ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑރ. އަފްރާޝީމްގެ މަރާއި ރައީސް ޔާމީން ގުޅުވައި ބަދުނާމު ކުރީ ސިޔާސީ ބޭނުމަކަށް: ޖަމީލް

ކުރީގެ ނަިއބް ރައީސް ޑރ ޖަމީލް: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ޑރ. އަފްރާޝީމް އަލީގެ މަރާއި ރައީސް ޔާމީން ގުޅުވީ އެމަނިކުފާން ބަދުނާމުކޮށް ސިޔާސީ ބޭނުމަކަށް ކަމަށް ރައީސް ޔާމީންގެ ފުރަތަމަ ނައިބް ރައީސް އަދި އެމަނިކުފާންގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

ގޮތް ނޭނގޭ މަރުތަކުގެ މައްސަލަތައް ބަލާ ރިޔާސީ ކޮމިޝަންއިން އެކުލަވާލި އަފްރާޝީމްގެ މަރުގެ މައްސަލާގައި ރިޕޯޓުގައި ފާހަގަކޮށްފައިވާ ހ. ހިކޯސްޓް އަލީ ޝާން (ސަޓޯ) އާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަދި މަޖްލިސްގެ ރައީސް މުހައްމަދު ނަޝީދު ހިމެނިވަޑައިގަންނަވާ ފޮޓޯ އަކާއި އެކު ކުރެއްވި ޓްވީޓެއްގައި ޖަމީލް ވިދާޅުވީ ޑރ. އަފްރާޝީމް އަލީގެ މަރުގެ މަރުގެ ތަހުގީގުން އާކަމެއް ފާހަގަ ނުކުރެވުނު ކަމަށެވެ.

ޑރ. އަފްރާޝީމްގެ މަރުގެ ތަޙްޤީގުން އާ ކަމެއް ހާމައެއް ނުވި. ކުރިންވެސް ބުނަމުން އައި ގޮތަށް ހާމަވީ ބައެއް ސިޔާސީ ބޭފުޅުން ފެތުރި ދޮގު ވާހަކަތަކުގައި ޙަޤީގަތެއް ނެތްކަން. ރައީސް ޔާމީން ބަދުނާމުކުރީ ސިޔާސީ ބޭނުމަށްކަން. ތުހުމަތުކުރެވޭ ފަރާތްތައް މިއަދު ތިބި ހިސާބުން ކަންބޮޑުވޭ

އަފްރާޝީމްގެ އަލީގެ މަރާއި ރައީސް ޔާމީނާއި ގުޅުވައިގެން އެންމެ ފުރަތަމަ ވާހަކަ ދައްކަވާފައިވަނީ 2013 ވަނަ އަހަރު ޕީޕީއެމް ރިޔާސީ ޕްރައިމަރީ ދުވަސްވަރު ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރުއެވެެ. އުމަރު ނަސީރު ވިދާޅުވީ ޑރ. އަފްރާޝީމް އަލީ އަވާހަރަކޮށްލި ކަމުގެ ތުހުމަތު ކުރެވޭ މީހަކު ރައީސް ޔާމީނާއި ބައްދަލު ކުރިކަމަށާއި އެކަން އެނގިވަޑައިގަންނަވާ ކަމަށެވެ.

ޑރ. އަފްރާޝީމް އަލީ ރަހުމް ކުޑަގޮތަކަށް އަވަހާރަކޮށްލެވުނު އިރު ހޯމް މިނިސްޓަރަކަށް ހުންނެވީ ޑރ. ޖަމީލްއެވެ. އޭރު ކަމިޝްނާ އޮފް ޕޮލިސްއަކަށް ހުންނެވީ މިހާރު ތިމަރަފުށީ ދާއިރާގެ މެމްބަރު ރިޔާޒު ރަޝީދުއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: