ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މޯލްޑިވްސް ގޭސްއިން ހީލިއަމް ގޭސްގެ ވަރަށް ޚާއްސަ ޕްރޮމޯޝަނެއް!

ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވްސް ގޭސް އިން ވަރަށް ޚާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.

އެ ޕްރޮމޯޝަނާއި ގުޅޭގޮތުން ވާހަކަދައްކަވަމުން، މޯލްޑިވް ގޭސްގެ މެނޭޖަރ މަރކެޓިން އެންޑް ބިޒްނަސް އައިމިނަތު މުހައްމަދު ސައީދު ވިދާޅުވީ، އެ ޕްރޮމޯޝަންގެ ދަށުން ދެ ސައިޒެއްގެ ހީލިއަމް ފުޅި ލިބެން ހުންނާނެކަމަށެވެ. އެގޮތުން، 4 ކިލޯގެ ޕޯރޓެބްލް 1000 ރުފިޔާ އަށް ލިބޭ އިރު 46.7 ލީޓަރުގެ ލައިޓަރސް ރީ ފިލެބްލް ސިލިންޑަރސް، 7000 ރުފިޔާ އަށް ލިބެން ހުންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އޭގެ ތެރެއިން ބޮޑު ސައިޒްއަކީ ޕާޓީތަކާއި އޮފީސްތަކުގެ އެކި ހަފްލާތަކަށް އެކަށީގެންވާ ފުޅިއެކެވެ. އެ ފުޅިގެން 500 ފުއްޕާހަމަށް ހީލިއަމް އަޅާލެވެއެވެ. އަދި ކުޑަ ސައިޒްގެ ހީލިއަމް ފުޅިއަކުން 50 ފުއްޕާހަމަށް ވައި އަޅާ ލެވޭނެއެވެ. އެހެންކަމުން އެއީ ކުދި ހަފްލާތަކަށް އެންމެ އެކަށީގެންވާ ސައިޒެވެ.

އެ ޕްރޮމޯޝަންގެ ދަށުން ގަންނަ ކޮންމެ ފުޅިއަކަށް 50 ފުއްޕާހަމުގެ ޕެކެއް ހިލޭ ލިބިގެންދެއެވެ. އެއްމަސްދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ މި ޕްރޮމޯޝަންގައި ފޭސްބުކް މެދުވެރިކޮށް އަދި މޯލްޑިވް ގޭސް އަށް ޒިޔާރާތްކޮށްގެން ބައިވެރިވެވޭނެއެވެ.

އެގޮތުން ސޯޝަލް މީޑިއާގައި މޯލްޑިވް ގޭސްއިން މި ޕްރޮމޯޝަނާއި މެދު ކުރި ޕޯސްޓް ލައިކްކޮށް ޝެއަރ ކުރާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ އެއް ފަރާތަކަށް ވަނީ ހީލިއަމް ފުޅިއެއް ދޭން ނިންމާފައެވެ. އަދި ކުރިއަށް އޮތް އެއް މަސް ދުވަހު، މޯލްޑިވް ގޭހަށް ޒިޔާރަތް ކުރާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ އެއް ފަރާތަކަށް ވެސް ހިޅޭ ހީލިއަމް ފުޅިއެއް ދިނުމަށް ނިންމާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: