ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަސްވެރިކަމުގެ ދާއިރާއަށް ހިދުމަތް ކުރުމުގެ އިނާމު 32 ފަރާތަކަށް

ރައީސުލްޖުމްހޫރިއްޔާ، 45 ވަނަ މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާ ޝަރަފުވެރިކޮށްދެއްވުން/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

2023 ވަނަ އަހަރާއި 2024 ވަނަ އަހަރު މަސްވެރިކަމުގެ ސިނާއަތަށް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވައި، ފާހަގަކޮށްލެވޭފަދަ ކާމިޔާބީތަކެއް ހޯއްދަވާފައިވާ 32 ފަރާތަކަށް، އެފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން އިނާމު ދީފި އެވެ.

މި އިނާމު އަރުވާފައި ވަނީ ދިވެހިރާއްޖޭގެ 45 ވަނަ މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާގަ އެވެ.

މިރޭގެ ޖަލްސާގައި އަގުވަޒަން ކުރި ފަރާތްތަކުގެ ތެރޭގައި ވަކިވަކި ފަރުދުންނާއި، މަސްވެރި ދޯނިފަހަރާއި، އަދި މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ކުންފުނިތައް ހިމެނެއެވެ. އެގޮތުން، 2023 ވަނަ އަހަރަށް 18 ފަރާތަކަށް އަދި 2024 ވަނަ އަހަރަށް 14 ފަރާތަކަށް އިނާމު ލިބިފައިވެއެވެ.

މިރޭގެ ޖަލްސާގައި ވަނީ މަސްވެރިކަމުގެ ސިނާޢަތުގެ ތަރައްޤީއާ ގުޅުންހުރި ބައެއް މަސައްކަތްތައް އިފުތިތާޙުކުރައްވައި، މުހިންމު އެއްބަސްވުމެއްގައި ސޮއިކުރައްވާފައެވެ.

އެގޮތުން، ކަނދޮޅުދޫގައި މަސް ކިރޭނޭ ރަނގަޅު ފެސިލިޓީއެއް، ކޯލްޑް ސްޓޯރޭޖާއި ފާނައިގެ ޚާއްޞަ ފެސިލިޓީއަކާއެކު ޤާއިމުކުރުމުގެ އެއްބަސްވުމުގައި މިރޭ ވަނީ ސޮއިކުރައްވާފައެވެ. އަދި އައިސް ޕްލާންޓްތަކުގައި އައިސް ހުރި މިންވަރު ކެޔޮޅު އެޕްލިކޭޝަން މެދުވެރިކޮށް މަސްވެރިންނަށް ފަސޭހައިން ބަލާލެވޭނޭ ގޮތަށް ތައްޔާރުކޮށްފައިވާ މޮޑިއުލް އާއި، ބޭންކް އޮފް މޯލްޑިވްސް ”މަސްވެރިޔާ ޕޯޓަލް“ އާއި، ”ފްރޮމް މޯލްޑިވްސް“ ބްރޭންޑްގެ ވެބްސައިޓާއި، މިފްކޯގެ ”މަސް ކިރާ“ އެޕްލިކޭޝަން އަދި ދިވެހިރާއްޖޭގައި އެންވެރިކަން ދެމެހެއްޓެނިވި ގޮތެއްގައި އާލާކުރުމުގެ ޕްލޭން މިރޭ ވަނީ އިފުތިތާޙުކުރައްވާފައެވެ.

މީގެ އިތުރުން މިރޭގެ ޖަލްސާގައި ވަނީ، މަސްވެރިކަމުގެ ސިނާޢަތަށް އަގުހުރި ޚިދުމަތްތައް ކުރައްވާފައިވާ ފަރާތްތަކަށާއި، 2023 ވަނަ އަހަރާއި 2024 ވަނަ އަހަރު މަސްވެރިކަމުގެ ސިނާޢަތުގައި ފާހަގަކުރެވޭ ނަތީޖާތައް ހޯއްދަވާފައިވާ ފަރާތްތަކަށާއި، މަސްވެރި އުޅަނދުތަކަށާއި، ކުންފުނިތަކަށާއި، މަސްވެރީންނަށް އިނާމު ދެއްވާފައެވެ.

މިއަހަރުގެ މަސްވެރިންގެ ދުވަސް ޤައުމީ ފެންވަރެއްގައި ފާހަގަކުރައްވާފައިވަނީ މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރުގައެވެ. މި ދުވަސް ކުލަގަދަކޮށް ފާހަގަކުރެއްވުމުގެ ގޮތުން މިއަދު އެ ރަށުގައިވަނީ، މަސްވެރިންގެ ގުންޒަރެއްވެސް ހިމެނޭހެން، މަސްވެރި ސިނާޢަތާ ގުޅުންހުރި ގިނަ ހަރަކާތްތަކެއް ކުރިއަށްގެންގޮސްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: