ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަސް ގަންނަ އެންމެ ދަށް އަގަކަށް 16 ރުފިޔާ، ތެޔޮ ވިއްކާ އަގަށް ވެސް ބޮޑު ބަދަލެއް!

މަސްވެރިންގެ ދުވަހުގެ ޖަލްސާގެ ތެރެއިން/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

މިފްކޯއިން އިން އާދީއްތަ ދުވަހުން ފެށިގެން އެންމެ ދަށްވެގެން 16 ރުފިޔާއަށް މަސް ގަންނަން ފަށާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މަސްވެރިންނަށް ދިމާވާ ދަތިތައް ހައްލު ކުރުމަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތަކާއި، ސަރުކާރުގެ ނިންމުންތައް ރައީސުލްޖުމްހޫރިއްޔާ އިއުލާނު ކުރެއްވީ މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

މަސްވެރިންގެ ފަރާތުން އަބަދުވެސް އިވޭ އެންމެ ބޮޑު ޝަކުވާއަކީ ރައީސް ވިދާޅުވި ގޮތުގައި ކިރުވާ މަހަށް ރަނގަޅު އަގެއް ނުލިބުމެވެ. އަދި ވިދާޅުވީ ތެޔޮ ނުލިބުމަކީ ވެސް މަސްވެރިންގެ ފަރާތުން ވަރަށް ގިނައިން ލިބޭ ޝަކުވާއެއް ކަމަށެވެ. އެހެންކަމުން މި ކަންކަން ހައްލު ކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުން ގެންދާކަމަށް ހާމަކުރައްވައި ރައީސް ވިދާޅުވީ މި ދެކަމަށް ވެސް ބަދަލުތަކެއް ގެނައުމަށް ނިންމަވާފައިވާ ކަމަށެވެ.

މިފްކޯއިން މަސްގަންނަ އެންމެ މަތީ ރޭޓު، 16 ރުފިޔާއަށް ގަންނަނީ ދޮޅު ކިލޯއިން ފެށިގެން މަތީގެ މަސްކަމަށް ރައީސް ވިދާޅުވި އެވެ. އެހެން ނަމަވެސް އެކަން ބަދަލުކޮށް ކިލޯއަކަށް ވުރެ މަތީގެ މަސް ގަންނަ އެންމެ ދަށް ރޭޓަކީ، 16 ރުފިޔާކަމަށް ކަނޑައަޅުއްވާފައިވާކަމަށް ރައީސް ވިދާޅުވި އެވެ.

މީގެކުރިން އޮތްގޮތުން މަސް ގަންނަ އެންމެ މަތީ ރޭޓަކީ 16 ރުފިޔާނަމަވެސް، މި ބަދަލާއެކު އެއަށްވުރެ ބޮޑު އަގުގައިވެސް މަސް ކިރުވުމުގެ ފުރުސަތު ލިބިގެންދާނެކަން ރައީސް ވަނީ ފާހަގަކުރައްވާފަ އެވެ.

ރައީސް ވިދާޅުވީ މަހުގެ އަގަށް ގެންނަ މައިގަނޑު ބަދަލަކީ ދޮޅު ކިލޯގެ ބަދަލުގައި އެއް ކިލޯއިން ފެށިގެން މަތީގެ މަހަށް އެންމެ މަތީ ރޭޓްގައި މަސް ގަންނަ ގޮތަށް ބަދަލު ކުރުން ކަމަށެވެ. އަދި ވިދާޅުވީ އެންމެ ދަށްވެގެން 16 ރުފިޔާއަށް މަސް ގަންނަން މިފްކޯއިން މާދަމާ ފަށާނެ ކަމަށެވެ.

ރައީސް ފާހަގަކުރެއްވީ ވެރިކަމާއި ހަވާލުވެވަޑައިގަތުމަށް ފަހު މަސްވެރިކަމުގެ ސިނާއަތް ނަގައި ކޮޅަށް ޖެހުމަށްޓަކައި މިދިޔަ ދެ އަހަރެއްގެ ތެރޭގައި ކުރަން ޖެހުނު މަސައްކަތްތަކެވެ. ރައީސް ވިދާޅުވީ އެކަން ތަފްސީލުކޮށް ހާމަކުރަމުން ނުދިޔަ ނަމަވެސް ތަފާސްހިސާބުތަކުން މަސައްކަތްތައް ވަރަށް ރަނގަޅަށް އެނގިގެން ދާނެކަމަށެވެ.

މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމުގައި ކުރިޔަށް އޮތްތަނުގައި ގިނަ މަސައްކަތްތައް ކުރެވިގެންދާނެކަން ރައީސް ވަނީ ފާހަގަކުރައްވާފަ އެވެ. ރައީސް ވިދާޅުވީ ދިވެހި ގައުމުގެ އިގްތިސާދާއި، ފުދުންތެރިކަން ކުރިއެރުވުމަށްޓަކައި މަސްވެރިކަމުގެ ދާއިރާއަށޢް ދިމާވާ ގޮންޖެހުންތައް ހައްލު ކުރުން އެއީ ކޮންމެހެން ވެސް މުހިންމު މަސައްކަތެއްކަމަށެވެ.

މަސްވެރިކަމުގެ ތެރެއިން އައި އެންމެ ބޮޑު ކަންބޮޑުވުން އަދި ޝަކުވާއަކީ އެންމެ ރަނގަޅު އަގުގައި މަސް ގަންނަން ނުލިބުންކަމަށް ރައީސް ވިދާޅުވި އެވެ

މިފްކޯ މެދުވެރިކޮށް މަސްވެރިންނަށް ވިއްކާ ތެލުގެ އަގަށް ގެނައި ބަދަލަކީ، މަސްވެރިންނަށް ވިއްކާ ތެލުގެ އަގުން 51 ލާރި އަދި 3 ޓަނަށްވުރެ މަތިން މަސް ކިރާ ދޯނިތަކަށް 71 ލާރި އަގުހެޔޮކުރުމެވެ.

ރައީސް ވިދާޅުވީ އަގު ހެޔޮކޮށް ތެޔޮ ފޯރުކޮށްދިނުމުގެ ގޮތުން އެސްޓީއޯގެ ސްކިޑްތައް ކޮންމެ އަތޮޅެއްގައި ގާއިމު ކުރެވޭނެ ކަމަށއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: