ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހއ. ކެލާގައިވެސް ޕާސްޕޯޓުގެ ޚިދުމަތް ރަސްމީކޮށް ފަށައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑާއި ޕާސްޕޯޓުގެ ޚިދުމަތްތައް ރައްޔިތުންނާ ގާތުން އަވަހަށް ފޯރުކޮށްދިނުމުގެ ސިޔާސަތުގެ ދަށުން، ހއ. ކެލާގައި ޕާސްޕޯޓުގެ ޚިދުމަތް ރަސްމީކޮށް ފަށައިފިއެވެ.

އިމިގްރޭޝަނުން މައުލޫމާތުދެއްވާފައިވާ ގޮތުގައި ދިވެހި ޕާސްޕޯޓުގެ ޚިދުމަތް ރާއްޖޭގެ އެކިކަންކޮޅުތަކަށް ފުޅާކުރުމުގެ މަޝްރޫޢުގެ ދަށުން، ހއ. ކެލާގައި އިއްޔެ ވަނީ ދިވެހި ޕާސްޕޯޓުގެ ޚިދުމަތް ރަސްމީކޮށް ތަޢާރަފުކޮށްފައެވެ. މި ޚިދުމަތް ކެލާގައި ފެށުމާއެކު، ހއ. އަތޮޅުގެ ރައްޔިތުންނަށް ޕާސްޕޯޓުގެ ޚިދުމަތް ހޯދުމަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެއެވެ.

މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މުހިންމު ސިޔާސަތެއް ކަމަށްވާއިރު، މި ޚިދުމަތް މުޅި ރާއްޖެއަށް ފުޅާކުރުމުގެ މަސައްކަތް މިހާރު ވަނީ ފުރިހަމަވެފައެވެ.

ރައީސް މުޢިއްޒުގެ ސަރުކާރުން އިސްކަންދެއްވާ އެއް ކަމަކީ ދިވެހި ރައްޔިތުންނަށް ދައުލަތުގެ ޚިދުމަތްތައް ފަސޭހަކޮށްދިނުމެވެ.

އެގޮތުން، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑާއި ޕާސްޕޯޓުގެ ޚިދުމަތް ރައްޔިތުންނާ ގާތުން އަވަހަށް ފޯރުކޮށްދިނުމުގެ ގޮތުން އެ ޚިދުމަތްތައް މުޅި ރާއްޖެއަށް ފުޅާކުރެއްވުމުގެ މަސައްކަތް މިދިޔަ އަހަރުގެ ނޮވެންބަރު މަހުގެ 16ވަނަ ދުވަހު ވަނީ އިފްތިތާޙްކުރައްވާފައެވެ. މި މަސައްކަތް ނިންމާލުމާއެކު، ރައީސްގެ ވައުދު ވަނީ ފުއްދަވާފައެވެ.

ހއ. އަތޮޅުން ޕާސްޕޯޓު ނަގަން ބޭނުންވާ ފަރާތްތަކަށް ޕާސްޕޯޓު ހަވާލުކުރާ ’ކަލެކްޝަން ޕޮއިންޓް’ގެ ގޮތުގައި މިހާރު ދިއްދޫ، އިހަވަންދޫ އަދި ކެލާ ވެސް ޚިޔާރުކުރެވޭނެ ކަމަށް އިމިގްރޭޝަނުން މައުލޫމާތުދެއެވެ. މިއީ އަތޮޅުގެ ރައްޔިތުންނަށް ޚިދުމަތް ހޯދުމަށް ދަތުރުކުރަންޖެހޭ މިންވަރު ކުޑަކޮށްލުމަށް ލިބުނު ބޮޑު ލުޔެކެވެ.

މުޅި ރާއްޖޭގައި ޕާސްޕޯޓުގެ ޚިދުމަތް ޤާއިމުކުރުމުގެ އިތުރުން ސަރުކާރުން ދަނީ ދިވެހިން އާންމުކޮށް ގޮސްއުޅޭ ބޭރު ޤައުމުތަކުގައިވެސް އައިޑީ ކާޑުގެ ޚިދުމަތް ފެށުމަށް މަސައްކަތްކުރަމުންނެވެ. އެ ގޮތުން މެލޭޝިއާ، ސްރީލަންކާ އަދި އިންޑިއާގެ އިތުރުން އިނގިރޭސިވިލާތުގައި މި ޚިދުމަތް ފެށުމަށް ސަރުކާރުން ދަނީ ތައްޔާރުވަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: