ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑރ އަފްރާޝީމް މަރާލުމުގައި ބައިވެރިވި ކަމުގެ ތުހުމަތު ކުރެވޭ ޝާން ވަޒީފާއިން ސަސްޕެންޑް ކޮށްފި

ޑރ އަފްރާޝީމް މަރާލުމުގައި ބައިވެރިވި ކަމުގެ ތުހުމަތު ކުރެވޭ ޝާންއާއިއެކު ރައީސް ސާލިޙް އަދި ރައީސް ނަޝީދު: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަފްރާޝީމް އަލީގެ މަރުގެ މައްސަލާގައި ތުހުމަތު ކުރެވޭ އަލީ ޝާން (ސަޓޯ) ވަޒީފާއިން ސަސްޕެންޑުކޮށްފިއެވެ.

ގްރޭޓާ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑްގެ (ޖީއެމްޒެޑްއަައިއެލް) ތިލަފުށީ ސައިޓްގެ ސުޕަވައިޒަރެއްގެ މަގާމުގައެވެ.

ޝާން ވަޒީފާ އިން ސަސްޕެންޑު ކޮށްފައިވަނީ ރައީސް އޮފީހުން އަންގައިގެން މިއަދު އެވެ. ޝާން އަކީ އެމްޑީޕީގެ އިސް އެކްޓިވިސްޓެއް ވެސް މެއެވެ.

މަރުތަކާ ބެހޭ ކޮމިޝަނުން ނެރުނު އަފްރާޝިމްގެ މަރުގެ ރިޕޯޓުގައި ބުނެފައިވަނީ އެ ކޮމިޝަނުން ކޮށްފައިވާ ތަހުގީގަށް ލިބިފައިވާ ހެއްކާއި ގަރީނާތަކަށް ބަލާއިއިރު ޑރ އަފްރާޝީމް އަލީ މަރާލުމުގެ މަސައްކަތުގައި ހ. ހިލްޓަން އަޒްލިފް ރައޫފްއާއި، ހ. ލޮބީ ހުސައިން ހުމާމް އަހުމަދާއި، ހ. ކޯސްޓް އަލީ ޝާން އާއި 18 އަހަރުނުފުރޭ ކުޑަކުއްޖެއްގެ އިތުރުން އެހެން ބަޔަކު އެ މަސައްކަތުގައި އަމަލީ ގޮތުން ބައިވެރިވެފައިވާ ކަމަށެވެ.

އެހެންނަމަވެސް އެ ކަމުގައި އަމަލީ ގޮތުން ދެން ބައިވެރި ފަރާތް ޑރ. އަފްރާޝީމްގެ މަރަށް ފަހު ރާއްޖޭން ބޭރަށް ހަނގުރާމައަށް ގޮސްފައިވާތީވެ އެ މައްސަލަ އިތުރަށް ތަހުގީގު ކުރުމަށް ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށް ކޮމިޝަނުގެ ތަހުގީގު ރިޕޯޓުގައި ބުނެފައިވެ އެވެ.

އަފްރާޝިމް އަވަހާރަކޮށްލި މައްސަލާގައި ޝާންގެ މައްޗަށް ދައުލަތުން މީގެކުރިން ދައުވާ ވެސް އުފުލިއެވެ. ނަމަވެސް ނަމަވެސް އެކަށީގެންވާ ހެކި ނެތުމުން 2016 ވަނަ އަހަރު ޝާން މިނިވަންވިއިރު ދައުލަތުން އެ މައްސަލަ އިސްތިއުނާފް ވެސް ކޮށްފައެއް ނުވެއެވެ.

އަފްރާޝިމް އަވަހާރަކޮށްލި މައްސަލާގައި ދައުވާ ސާބިތުވީ ހުމާމްގެ މައްޗަށް އެކަންޏެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: