ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބިދޭސީން ރާއްޖެއަށް ގެނެސް ވަޒީފާ ނުދީ މާލެތެރެއަށް ދޫކޮށް، މަންފާ ނަގަމުން ދިޔަ ޝަހާދަތުއަށް ދެ އަހަރުގެ ހުކުމެއް

ގަވައިދާ ހިލާފަށް ބިދޭސީން ގެނައުމުގެ މައްސަލައިގައި ހައްޔަރުކުރި މީހާ: ފޮޓޯ/ފުލުހުން
ޝެއާރކޮށްލާ ކަހަލަދޯ؟

ގާނޫނާއި ގަވައިދުތަކާއި ހިލާފަށް ރާއްޖެއަށް ބިދޭސީން ގެނައުމުގެ ވިޔަފާރިކުރަމުންދިޔަ މައްސަލައިގައި ހައްޔަރުކުރި ބިދޭސީ މީހާގެ މައްޗަށް ދެ އަހަރުގެ ޖަލު ހުކުމެއް އިއްވައިފި އެވެ.

ރާއްޖޭގެ ގާނޫނުތަކާއި ހިލާފަށް ބިދޭސީން ގެނައުމާއި މަނީ ލޯންޑަރިންގް މައްސަލައިގެ ތުހުމަތުގައި މި އަހަރުގެ މޭއި މަހުގެ ތެރޭގައި ހައްޔަރު ކުރި ޝަހާދަތު ހުސެއިންގެ އެކައުންޓުގައި އަށް މިލިއަނަށް ވުރެ ގިނަ ރުފިޔާ ހުރިކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

އޭނާއަކީ 2014 ވަނަ އަހަރުން ފެށިގެން 4 ވޯކް ޕާމިޓެއްގެ ބޭނުން ހިފާފައިވާ މީހެއްކަމަށް ފުލުހުން ބުނެ އެވެ. އަދި 2019 ވަނަ އަހަރު ރާއްޖެއަށް އައިސް ބެންކް އޮފް މޯލްޑިވްސްގައި 6 އެކައުންޓު ހުޅުވާފައިވާއިރު އެއީ ބޭރު ފައިސާގެ ތިން އެކައުންޓާއި ދިވެހި ރުފިޔާގެ ތިން އެކައުންޓެވެ.

މީގެއިތުރުން ޝަހާދަތުއާ ގުޅިގެން، އިމިގްރޭޝަންގެ ބައެއް މުވައްޒަފުންނާއި އާމުންގެ ގިނަ ބަޔަކު ކުންފުނިތަކުގެ ނަމުގައި ކޯޓޭޝަން ނަގައި ބިދޭސީން އެތެރެކޮށް، އެ ބިދޭސީންނަށް ވަޒީފާ ނުދީ މާލެ ތެރެއަށް ދޫކޮށްލައި، އޯޕަން ކޯޓާގެ ނަމުގައި މާލީ މަންފާ ވަނީ ހޯދާފައެވެ.

ފޮޅާ ސާފުކުރުމުގެ މަސައްކަތަށް ރާއްޖެއަށް ގެނައި އެ ބިދޭސީ މީހާ ދިޔައީ، ގަވައިދާ ހިލާފަށް އެމްޕްލޯއިމަންޓް އޭޖެންސީއެއް ހިންގަމުންނެވެ. އަދި މައްސަލައިގައި އޭނާގެ މައްޗަށް ފަސް ދައުވާއެއް ކުރިއިރު އެއީ މަނީ ލޯންޑްރިންގެ ދައުވާއާއި، ރިޝްވަތު ދިނުމުގެ ދައުވާގެ އިތުރުން ހުއްދަ ނަގައިގެން ކުރަންޖެހޭ މަސައްކަތެއް ހުއްދަ ނުނަގައި ކުރުމުގެ ދައުވާގެ އިތުރުން އެނގި ހުރެ ސައްހަ ނޫން ލިއުމެއް ދިނުމުގެ ދެ ދައުވާ އެވެ.

ޝަހާދަތުގެ މައްޗަށް ކުރި ދައުވާގައި ވަނީ އޭނާ ރާއްޖޭގައި މަސައްކަތް ކުރުމަށް ބިދޭސީން ރެކްރޫޓުކޮށް ވޯކް ވިސާ ހަމަޖައްސަން ބޭނުންވާ ސިސްޓަމް ގަވައިދާ ހިލާފަށް ބޭނުންކޮށްފައިވާކަމަށެވެ. އަދި ވަޒީފާދޭ ކުންފުނިތަކާއި އަމިއްލަ ފަރާތްތަކުގެ، މަންދޫބެއްގެ ގޮތުގައި ގަވައިދާ ހިލާފަށް ހަރަކާތްތެރިވެފައިވާކަމަށް ދައުވާގައި ވެއެވެ.

މައްސަލައިގައި ޝަހާދަތު ވަނީ ދައުވާތަކަށް އިއުތިރާފުވެ، ދައުލަތާއިއެކު އެއްބަސްވުމެއް ހެދުމަށް ހުށަހަޅާފަ އެވެ. އެހެންވެ އެ ހުށަހެޅުން ބަލައިގަނެ، އަދަބު ކަނޑައެޅީ އިއުތިރާފު އެއްބަސްވުމުގެ ދަށުންނެވެ. އެގޮތުން އިއުތިރާފު އެއްބަސްވުމުގެ ދަށުން ތިން ދައުވާ އަނބުރާ ގެންދިޔައީ އެވެ.

މަނީލޯންޑްރިންގެ ކުށުގެ ދައުވާ ސާބިތުވުމުން އަންނަ އަދަބަކީ 05 އަހަރާއި 15 އަހަރާއި ދެމެދުގެ ހުކުމެއް ނަމަވެސް އިއުތިރާފުގެ އެއްބަސްވުމެއް ހަދާފައިވާތީ އޭނާގެ މައްޗަށް އިއްވީ 02 އަހަރުގެ ޖަލު ހުކުމެކެވެ. އަދި 53،400 ރުފިޔާއިން ވަނީ ޖުރިމަނާކޮށްފަ އެވެ.

ރިޝްވަތުގެ ދައުވާގެ އަދަބަކީ 03 އަހަރާއި 02 މަހާއި 12 ދުވަހުގެ ހުކުމެއް ނަމަވެސް ޝަހާދަތުގެ މައްޗަށް އިއްވީ ހަ މަސް ދުވަހުގެ ޖަލު ހުކުމަކާއި އެކު 21،600 ރުފިޔާއިން ޖުރިމަނާއެކެވެ.

މައްސަލައިގައި ހައްޔަރުކޮށް ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ވާތީ، ޝަހާދަތު ދެން ތަންފީޒު ކުރަން ޖެހޭނީ އެއް އަހަރާއި، ހަތް މަހާއި 12 ދުވަހުގެ ޖަލު ހުކުމެކެވެ. އަދި ޖުރިމަނާގެ ގޮތުގައި ޖުމްލަ ދައްކަން ޖެހޭ 75،000 ރުފިޔާ ހަ މަސް ދުވަހުގެ ތެރޭގައި ދެއްކުމަށް ވަނީ ހުކުމްކޮށްފަ އެވެ./

މި މައްސަލައިގައި ޝަހާދަތު ހައްޔަރުކޮށް، ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ތަފްސީލުތައް އާންމުކޮށް ފުލުހުން ބުނީ އޭނާ މާލޭގައި ދިރިއުޅުނީ 18،000 ރުފިޔާއަށް އެޕާޓްމެންޓެއް ކުއްޔަށް ނަގައިގެން ކަމަށެވެ. އަދި އޭނާގެ އަތުން ހޯދާފައިވާ ފޯނާއި ލެޕްޓޮޕް ފަދަ ސާމާނުގައި ރާއްޖެއަށް ބިދޭސީން ގެނައުމުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ބޭނުންވާ ކުންފުނިތަކުގެ ރެޖިސްޓްރީތަކާއި ޕާސްޕޯޓުގެ މައުލޫމާތު އަދި ދިވެހިންގެ އައިޑީ ކާޑު ފޮޓޯތައް ފެނިފައިވާކަމަށް ވަނީ ބުނެފައެވެ.

މި މައްސަލައިގައި ޝަހާދަތުގެ އެކައުންޓުތަކުގެ ފައިނޭންޝަލް އެނަސިލިސް ހެދިއިރު 2019 ވަނަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން 2024 ވަނަ އަހަރާއި ހަމައަށް އޭނާގެ އެކައުންޓުތަކަށް 8 މިލިއަން ދިވެހި ރުފިޔާއަށްވުރެ ގިނަ ފައިސާ ޖަމާވެ ދައުރުކޮށްފައިވާކަން ވަނީ އެނގިފައެވެ. އަދި އެކްސްޕެޓް ސިސްޓަމަށް ވޯކްވިސާ ފީ ދެއްކުމުގެ ގޮތުން އޭނާގެ އަމިއްލަ އެކައުންޓުން 1،069،556 ރުފިޔާ ދައްކާފައިވާކަން ފުލުހުންގެ ތަހުގީގަށް ވަނީ ފާހަގަކުރެއެވިފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: