ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

2020ވަނަ އަހަރުގެ ބަޖެޓަކީ، ސަރަހައްދީ ތަރައްޤީއަށް އޮތް މަގެއް: ބޯދިގު

މެމްބަރު މުހައްމަދު ނަޝީދު މަޖިލީހުގައި ވާހަކަދައްކަވަނީ
ޝެއާރކޮށްލާ ކަހަލަދޯ؟

2020ވަނަ އަހަރުގެ ބަޖެޓަކީ، ސަރަހައްދީ ތަރައްޤީއަށް އޮތް މަގެއް ކަމަށް މައްޗަންގޮޅި އުތުރު ދާއިރާގެ އެމްޑީޕީގެ މުހައްމަދު ރަޝީދު (ބޯދިގު) ވިދާޅުވެއެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގައި ބަޖެޓަށް ވާހަކަދައްކަވަމުން އޭނާ ވިދާޅުވީ މިހާރު ތަރައްޤީ ކުރަން ނިންމާފައި ވަނީ 5 ސަރަހައްދަކަށް ބަހާލެވޭ ގޮތަށް ކަމަށެވެ. އުންމީދަކީ އެ 5 ސަރަހައްދުަގައި ވެސް ރަނގަޅު ފެންވަރުގެ އެއަރޕޯޓެއް އޮތުން ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެ ސަރަހައްދުތައް ތަރައްޤީވެ ބާރުވެރި ވުމަކީ ޤައުމުގެ ތަރައްޤީއަށް އެޅޭ މުހިއްމު ފިޔަވަޅެއް ކަމަށް އޭނާ ވިދާޅުވިއެވެ. 2020ވަނަ އަހަރުގެ ބަޖެޓަކީ ތާރީޚީ ބަޖެޓެއް ކަމަށާ އެއީ ކައުންސިލްތަކަށް ވެސް އުންމީދީ ބަޖެޓެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ރާއްޖެ އުފެދިފައިވާ ގޮތަށް ބަލާއިރު ވަކި  ސަރަހަހައްދަކުން ނުވަތަ އެއް ބަޔަކަށް ހުރިހާކަމެއްގެ ކޮންޓްރޯލް ލިބޭގޮތަށް އޮތުމަކީ ބަލައިގަންނަ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ. އަންނަ އަހަރުގެ ބަޖެޓްގައި ގިނަ ކަންތައްތަކެއް ހިމެނޭ އިރު ކައުންސިލްތަކަށް ބޮޑު ބަޖެޓެއް ވަނީ ކަނޑައަޅާފައެވެ. އަދި ކައުންސިލްތަކަށް އާމްދަނީ ލިބޭނެ މަގު ވެސް ވަނީ ފަހިކޮށްދީފައެވެ.

ސިޓީ ކައުންސިލްތަކާއި އަތޮޅު ކައުންސިލްތައް ބާރުވެރިކރުުވާ ބަޖެޓަކަށް މި ބަޖެޓް ވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. ލާމަރުކަޒީ ނިޒާމެއްގެ ދަށުްނ އެ ސަރަހައްދެއްގެ ބަޔަކު ބޭނުންވާ ގޮތަކަށް އެ ސަރަހައްދެއް ބިނާ ކުރުމަކީ އެއީ ދިވެހިން ބޭނުންވާ ބަދަލު ކަމަށް އޭނާ ވިދާޅުވިއެވެ. އެ ސަރަހައްދެއްގައި ހކުރަން ޖެހޭ ކަންކަން އެންމެ ރަނގަޅަށް އެނގޭނީ އެ ސަރަހައްދެއްގެ ބަޔަކަށް ކަމަށާ، އެ ސަރަހައްދަކުން ލިބޭ އާމްދަނީ އެ ސަރަހައްދަކަށް ލިބުމަކީ ކައުންސިލްތައް އަމިއްލަ ފައި މައްޗަށް ތެދުވަން ލިބޭ ބާރެއް ކަމަށް އޭނާ ވިދާޅުވިއެވެ.އެކަމަކީއެއީމައިސަރުކާރަށް ބަރޯސާވާވުން ނިމުމަކަށް އަންނާނެ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އަންނަ އަހަރަށް ލަފާކުރާ ޖުމްލަ ބަޖެޓަކީ 37.5 ބިލިއަން ރުފިޔާއެވެ. ބަޖެޓް ދިރަސާކުރާ ކޮމިޓީ ނިމޭއިރު މި ޢަދަދު އިތުރުވުމަކީ އެކަށީގެންވާ ކަމެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: