ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހުކުރު ހުތުބާ: ” ޕަބްޖީ” އާއި “ޖަސްޓު ކޯސް” އާއި ޕޯކެމަން ގޯ” ފަދަ ގޭމްތައް ޒުވާނުން ދީނީ ވާޖިބުތަކަށް ހުރަސްއަޅާ! ދުރުހެލިވޭ!

ޕަބްޖީ ކުޅުމަކީވެސް ވަރަށް ވަގުތު ބޭކާރުވެގެންދާ ކަމެެއް: ޚުޠުބާ
ޝެއާރކޮށްލާ ކަހަލަދޯ؟

ވަގުތަކީ އިންސާނާއަށް ލިބިފައިވާ އެންމެ ބޮޑު ނިޢުމަތް ކަމަށާއި، ގޭމް ކުޅުން ފަދަ ކަންކަމުގައި ބޭކާރުކޮށްނުލުމަށް ހުކުރު ޚުޠުބާގައި ގޮވާލައިފިއެވެ.

މިއަދުގެ ހުކުރު ޚުޠުބާގައި ބޮޑަށް އަލިއަޅުވާލާފައިވަނީ، ގޭމް ކުޅުން ފަދަ ކަންކަމުގައި ވަގުތުތައް ބޭކާރުނުކުރުމުގެ މައްޗަށެވެ. އެގޮތުން ހުތުބާގައި ބުނީ، މުނިފޫހިވިލުމުގެ ގޮތުން އިސްލާމީ އުސޫލުތަކާއި، އަދަބުތަކާ ޚިލާފު ނުވާގޮތަށް، ހެދިފައިވާ ގޭމްތައް ކުޚުމަކީ އިސްލާމްދީން މަނާކުރާ ކަމެއްްނޫން ކަމަށެވެ. އަދި ދަރިންގެ ޢިލްމީ ފެންވަރު ރަނގަޅުވެ، ވިސްނުން ތަރައްޤީވާފަދަ ގޭމްތައް ކުޅުމަށް މައިންބަފައިން ދަރިންނަށް ފުރުޞަތު ދިނުމަކީ އެދެވިގެންވާ ކަމެއްކަމަށެެވެ.

ނަމަވެސް އިލެކްޓްރޯނިކް ގޭމްތަކަކީ އިސްލާމީ އަޤީދާ ފުނޑުފުނޑުކޮށްލާފަދަ ގޭމްތަކެއްކަމަށާއި، އެ ފަދަ ގޭމްތަކުގެ އެންމެ ނުރައްކާތެރި ކަމަކީ އެ ކުޅޭ މީހާ އަޅުވެތިކޮށްލާކަމަށްވެސް ޚުތުބާގައި ވަނީ ފާހަގަކޮށްފައެވެ. އަދި އެ ގޭމްތަކަށް ދެފި ހިފުމުގެ ސަބަބުން، އިންސާނާގެ އަގުހުރި ވަގުތުތައް ބޭކާރުކޮށްލާ ކަމަށާއި،އެކަމުގެ ސަބަބުން ﷲ ފަރުޟު ކުރައްވާފައިވާ ފަރުޟުތައް އަދާކުރުމުން ދުރުހެލިކުރުވާ ކަމަށްވެސް ޚުތުބާގައިވަނީ ފާހަގަކޮށްފައެވެ.

މިއަދު ޚުތުބާގައިވަނީ ބައެއް ގޭމްތައް ފާހަގަކޮށް އެ ގޭމްތަކުގެ ގެއްލުން ފާހަގަކޮށްފައެވެ. އެގޮތުން، “ޕަބްޖީ” އާއި “ޖަސްޓު ކޯސް” އާއި ޕޯކެމަން ގޯ” އާއި “ފޯޓްނައިޓް” ފަދަ ގޭމްތަކަކީ ޒުވާނުންގެ ދީނީ ވާޖިބުތަކާއި ދުނިޔަވީ ވާޖިބުތައް އަދާކުރުމަށް ހުރަސް އެޅުމުގެ އިތުރުން، އެ ގޭމްތަކުގެ ސަބަބުން ސިކުނޑީގެ މައްސަލަތައްވެސް ދިމާވާ ގޭމްތަކެއް ކަމަށް ވަނީ ފާހަގަކޮށްފައެވެ.

ހުކުރު ޚުތުބާގައި ބުނެފައިވަނީ އިންސާނާއަށް ލިބިފައިވާ އެންމެ އަގުބޮޑު ރައުސުލްމާލަކީ އޭނޭގެ އުމުރުގެ ދުވަސްތަށް ކަމަށާއި އެ ދުވަސްތައް ބޭކާރުގޮތުގައި ހޭދަކޮށްލުމަކީ، ފަހުން އެކަމާ ދެރަވެ ހިތާމަކުރަން ޖެހޭނެކަމެއް ކަމަށެވެ. އެހެންކަމުން އުމުރުގެ ބޭނުން ހެޔޮ ގޮތުގައި ހިފުމަށްޓަކައި، ވަގުތު ބޭކާރުވެގެންދާ ފަދަ ގޭމްތަކާއި ކުޅިވަރުތަކުން އެއްކިބާވުމުގެ މުހިއްމުކަން ވަރަށް ބޮޑުކަމަށްވެސް ޚުތުބާގައި ވަނީ ފާހަގަކޮށްފައެވެ.

“ވީމާ، ވަގުތުގެ މަތިވެރި ނިޢުމަތަށް ޝުކުރުކުރާ ބަޔަކަށް ވުމަށްޓަކައި ރެއާއި ދުވާލުގެ ވަގުތުތައް، ހެޔޮ ގޮތުގައި ބޭނުންކުރާ ބަޔަކަށް ވަމާ ހިނގާށެވެ! އަދި ހަމަ އެހެންމެ، ޢުމުރުގެ ދުވަސްތަކާ މެދު ޖަވާބުދާރީ ވާންޖެހޭ ދުވަހެއް ކުރިމަތިވަމުން އެބަ އަންނަކަން ހނަދާން ނައްތާނުލަމާ ހިނގާށެވެ!”

ހުކުރު ޚުޠުބާގައި ވަނީ ޢުމުރުގެ ވަގުތުތައް، ހީނުކާރާ އަވަހަށް އިންސާނުނާއި ވަކިވަމުން އެބަދާކަމަށާއި، އަދި ވަކިވެގެންދާ އެންމެ ހިނދުކޮޅެއްވެސް އަނބުރާ ނުލިބޭނޭކަން ހަނދާންކޮށްދީފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: