ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބާރަށުގައި، ގާޒީ އަލީ ރަޝީދާއި ރައީސް ސޯލިހް ބައްދަލު ކުރިކަމުގެ ތުހުމަތު!

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި އަބްދުއްރަހީމް ވާހަކަދައްކަވަނީ: ފޮޓޯ ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ބާރަށުގައި، ގާޒީ އަލީ ރަޝީދާއި ރައީސް އިބްރާހިމް މުހައްމަދު ސާލިހް ބައްދަލު ކުރެއްވި ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ތުހުމަތުކުރައްވައިފިއެވެ.

ޕީޕީއެމް އޮފީހުގައި، ޕީޕީއެމް ޕީއެންސީން ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އޭނާ ވަނީ ކްރިމިނަލް ކޯޓު ހިންގެވުމާއި ހަވާލުވެހުންނެވި ގާޒީ އަލީ ރަޝީދަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.

ގާޒީ އަލީ ރަޝީދު ބާރަށަށް ގެންދަވައިގެން، ރައީސް ސޯލިހް އެމަނިކުފާނާއި ވާހަކަދައްކަވާފަވަ ކަމަށް އަޑު ފެތުރިފައިވާ ކަމަށާ، އެކަންކަމަށް ޖަވާބުދެއްވަން ޖެހޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އާންމުގޮތެއްގައި އެފަދަ އަޑުތައް ފެތުރުމުން ސަރުކާރުގެ ތަރުޖަމާން މެދުވެރިކޮށް، އެ ވާހަކަތަކަށް ޖަވާބުދެއްވާ ކަމަށާ، އެވަރުވެސް މި މައްސަލައިގައި ނުކުރައްވާ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ގަޒީ އަލީ ރަޝީދު ރައީސް ޔާމީނާއި ޒާތީވެ ކަމަށް އޭނާ ވިދާޅުވިއެވެ. ފަނޑިޔާރު އަލީ ރަޝީދަކީ، އެމްޑީޕީގެ ޖަރޒީ އަޅައިގެން ހުރި އެމްޑީޕީގެ އެކްޓިވިސްޓެއް ކަމަށް އަބްދުއްރަހީމް ސިފަކުރެއްވިއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން ދައުވާ ކޮށްފައިވާ މަނީ ލޯންޑަރިންގެ ދައުވާގެ މައްސަލަ މިހާރު ބެލުމަށް ކަނޑައަޅާފައިވާ ބެންޗުގައި ހިމެނި ވަޑައިގަންނަވާ، ކްރިމިނަލް ކޯޓު ހިންގުމާއި މިހާރު  ހަވާލުވެވަޑައިގެން ހުންނެވި ގާޒީ އަލީ ރަޝީދުގެ ނަޒާހަތްތެރި ކަމާ މެދު ސުވާލު އުފައްދާ، އެމަނިކުފާނު ބެންޗުން ވަކިކުރަން އިދިކޮޅު ފަރާތްތަކުން ވަނީ ގޮވާލާފައެވެ.

އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީއެންސީގެ ރައީސް އަބްދުލްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ އަލީ ރަޝީދުގެ ސުލޫކީ މައްސަލައެއް ބަލަމުންދަނިކޮށް، ރައީސް ޔާމީންގެ ޝަރީއަތް ކުރާ ފަނޑިޔާރުންގެ ބެންޗުގައި އޭނާ ހިމެނި ވަޑައިގަތުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ.

މީގެ އިތުރުން ރައީސް ޔާމީންގެ ޝަރީއަތާ ގުޅޭ ގޮތުން ވަކި މީޑިއާއަކަށް، އަލީ ރަޝީދު އިންޓަވިއު ދެއްވާފައިވާތީ އޭނާގެ ސުލޫކީ މައްސަލައެއް ބަލައި ފިޔަވަޅު އަޅައި ދޭން އަމިއްލަ ފަރާތަކުން  ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ފޮނުވާފަވާތީ އެކަމާއި މެދު ވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: