ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަސްވެރިންގެ ދުވަސް ފާހަގަކުރުމުގެ ހަރަކާތުގައި، އެމްޑަބްލިއުއެސްސީން ބައިވެރިވެއްޖެ!

ފޮޓޯ: އެމްޑަބްލިއުއެސްސީ
ޝެއާރކޮށްލާ ކަހަލަދޯ؟

މަސްވެރިންގެ ދުވަސް ފާހަގަކުރުމުގެ ހަރަކާތުގައި، މޯލްޑިވްސް ވޯޓަރ އެންޑު ސިއުވަރެޖް ކޮމްޕެނީ ލިމިޓެޑް (އެމްޑަބްލިއުއެސްސީ)އިން  ބައިވެރިވެއްޖެއެވެ.

މަސްވެރިންގެ ދުވަސް ގައުމީ ފެންވަރުގައި ފާހަގަކުރުމުގެ ގޮތުން، މިނިސްޓްރީ އޮފް ފިޝަރީސް އެންޑު އޯޝަން ރީސޯސަސް މޯލްޑިވްސް އިން ވަނީ ހާއްސަ ހަރަކާތެއް އިންތިޒާމުކޮށް، ކުރިއަށް ގެންގޮސްފައެވެ. އެގޮތުން، ރ. ދުވާފަރުގައި ބޭއްވި، މި ހަރަކާތުގައި އެމްޑަބްލިއުއެސްސީއިން ޓައިޓަލް ސްޕޮންސަރެއްގެ ގޮތުގައި ވަނީ ބައިވެރިވެފައެވެ.

”އެމްޑަބްލިއުއެސްސީ މަސް ރޭސް“ގެ ޓައިޓަލް ސްޕޮންސަރެއްގެ ގޮތުގައިއާއި، މަސްވެރި ހަވީރު ކޫޑަކުދިންގެ ފެސްޓިވަލުގައިވެސް އެމްޑަބްލިއުއެސްސީން ވަނީ ބައިވެރިވެފައެވެ. އެގޮތުން، ސްޓޯލް ހަރަކާތްތައް ކުރިއަށް ގެންދިޔައިރު، މި ހަރާކތުގައި އެމްޑަބްލިއުއެސްސީގެ މުވައްޒަފުން ބައިވެރިވިއެވެ.

އެމްޑްބްލިއުއެސްސީން ފާހަގަކުރާގޮތުގައި، އެމްޑަބްލިއުއެސްސީ މަސް ރޭސް އަދި މަސްވެރި ހަވީރުގެ އިތުރުން، މަސްވެރިނަންނަށް އަމާޒުކޮށްގެން، އެމްޑަބްލިއުއެސްސީން ވަނީ ރ. ދުވާފަރުގައި ދޮރުން ދޮރަށް ދާ ކޮމްޕެއިނެއްވެސް ކުރިއަށް ގެންގޮސްފައެވެ. އެގޮތުން، މި ކެމްޕޭނުގައި މަގުސަދަކީ، އެމްޑަބްލިއުއެސްސީން، ރ ދުވާފަރުގައި ފޯރުކޮށްދޭ ހިދުމަތްތަކުގެ އިތުރުން، އެ ރަށުގައި އުފައްދާ އައިސް އަދި ތާޒާ ފެނާޢި މެދު ރައްޔިތުންގެ ހިޔާލު ހުރިގޮތް ދެނެގަނެ، އެ ހިދުމަތްތަކަށް ރައްޔިތުން ހޭލުންތެރި ކުރުން ކަމަށް އެމްޑްބްލިއެސްސީން ބުނިއެވެ.

މީގެއިތުރުން، ރ ދުވާފަރާއި ކައިރި އަތޮޅުތަކަށް އަމާޒުކޮށްގެން، ވައިބަރ ކޮމިއުނިތީ ގްރޫޕެއް ތައާރަފުކުރެވިގެންދިޔައިރު، މި ގްރޫޕު މެދުވެރިކޮށް، ދުވާފަރާއި، އެ އަތޮޅުތެރޭ އެހެނިހެން ރަށްތަކަށް ދެމުންދާ ހިދުމަތްތަކުގެ އިތުރު މައުލޫމާތާއި ކުރިއަށް ގެންދާ ޕްރޮމޯޝަންތަކުގެ ތަފްސީލުތައް ހިއްސާކުރެވިގެންދާނެ ކަމަށް އެމްޑަބްލިއުއެސްސީން ބުނިއެވެ. އެހެންކަމުން، މި ހަރަކާތްތަކުން، ދުވާފަރާއި، ކައިރި ރަށްރަށާއި އަތޮޅުތަކުގެ މަސްވެރިންނާއި ވިޔަފާރިވެރިންނަށް އެމްޑަބްލިއުއެސްސީގެ އައިސް އަދި ތާޖާ ފެން ފަސޭހަކަމާއިއެކު ހޯދުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށް އެމްޑަބްލިއުއެސްސީން ފާހަގަކުރެއެވެ.

އެމްޑަބްލިއުއެސްސީން މައިގަނޑު ގޮތެއްގައި، ފެނާއި ނަރުދަމާގެ ނިޒާމު ބަލަހައްޓާ، އެ ހިދުމަތް ފޯރުކޮށްދެނީ މާލެ ސަރަހައްދަށްކަމުގައިވީނަމަވެސް، ރ. ދުވާފަރަކީ، އެމްޑަބްލިއުއެސްސީގެ އިންޓަރގްރޭޓަޑް ޔުޓިލިޓީގެ ދަށުން، ފެނާއި ނަރުދަމާ ހިދުމަތް ފޯރުކޮށްދިނުމުގެ އިތުރުން، ކަރަންޓުގެ ހިދުމަތާއި ކުނި މެނޭޖުކުރުމުގެ ހިދުމަތްވެސް، އެމްޑަބްލިއުއެސްސީގެ ބެލުމުގެ ދަށުން ފޯރުކޮށްދެމުންދާ ރަށެކެވެ.

ހަމައެއާއިއެކު، ދުވާފަރުގައި އެމްޑަބްލިއުއެސްސީގެ ތާޒާ ފެނާއި، އައިސް އުފައްދާ ކާރުހާނާވެސް، އެ ރަށުގައި ގާއިމުކުރެވިފައިވެއެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: