ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދުވާފަރުގައި ގޭބިސީތަކުގެ ސޯލާ ޖެހުމުގެ ފުރުސަތަށް އެދި ހުށަހަޅާ ޕޯޓަލް އިފްތިތާހުކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރުގައި އިއާދަކުރަނިވި ހަކަތައިގެ މަޝްރޫއެއްގެ ދަށުން ގޭބިސީތަކުގެ ސޯލާ ޖެހުމުގެ ފުރުސަތަށް އެދި ހުށަހަޅާ ”ހަކަތަ“ ޕޯޓަލް، މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް އާދަމް ޝަރީފު ޢުމަރު އިފުތިތާހުކޮށްދެއްވައިފިއެވެ.

މި ޕޯޓަލް އިފުތިތާހްކުރުމަށް މިއަދު ދުވާފަރުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި، ދައުލަތުގެ އިސްވެރިންނާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

މި އަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަ ކުރުމަށް ރ. ދުވާފަރުގައި ކުރިއަށްގެންދާ އިހުތިފާލުތަކުގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިހާރު ދުވާފަރަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، ދުވާފަރުގައި ގާއިމްކުރާ ހަކަތަ އުފެއްދުއްމުގެ ޕްރޮގްރާމް ފައްޓަވައިދެއްވީ އެކަމަށްޓަކައި މިއަދު އެރަށުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އިތުރުން ބައެއް ބޭރު ޤައުމުތަކުގެ ޢިއްޒަތްތެރިން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މި މަޝްރޫޢަކީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ (އެމް.ޓީ.ސީ.ސީ) އާ ޙަވާލުކުރައްވައިގެން، މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓުން ކުރިއަށްގެންދާ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ ދަށުން ދުވާފަރުގައި އުފައްދާ ކަރަންޓުގެ 33 އިންސައްތަ 2026 ވަނަ އަހަރުގެ ނިޔަލަށް އިއާދަކުރަނިވި ހަކަތައަށް ބަދަލުކުރެވިގެންދާނެއެވެ. މިއީ ރަށުގެ ހަކަތަ ބޭނުންކުރާ ގޮތް ތިމާވެއްޓާ ރައްޓެހި ގޮތަކަށް ބަދަލުކުރުމަށް ކުރެވޭ މުހިންމު މަސައްކަތެކެވެ.

މި މަޝްރޫޢުގެ ސަބަބުން ދުވާފަރުގެ ގޭބިސީތަކަށް އިއާދަކުރަނިވި ހަކަތައިގެ މަންފާ ލިބި، ކަރަންޓަށް ކުރާ ހޭދަ ކުޑަކުރެވިގެންދާނެއެވެ. އަދި ޑީސަލް އަންދާ މިންވަރު ދަށްކުރެވި، ޖައްވަށް ބޭރުކުރާ ވިހަ ދުމުން ތިމާވެށި ރައްކާތެރިކުރުމަށް މަގުފަހިވެގެންދާނެއެވެ. މީގެ ސަބަބުން ދުވާފަރަކީ ތިމާވެއްޓާ ރައްޓެހި، ދެމެހެއްޓެނިވި ހަކަތަ ބޭނުންކުރާ ރަށަކަށް ވެގެންދާނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: