ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފުލުހުންނަކީ ހަމައެނި ކުށް ކުރާ މީޙުން ހައްޔަރު ކުރާ ބައެއް ނޫން: ހޯމް މިނިސްޓަރ

ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ފުލުހުންގެ މަސައްކަތް ބައްޓަން ކުރެވިގެންމިދަނީ ހަމައެކަނި ކުށްކުރާ މީހުން ހިފަހައްޓާ ހައްޔަރުކުރާ ބައެއްގެ ގޮތުގައި ނޫންކަމަށް މިނިސްޓަރ އޮފް ހޯމްއެފެއާޒް ޢިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

ހދ.ނޮޅިވަރަމް ޕޮލިސް ސްޓޭޝަން ހުޅުވުމަށް  ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރ ވިދާޅުވީ ފުލުހުންގެ މަސައްކަތް ބައްޓަންކުރެވިގެން މިދަނީ އިޖުތިމާއީ ގޮތުންވެސް ރައްޔިތުންނާއެކުގައި މަސައްކަތްކުރާ ބައެއްގެ ގޮތުގައިކަމަށެވެ. އަދި ރައްޔިތުން ކުރަމުންދާ އިޤްޠިޞާދީ މަސައްކަތްތަކަށްވެސް ފުލުހުންގެ ފަރާތުން އެހީތެރިކަން ލިބިދާނެ ގޮތަކަށްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އެހެންކަމުން ފުލުހުންގެ މަސައްކަތަކީ ހަމައެކަނި ކުށްކުރުން ނުވަތަ ކުށްކުރާ މީހުން ހުއްޓުވުންކަމުގައި ނުދެކުމަށް މިނިސްޓަރ އެދިވަޑައިގެންނެވިއެވެ. ހޯމް މިނިސްޓަރ ވިދާޅުވީ ފުލުހުންގެ މަސައްކަތްތަކަކީ މުޅި ރަށްތަކުގެ ނުވަތަ މުޅި ޤައުމުގެވެސް ކުރިއެރުމާ މަޞްލަހަތާ ގުޅިފައިވާ މަސައްކަތްތަކެއްކަން ޤަބޫލުކޮށް އެމަގުން މަސައްކަތްކުރައްޖެހޭކަމަށެވެ.

މީގެކުރީގައި އަޅުގަނޑުމެންގެ ރަށްތަކުގައި ފުލުހުން ބައިތިއްބަން ނުޖެހޭކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ ފުލުހުން ބައިތިއްބަން ނުޖެހުނީ އަޅުގަނޑުމެންގެ ރަށްތަކުގައި އެޞުލުހަވެރިކަން އޮތުމުން ކަމަށެވެ.

” އަޅުގަނޑުމެންގެ ރަށްތަކުގައި އެޞުލުހަވެރިކަން އޮތީމާ. އެރައްކާތެރިކަން އޮތީމާ. އެއަމާންކަން އޮތީމާ. ކުށްކުރާ މީހުން ނެތީމާ. މިއަދު ފުލުހުން ޤާއިމްކުރަން މިޖެހެނީ އެމާހައުލަށް ބަދަލުއައީމާ” މިނިސްޓަރ ވިދާޅުވިއެވެ.

ފުލުހުންގެ އަދަދު އިތުރުކުރުމަށް ރަށްރަށުން އެދޭ އެދުންތަކަށް އިޝާރާތްކުރައްވާ މިނިސްޓަރ ވިދާޅުވީ މުޅި ރަށުގެ މުއައްސަސާތަކާއި، ރައްޔިތުންނާ ފުލުހުން ގުޅިގެން މަސައްކަތް ކުރާނަމަ ދެހާހުގެ އާބާދީއަކަށް ފަސް ފުލުހުންވެސް ރަނގަޅު ކަމަށެވެ.

މިނިސްޓަރ އިލްތިމާސްކުރެއްވީ ރަށުގެ ޞުލުހަވެރިކަން ޤާއިމްކުރުމުގައި ފުލުހުންނަށް އެހީތެރިވެދީ ގުޅިގެން މަސައްކަތް ކުރުމަށެވެ. ފުލުހުންގެ އެހީތެރިކަމާއެކު ދުޅަހެޔޮ ވެއްޓެއް ބައްޓަން ކުރުމަށް މަސައްކަތްކުރުމަށްވެސް މިނިސްޓަރ އެދިވަޑައިގެންނެވިއެވެ. ފުލުހުންނާ އެކުގައި މަސައްކަތްކޮށް ރަނގަޅު މާހައުލެއް ޤާއިމްކުރުމަށް މަސައްކަތްކޮއްދެއްވުމަށް މިނިސްޓަރ އިލްޠިމާސްކުރެއްވިއެވެ.

ދިވެހިރާއްޖޭގެ މުޅި މުސްތަޤްބަލަށްޓަކައި މިވަގުތު ކުރަންޖެހިފައި އޮތް އެންމެ މުޙިއްމު އެއްކަމަކީ އަޅުގަނޑުމެން ދިވެހިން ދިރިއުޅޭ ވެއްޓަކީ ސަލާމަތާ ރައްކާތެރިކަން ކަށަވަރުކުރެވިފައިވާ ވެއްޓަކަށް ހެދުންކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ އަޅުގަނޑުމެންގެ އިޤްތިޞާދާއި، އިޖުތިމާއީ ހަމަޖެހުމާއި، އުފާފާގަތިކަން ބިނާވަނީ އޭގެ މައްޗަށްކަމަށެވެ.

ނޮޅިވަރަމު ޕޮލިސް ސްޓޭޝަން ހުޅުއްވައިދެއްވީ މިނިސްޓަރ ޢިމްރާން ޢަބްދުﷲއާއި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: