ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފާސްޓް އެންޑް ފިއުރިއަސް 9، ޝޫޓްކޮސް ނިމިއްޖެ

ޝެއާރކޮށްލާ ކަހަލަދޯ؟

“ފާސްޓް އެންޑް ފިއުރިއަސް” ގެ 9 ވަނަ ފިލްމްގެ ޝޫޓީން ނިންމާލައިފިއެވެ.

އެ ފިލްމްގެ ޝޫޓިން ނިންމާލީ ނިމިދިޔަ ހަފްތާގެ ތެރޭގައެވެ. އެ ފިލްމް ރިލީޒް ކުރުމުގެ ފަހުގެ ތައްޔާރީތައް ވަމުން އަންނަ އިރު، މި ފިލްމްގެ ސްކްރީންޕްލޭ ލިޔުނީ މުޅިން އާ ލިޔުންތެރިއެކެވެ.
“ފާސްޓް އެންޑް ފިއުރިއަސް 9” ޝޫޓް ކުރީ އެފްރިކާގައެވެ.
“ފާސްޓް 9” އާ ބެހޭ ގޮތުން މީގެ އެއް ޕްރޮޑިއުސަރު އަދި އެކްޓަރު ވިން ޑީޒެލް ބުނި ގޮތުގައި މި ފަހަރަކީ ފިލްމްގެ ތަރިންނަށް ވެސް ތަފާތު ތަޖުރިބާ އެއް ކުރެވުނު ފަހަރެކެވެ.  “ފާސްޓް އެންޑް ފިއުރިއަސް” އަކީ އެންމެ ކާމިޔާބު އެއް ފްރެންޗައިސްއެވެ. ފިލްމެގ ގެ 9 އާއި 10 ޑައިރެކްޓް ކުރަން މިހާރު ވަނީ މި ފްރެންޗައިޒްގެ ފިލްމްތަކެއް މީގެ ކުރިން ވެސް ޑައިރެކްޓްކޮށްފައިވާ ޖަސްޓިން ލިންއާ ހަވާލުކޮށްފަ އެވެ. މީގެ ކުރިން، ފާސްޓް އެންޑް ފިއުރިއަސް 9″ ރިލީޒް ކުރާ ގޮތަށް ނިންމީ އެޕްރީލް، 10، 2020 ގަ އެވެ. އެކަމަކު ތާރީހަށް މި ގެނައި ބަދަލާ އެކު ފިލްމު ބެލުންތެރިންނާ ހަމައަށް އަންނާނީ މެއި، 22، 2020 ގަ އެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: