހަކަފުޅުު ދައްކަވަމުން ޑެޕިއުޓީ ކޮމިޝަނަރ އޮފް ކަސްޓަމްސް އަބްދުﷲ ޝަރީފް ވިދާޅުވީ މިދިއަ މަހު ރާއްޖެއިން އަމަލުކުރަންފެށި ޑަބްލިއު.ޓީ.އޯ ޓްރޭޑް ފެސިލިޓޭޝަން އެގްރީމެންޓްގައި ގައުމުތަކުން ތަންފީޒު ކުރަންޖެހޭ ކަންކަމުގެ ތެރޭގައި އެޑްވާންސް ރޫލިންގ ހިމެނޭކަމަށާއި، މިއީ އެގްރީމެންޓަށް އަމަލުކުރުމުގެ ގޮތުން ހޯދުނު ކާމިޔާބީއެއް ކަމަށެވެ.

އަދި ވިޔަފާރިވެރިންނަށް ފަސޭހަކޮށް އިމްޕޯޓް އެކްސްޕޯޓް ޕްރޮސެސް ހަރުދަނާ ކުރުމަށް ގިނަ ކަންކަން ކުރުމަށް ކަސްޓަމްސްގެ ސްޓްރެޓެޖިކް ޕްލޭންގައި ހިމެނިފައިވާ ކަމަށްވެސް ޑީ.ސީ ޝަރީފް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: