ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މައްސަލައިގެ ބިސްމިކީ ހިސާބުން ލިބެނީ އަނިޔާ: ރައީސް ޔާމީން

ރައީސް ޔާމީން ޕީޕީއެމްގެ ޖަލްސާއެއްގައި: ފޮޓޯ މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ދައުލަތުން އުފުލާފައިވާ މަނީލޯންޑަރ ކުރުމުގެ ދައުވާގެ މައްސަލަ ފެށުުި ހިސާބުން ފެށިގެން ލިބިވަޑައިގަންނަވަމުން ދަނީ އަނިޔާ ކަމަށް ދައުވާ ލިބޭ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ. 

އެމަނިކުފާނު އެފަދައިން ވިދާޅުވީ މިއަދު ކުރިއަށް ގެންދިޔަ  ޝަރީއަތް އަލުން ނުފަށާ ކުރިއަށް ގެންދަން ނިންމުމުން، އިތުރަށް ފާހަގަކުރަން ބޭނުުންވާ ކަމެއް އެބަ އޮތްތޯ ސުވާލުކުރުމުން ވާހަކަދައްކަވަމުންނެވެ. ރައީސް ޔާމީން ވިދާޅުވީ އުމުރު ދުވަހު މަސައްކަތްކޮށްގެން ލިބުނު ފައިސާ ކްރިމިނަލް ކޯޓުން އަމުރު ނެރުއްވައިގެން ފްރީޒް ކުރުމުން ނިހާޔަތަށް ގެއްލުން ލިބިފައިވާ ކަމަށެވެ. އަދި މި މައްސަލއިގެ ބިސްމިކީ ހިސާބުން ފެށިގެން ވެސް އިންސާފު ނުލިބޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

 ތުހުމަތު ކުރާ މައްސަލަ ނޫން އެހެން މައްސަލަތަކުގައި ޖަލުގައި އޮންނަވަން ޖެހުނު ކަމަށާ، އެވެސް އަނިޔާކަމަށް ޤަބޫލުކުރައްވާ ކަމަށް ވިދާޅުވިއެވެ.

ރައީސް ޔާމީން އަށް ހުކުމްކުރަން މީގެ ކުރިން ހަމަޖެހިފައި އޮތީ މިއަދެވެ. އެހެންނަމަވެސް އެ މައްސަލަ ބަލާ ފަނޑިޔާރުންގެ ބެންޗުން ނިންމީ، މިމަހުގެ 28 ވަނަ ދުވަހު ރައީސް ޔާމީން އަށް ޙުކުމް ކުރުމަށެވެ.

މި މައްސަކަ އިންތިދާއި އަޑުއެހުމުން ފެށިގެން އަލުން ފެށުމަށް ރައީސް ޔާމީންގެ ފަރާތްޕުޅުން އެދިވަޑައިގަތެވެ. އެހެންނަމަވެސް އެކަން އެގޮތަށް ކުރަން ޖެހޭ ސަބަބެއް ނެތް ކަމަށް ޝަރީއަތުން ނިންމެވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: