ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަސްވެރިންގެ މުޒާހަރާގެ ބައިވެރިންގެ ބަންދުގައި ބައިތިއްބާފައިވަނީ ގާނޫނާއި ހިލާފަށް: އެމްޑީޕީ

މަސްވެރިންގެ މުޒާހަރާގެ ބައިވެރިންގެ ބަންދުގައި ބައިތިއްބާފައިވަނީ ގާނޫނާއި ހިލާފަށް ކަމަށް އެމްޑީޕީން ބުނެފި ފޮޓޯ: ފަޔާޒު މޫސާ| މިހާރު ---
ޝެއާރކޮށްލާ ކަހަލަދޯ؟

ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަނުން ކުރި މުޒާހަރާއިން ހައްޔަރުކުރި މީހުން ބަންދުގައި ބައިތިއްބާފައި ތިބީ ގާނޫނާއި ގަވާއިދާ ހިލާފަށް ކަމަށް އިދިކޮޅު އެމްޑީޕީން ބުނެފިއެވެ.

އެ ޕާޓީން ނެރުނު ބަޔާނެއްގައި ވަނީ، މަސްވެރިންގެ ހައްގުތައް ހޯދުމަށް ކުރަންފެށި ސުލްހަވެރި އިހުތިޖާޖަށް ސަރުކާރުން ހުރަސްއަޅައި، ޖުމްލަ 8 މީހަކު ޤާނޫނާ ހިލާފަށް ހައްޔަރުކޮށްފައިވާ ކަމަށް ބުނެފައެވެ. މި ހައްޔަރުކުރި މީހުންގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މަޢުރޫފް ޛާކިރު ވެސް ހިމެނެއެވެ.

އެމްޑީޕީން ބުނި ގޮތުގައި، ޤާނޫނުއަސާސީގެ 48 ވަނަ މާއްދާގެ (ރ) ގައި ބަޔާންކުރަނީ، ކުށެއްގެ ތުހުމަތުގައި ބަންދުކޮށްފައިވާ މީހާ، ހައްޔަރުކުރެވުނުތާ 24 ގަޑިއިރުގެ ތެރޭގައި، ބަންދުކޮށްފައި ވަނީ ޤާނޫނީ ހަމަތަކުގެ މަތީންތޯ ކަނޑައެޅުމަށް ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކުރަން ވާނެ ކަމަށެވެ.

އެހެންނަމަވެސް، ހައްޔަރު ކުރި 8 މީހުންގެ ތެރެއިން ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކޮށްފައިވަނީ އެންމެ 4 މީހުން ކަމަށް އެމްޑީޕީން ފާހަގަކުރިއެވެ. އަނެއް 4 މީހުން ކޯޓަށް ހާޒިރުކުރުމަކާ ނުލައި ބަންދުގައި ބައިތިއްބާފައި އެ ވަނީ ޤާނޫނުއަސާސީއާ ހިލާފަށް ކަމަށް އެ ޕާޓީން ވަނީ ބުނެފައެވެ.

ކޯޓަށް ހާޒިރުކުރި 4 މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ފުލުހުން ހުށަހެޅުމުން، ކޮންމެ މީހަކު އިތުރު 5 ދުވަހަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ. ނަމަވެސް، އެމްޑީޕީން ބުނެފައިވާ ގޮތުގައި، މި މީހުންނަށް ކުރާ ތުހުމަތުތަކާ ގުޅޭ އެއްވެސް ހެއްކެއް ހުރިކަމަށް ފުލުހުންނަށް ބަންދުގެ އަޑުއެހުމުގައި ސާފުކޮށް ބުނެދެވިފައެއް ނުވެއެވެ. އަދި އިތުރަށް ބަންދުގައި ބައިތިއްބަން ޖެހޭ ޤާނޫނީ ސަބަބެއް ވެސް ބަޔާންކޮށްދެވިފައެއް ނުވާ ކަމަށް އެ ޕާޓީގެ ބަޔާނުގައިވެއެވެ.

އެމްޑީޕީން ބުނީ، ޤާނޫނުއަސާސީއާއި ޖިނާއީ އިޖުރާއަތުގެ ޤާނޫނާ ހިލާފަށް އަދި އާއްމުކޮށް ކޯޓުން ޢަމަލުކުރަމުން އަންނަ އުސޫލާވެސް ހިލާފަށް، ބަންދުގެ މުއްދަތު އިތުރުކުރުމަށް ކޯޓުން ނިންމާފައިވާ ކަމަށެވެ. އެމްޑީޕީން މި ނިންމުން ސިފަކުރީ ޤާނޫނުއަސާސީއާ ހިލާފަށް އަދި ސަރުކާރުގެ ސިޔާސީ ނުފޫޒުގެ ސަބަބުން ނިންމި ނިންމުމެއްގެ ގޮތުގައެވެ. އެހެންކަމުން، މި ކަން އެ ޕާޓީން ކުށްވެރިކުރާ ކަމަށް ބުނެފައިވެއެވެ.

އެމްޑީޕީން ވަނީ ހައްޔަރުކޮށްފައިވާ އެންމެން ވަގުތުން މިނިވަންކުރުމަށް ސަރުކާރަށް ގޮވާލާފައެވެ. އަދި މަސްވެރިންގެ ހައްގުތަކަށްޓަކައި ކުރާ ސުލްހަވެރި މުޒާހަރާތަކަށް ހުރަސް ނާޅައި، ޤާނޫނުގެ ހަމަތަކުގެ މަތިން ކަންކަން ކުރިއަށް ގެންދިއުމަށް ވެސް އެ ޕާޓީން ވަނީ އިލްތިމާސްކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: