އަސާސީ ބޭނުންތަަކަކީ ކޮންމެ މީހަކަށްވެސް ލިބެންޖެހޭ ހައްގުތަކަށް ވާއިރު، އެ ހައްގުތައް ކަށަވަރު ނުވެ އޮތުމަކީ ކަންބޮޑުވުމެކެވެ. އެ ހައްގުތައް ކަށަވވަރު ކޯށްދޭން ތިބޭ ބަޔަކީ އެތަނެއްގައި އޮންނަ ސަރުކާރުރެއް ނުވަތަ ވެރިމީހާއެވެ. އަސާސީ ބޭނުންތަކޭ ބުނާއިރު މިއީ ރައްޔިތުންނަށް އެ ކަންތައްތައްތަކާއި ނުލާ ނޫޅެވޭ ވަރުގެ ކަންތައްތަކެވެ. މިސާލަކަށް، ބޯހިޔާވަހިކަން، ފެނާއި ކަރަންޓުގެ ހިދުމަތް ނަރުދަމާގެ ހިދުމަތް ފަދަ ކަންކަން ފާހަގަކުރެވެއެވެ.
ރާއްޖެއަށްބަލާއިރު، ބޯހިޔާވަހިކަން ފިޔަވާ ދެންހުރި ހުރިހާކަމަކީވެސް ފަސޭހައިން ހަމަޖެއްސި ދާނެ ކަންކަކަމެެވެ. އެހެންނަމަވެސް ރާއްޖެއަކީ ބިން ކުޑަ ގައުމަކަށްވެފައި އަދި ތޮއްޖެހުން ބޮޑު ގައުމެކެވެ. އެހެންކަމުން މިއަދު ރައްޔިތުން އެކަމަކަށް އެންމެ ފެން ބޮވައިގަނެފައިވާ ކަމަކީ ރަނގަޅު ބޯހިޔާވަހިކަމެކެވެ. ރައްޔިތުން މިކަމަށް ބޭނުންވެފައވާ މިންވަރު ފަހަރުގައި ނމިދިޔަ ދުވަސްތަކުގައި އެކަން މިނެކިރާލަން ނޭންގި ދާނެއެވެ.
އެހެންނަމަވެސް ދާދިފަހުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ރާއްޖޭގައި އެންމެ ބޮޑަށް ތޮއްޖެހިފައިވާ އެއް ސަރަައްދު ކަމަށްވާ، މާލޭގެ ރައްޔިތުންނާއި ބައްދަލުކުރައްވާފައެވެ. އެ ބައްދަލުވުންތަކުން ގުގުމައިގެންދާ އަޑަކީ “ތިމަންނާ މެންނަށް ބޯހިޔާވަހިކަމެއް ލިބޭނީ ކޮން ދުވަހަކުން ތޯ” މިހެންނެވެ. ރައްޔިތުންގެ އިހުސާސްތައް ބަންޑުންކޮށްލާ ބޯހިޔާވަހކަމަށް އަޑު އުފުލާ މީޙުން އޭގެން ކޮންމެ ޖަލްސާއެއްގައި ވެސް ގިނައެވެ. އެއީ އަސާސީ ބޭނުމަކަށް ވާތީއެވެ.
މި މައްސަލަ މިހާ ބޮޑުވާންވީ ކީއްވެތޯ ނުވަތަ ރައްޔިތުން މިއަދު މިކަމަށް ސަލާންޖަހަންވީ ކީއްވެތޯއެވެ. މިއަދާއި ހަމައަށް އައިއިރުު ރާއްޖޭގެ ވެރިކަން ކުރި އެތައް ފަރާތެއް ފައިބައިގެން ގޮސްފިއެވެ. ވައުދުތަކުގެ ތެރޭގައި ބޯހިޔާވަހިކަން އެންމެ ކުރިއަށް ނުލާ އެއްވެސް ސަރުކާރެއް ނެތެވެ. ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހުރީ ޒަމާންތަކެއް ވެފައެވެ. ރައްޔިތުން ހިއްސާ ކުރި ހިޔާލުތަކާއި ކަންބޮޑުވުންތަކަށް ބަލާއިރު، އެމީހުން މާލޭގައި ދިރިއުޅޭތާ އެތައް އަހަރެއް ވަނީ ވެފައެވެ. ބައެއް ފަރާތްތަކަކީ ނުކުޅެދުންތެރިކަން ހުންނަ ކުދީން ގޮވައިގެން ތިނެއް ނުވަތަ ހަތަރު މަސައްކަތް ވެސް ކުރާ މީޙުންނެވެ. އަނެއްބައި ފަރާތްތަކަކީ 1 ކޮޓަރީގައި 7 ދަރިންވެސް ގޮވައިގެން އުޅޭ މީޙުންނެވެ.
މި އިހުމާލަކީ މިއަދު އަރާމާއި، ބާރާއި ލައްޒަތުގެ 5 އަހަރު ނިންމާލާއިފައި ދިޔަ ވެރިން، އެމީހުންނަށް ވޯޓު ދިން މީހުންނަށް ދިން ހަދިޔާއެވެ. މިއަދު މި މައްސަލަ ބޮޑުވެފައިވާ މިންވަރަކީ 3 ގަޑިއިރުގެ ބައްދަލުވުމަކުން ހައްލެއް ގެނެވޭނެ ކަމެއް ނޫނެވެ. އެތައް އަހަރެއްވީ މައްސަލަތަކަށް ހައްލު ގެންނާނެ ޖެހިފައި އޮތް އޮތުމަކީ މިއަދު ސަރުކާރަށް ހުރޮ ގޮންޖެހުމެކެވެ. ކުރިއަށް ހުރި އަހަރުތަކަށްް ނުވަތަ ޖީލުތަކަށް ކަންކަން ކޮށްދިނުމަށް ބަލާއިރު، މާޒީ ގައި ކަން ވެފައި އޮތީ ކުރިއަށް ދެވޭނެ ގޮތަކަށް ނޫނެވެ.
ރައްޔިތުންގެ އަސާސީ ހައްގުތަކާއި ބޭނުންތަކަށް މިއަދު ޖަވާބެއް ދެވޭޭނެ ގޮތެއް ނެތެވެ. އެއީ ނިމިދިޔަ ސަރުކާރުތަކުން ރައްޔިތުންގެ ބޭނުންތަކަށް ނޫނެކޭ ބުނެފައިވާތީއެވެ. އެހެންނަމަވެސް މިއަދުގެ ސަރުކާރުން މިކަމަށް މަސައްކަތްތަކެއް ކުރާ މަންޒަރު ފެނެއެވެ. ރައްޔިތުންގެ ހިޔާލުތައް މީގެކުރިން އަޑު ނީވޭ އެތައް ބަޔަކަށް އެ ކަންކަން އަޑު އިވުނީވެސް މި ބައްދަލުވުންތަކުންނެވެ.
ސރުކާރުތަުން މަސައްކަތް ކުރި ގޮތް އޮތީ ރައްޔިތުންނަށް ވަރަށް ސާފުކޮށް ފެންނާށެވެ. ސަރުކާރުންތަކުން އެދެމޭ މަސައްކަތްތަކެއް ކުރިނަމަ މިއަދު އެ ރައްޔިތުން އެދޭނީ އަސާސީ ބޯހިޔާވަހިކަމަކަށް ނޫންކަން ޔަގީނެވެ. ރާއްޖޭގައި ރައްޔިތުންގެ ހާދިމުންނަށްވެސް މަސައްކަތް ކުރަން ތިބި ވެރިންނާއި، މެމްބަރުންނާއި، ކައުންސިލް މެމްބަރުންނާއި ވެސް މަދެއް ނޫނެވެ. މިހާ އަހަރުތައް ވެގެން ދިޔައިރު، އެކަންކަމަށް ހައްލެއް ހޯދައި ދެވިފައިނުވަނީ ސަރުކާރުތައް ދޯދިޔާ ވުމުންނެވެ.
މިއަދު ފެނިގެންދިޔަ ހަގީގަތަކީ ސަރުކާރުތަކުން ފެއިލްވި ކަމެވެ. ސިޔާސީ ރޭހުގައި ކުރިއަށް ދިއުމަށް ރައްޔިތުންގެ ބޭނުންކުރި މަންޒަރެވެ. އެއް ސަރުކާރާއި އަނެއް ސަރުކާރާއި ގުޅިގެން ަޘްރޫއުތައް ހިންގާ މަސައްކަތްތައް ބަންޓަންކޮށް، ރައްޔިތުން ކުރިއަށް ލައިގެން މަސައްކަތް ކުރާ ގައުމެއްގެ މަންޒަރު މިއަށްވުރެ ތަފާތުވާނެއެވެ.

