ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރުން ސުޕްރީމް ކޯޓު ފުޑާލާ، މުޅި ނިޒާމު ފުނޑާލައިފި: ރައީސް ޔާމީން

ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމް: ފޮޓޯ މީސް މީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

މިހާރު ގެ ސަރުކާރުން ސުޕްރީމް ކޯޓު ފުޑާލާ، މުޅި ނިޒާމު ފުނޑާލާފައިވާކަމަށް ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމު ވިދާޅުވެއްޖެއެވެ.

ފުނޑާލައިފި ނަމުގައި ޕީޕީއެމް ޕީއެންސީން ކާނިވާ ސަރަޙައްދުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، އުއްތަމަ ފަނޑިޔާރު ޑރ.އަޙްމަދު ޢަބްދުﷲ ދީދީއާއި މެދު މި ސަރުކާރުން ޢަމަލުކުރައްވާ ގޮތް ޤަބޫލުނުކުރައްވާ ކަމަށެވެ. އަދި ފަނޑިޔާރު އާދަމް މުޙައްމަދު އެގޮތަށް ތަންތަނަށް ދަމަށް ދެކޮޅުކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ. އަދި ދެ ފަނޑިޔާރުން ވަކިކުރުމާއި ދެކޮޅުކަން ރައީސް ޔާމީން އިއުލާނުކުރެއްވިއެވެ. އަދި ފަނޑިޔާރުން ނިންމާ ނިންމުންތަކަކީ ސުލޫކީ މައްސަލަތަކެއްގެ ގޮތުގައި ބެލޭނެ އެއްވެސް ޖާގައެއް ނޯންނާނެކަމަށެވެ.

“ކޮންބައެއްތޯ މި ހަލާކު ކުރީ؟ ހުރިހާ ކަމެއް، ކުރަން ނުޖެހޭ ހުރިހާ ކަމެއް، ކޯޓޫތަކުގެ ތެރެއިން ކުރުވާފަ، އެ ކޯޓުތައް ފުނޑާލިތަން އަޅުގަނޑުމެންނަށް މ،ި ފެންނަނީ. އަޅުގަނޑުމެން ޤަބޫލެއްނުކުރަން މިކަމެއްް. އަޅުގަނޑުމެންނަކަށް ޤަބޫލެއް ނުކުރެވޭ ސުޕްރީމް ކޯޓުގެ އުއްތަމަ ފަނޑިޔާރަށް އެދޭ ހަމަލާއެއް. އަޅުގަނޑުމެން ޤަބޫލެއް ނުކުރަން ސުޕްރީމް ކޯޓަށް އެދޭ ހަމަލާއެއް. އާދަމް މުޙައްމަދު ތަންތަނަށް ދަމަން ޖެހޭނެކަމަށް ޤަބޫލެއް ނުކުރަން.”

އެމަނިކުފާނު ވިދާޅުވި ގޮތުގައި ޝަރުއީ ދާއިރާ “ފުނޑާލަމުން” ދަނީ ކޯޓްތައް މެދުވެރިކޮށް ކުރަން ނުޖެހޭ އެތައް ކަމެއް ކުރުމަށް ފަހުކަމަށެވެ. އެމަނިކުފާނުގެ ވެރިކަމުގައި، ސިޔާސީ އިސް ބޭފުޅުންތަކެއް މިނިވަން ކުރުމަށް ސުޕްރީމް ކޯޓުން ކުރި ހުކުމަކީ ޝަރުއީ ދާއިރާ އަށް ނުފޫޒު ފޯރުވައި ފުނޑާލުމުގެ ފެށުން ކަމަށް ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: