ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ސޯލިހުގެ ވެރިކަމަށް 1 އަހަރު: މިއީ އިންގިލާބީ ބޮޑު ބަދަލެއްގެ އުންމީދު!

ރައީސް ސޯލިހުއާއި ނައިބު ރައީސް ފައިސަލް ނަސީމު .... ފޮޓޯ: ސަންގު ފައިލް
ޝެއާރކޮށްލާ ކަހަލަދޯ؟

ތަރައްޤީއާއި ތަމައްދުންގެ އެޕިސޯޑެއް ފާއިތުވި 5 އަހަރު އަހަރުވަނީ ފެނިގެން ގޮސްފައެވެ. ނަމަވެސް އެ ތަރައްޤީއާއި ކުރިއެރުން ރޮންދާ ޖަހާ އޮމާންކުރިއިރު އަޑީގައިވަނީ ކޮރަޕްޝަނާއި ފަސާދައެވެ.

2018 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގެ 23 ވަނަ ދުވަހު އޭރު އޮތް ވެރިކަން ނިމުމަކަށް ގެނައީ އެ ސަބަބާއި ހުރެއެވެ. ދެފުއްފެންނަ ނަޒާހާތްތެރި ވެރިކަމަކަށް ރައްޔިތުން ހޮވީ އަދުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހުއެވެ.

ސަރުކާރާއި ހަވާލުވެވަޑާއިގެން ފުރަތަމަ ދުވަހުން ފެށިގެން އެމަނިކުފާނު ގެންދެވީ ރައްޔިތުންގެ ލާބައާއި މަންފާއަށް މަސައްކަތް ކުރައްވަމުންނެވެ. ޙަޤީޤީ ތަރައްޤީ އަކީ ކޮބައިކަން ރައްޔިތުންނަށް އިހުސާސު ކޮށްދިނުމަށް އެމަނިކުފާނާއި ކެބިނެޓް ގެންދަވަނީ ބުރަ މަސައްކަތް ކުރައްވަމުންނެވެ. ތަރައްްޤީއަކީ ސިންގަޕޯ މިސާލައް ނަގައިގެން ގެނެސްދެވޭނެ އެއްޗެއް ނޫން ކަމާއި ދިވެހިންގެ ސަޤާފަތާއި ދިވެހިންގެ އާދަތަކުގެ ތެރެއިން ތަރައްޤީ ގެނައުމަކީވެސް ވެދާނެ ކަމެއްކަން ދައްކުވައިދިނީ ރައީސް ސޯލިހުއެވެ.

ރައީސް ސޯލިހު ވެރިކަމުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތައް ވަޑައިގަންނަވަނީ. އަރިހުގައި އަނބިކަނބަލުން ފަޒްނާ އަހުމަދު… ފޮޓޯ: ސަންގު ފައިލް

ޖަޒީރާވަންތަ މެނިފެސްޓޯއަކާއި އެކު ވަޑައިގެން ރައީސް ސޯލިހު އެންމެ ފުރަތަމަވެސް ފެއްޓެވީ ރައްޔިތުންނާއި ގާތުން އެ ރައްޔިތުންގެ އިހުސާސްތައް ދެނެގަތުމުގެ މަސައްކަތެވެ. ރާއްޖޭގެ އެކި އަތޮޅުތަކަށް ޒިޔާރަތްކޮށް ރައްޔިތުންނާއި އެކު ހޮޅުއަށިތަކުގައި ވާހަކަ ބަދަލުކޮށް އެ ރައްޔިތުންގެ އިހުސާސްތައް އެންމެ ފުން މިނުން ދެނެގަތެވެ. ކޮންކްރިޓް އުސް އިމާރާތްތަކެއް މަތިމައްޗަށް އެތުރުމަކީ އެއީ އަދި ހެޔޮ ވެރިކަމެއް ކޮށްދިނުމެއްނޫނެވެ. އަދި އެއީ ތަރައްޤީ ފުރިހަމަ ވުމެއްވެސް ނޫނެވެ.

ނިމިދިޔަ ވެރިކަމުގައި ރައްޔިތުނައް އިހުސާސްކޮށްދީފައިވަނީ ތަރައްޤީއަކީ ހަމައެކަނި ލޮލައްފެންނަ އެއްޗެެއްގެ ގޮތުގައެވެ. އޭގެ ފަހަތުގައި ފޮރުވިފައިވާ އެއްބަސްވުންތަކާއި ޑީލްތަކާއި ފައިސާއާއި ކޮރަޕްޝަންއަކީ ރައްޔިތުންތައް އިނގުން މުހިންމު ކަމެއްނޫނެވެ. މިއަދު ތަރައްޤީއޭ ބުނެ މަތިމައްޗަށް އަޅާފައިވާ އިމާރާތްތަކާއި ކަނޑު ހުރަސްކޮށް އަޅާފައިވާ ބުރިޖަކީ ރައްޔިތުންގެ ފައިސާ އޭރުގެ ވެރިންގެ ޖީބުތައް ތަނަވަސްކޮށްގެން އަޅާފައިވާ ތަންތަނެވެ.

ނަމަވެސް ރައީސް ސޯލިހުގެ ސިޔަސަތު ވަރަށް ތަފާތެވެ. މި ސަރުކާރުގެ ސްޕީޑު ލަސްކަމަށް ބުނެ ބައެއް ފަރާތްތަކުން ވާހަކަ ދައްކަވަމުން ދާއިރު، މަސައްކަތުގެ ޕްރޮސީޖަރ މިބޭފުޅުންނަށް ފަހުމު ނުވެއެވެ. އޭރުގައި މަޝްރޫޢެއް ބަޔަކާއި ހަވާލުކޮށް ކުރިއަށްގެންދިޔަ ގޮތާއި މިއަދު މަޝްރޫޢުތައް ކުރިއަށްގެންދާ ގޮތް ހާސްބައި ތަފާތެވެ. ކޮންމެ މަޝްރޫޢުއަކީވެސް އެ މަޝްރޫއެއްގައި ކޮރަޕްޝަން އެކުލެވިގެން ނުވާގޮތައް ކުރިއަށްދާ މަޝްރޫތަކެއްކަން ރައީސް ސޯލިހު ޔަޤީން ކުރެއްވިއެވެ. މަޝްރޫޢުތައް ކުރިއަސްގެންދަނީ އެކަމުގައި ކަނޑައެޅިފައިވާ ޤަވައިދުތަކާއި މަޝްވަރާކުރަންޖެހޭ ފަރާތްތަކާއި މަޝްވަރާކޮށްގެންނެވެ. ތަރައްޤީ ލޮލަސްފެނުން ލަސްވި ކަމުގައި ވިޔަސް ރައްޔިތުންނަށް ފަހުން ކުރާ ފައިދާ ބޮޑުވާނެކަމީ ރައީސް ސޯލިހު ޔަޤީންކޮށްދޭން ބޭނުންވާ އެއްކަމެވެ.

ރައީސް ސޯލިހު ވެރިކަމުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތު ނިންމަވާލެއްވުމަށްފަހު ރަސްމިއްޔާތައް ވަޑައިގެން ބޭފުޅުންނާއި ބައްދަލުކުރައްވަނީ …. ފޮޓޯ: ސަންގު ފައިލް

1 އަހަރު ސަރުކާރުން ފުރިހަމަ ކޮށްފައިވާއިރު މި އަހަރުތެރޭ ސަރުކާރުން ވަނީ 32 ބިލިއަން ރުފިޔާގެ ބަޖެޓެއްގައި އެކި ދާއިރާތަކުން ރައްޔިތުންނަށް ޚިދުމަތްކޮށްދެއްވާފައެވެ. ރާއްޖޭގައި ހިންގިފައިވާ ތަރައްޤީގެ މަޝްރޫޢުތަކަށް ބަލާއިރު 421 މަޝްރޫޢުއެއް މިއަހަރުތެރޭ ކުރިއަށްގެންދިޔައެވެ. އޭގެތެރެއިން 20 ޕްރޮޖެކްޓެއްގެ މަސައްކަތް ނިމިފައިވާއިރު 114 މަޝްރޫޢުއެއް މިހާރުވެސް ކުރިއަށް އެބަދެއެވެ. އަދި 91 މަޝްރޫއުއެއް ވަނީ ކޮންޓްރެކްޓަރުންނާއި ހަވާލުކުރެވިފަައެވެ. މުޅި ރާއްޖެއަށް ބަލާއިރު އެންމެ ގިނައިން ކުރިއަށްދަނީ ފެނާއި ނަރުދަމާގެ އެތުރުން ބަނދަރުގެ މަސައްކަތެވެ.

ރާއްޖޭގައި އެއްފަހަރާއި އެންމެ ގިނަ ސަރުކާރުގެ ޕްރޮޖެކްޓްތައް ހިންގާ ކުންފުނިކަމަށްވާ އެމްޓިސީސީއިން ބުނެފައިވަނީ އެކުންފުންޏަށް ކުރު މުއްދަތެއްގެ ތެރޭގައި ބޮޑެތި ކުރިއެރުންތަކެއް އައިސްފައިވާ ކަމަށެވެ. އެމްޓީސީސީގެ ތާރިހުގައި ވެސް ކުރު މުއްދަތެއްގައި މިހާގިނަ ޕްރޮޖެކްޓްތައް ލިބިފައި ނުވާ ކަމަށް އެކުންފުނިން ބުނެއެވެ.

އަހަރެއް ހެޔޮ ގޮތުގައި ވޭތުވެގެން ގޮސްފައިވާއިރު ކުރިއަށް އޮތް އަހަރަކީ އިދިކޮޅުން އެބުނާފަދަ ސިއްސުވާލާ ވަރުގެ މެގަ ޕްރޮޖެކްޓްތަކެއް އަންނާނެ އަހަރެކެވެ. ރާއްޖޭގައި މިހާތަނަށް އެކުލަވާލި އެންމެ ބޮޑު ބަޖެޓު މިވަނީ ފާސްކުރުމަށް ރައްޔިތުންގެ މަޖިލީހަސް ހުށަހަޅާފައެވެ. 37.5 ބިލިއަން ރުފިޔާގެ މި މާސިންގާ ބަޖެޓުގެ ތެރެއިން އަންނަ އަހަރު ގުޅީފަޅާ މާލެއާއި ތިލަފުށި ގުޅުވާލެދޭ ބްރިޖާއި ތިލަފުށީގައި އަޅާ ޕޯޓާއި އަދި ރާއްޖޭގެ ފަސް ސަރަޙައްދެއްގައި 5 ޓާޝިއަރީ ހޮސްޕިޓަލް އެޅުމަށް ވަނީ ބަޖެޓު ކުރެވިފައެވެ.

ފުރަތަމަ އަހަރު ތަރައްޤީގެ ސުރުޙީ އަޅާލުމަށްފަހު ދެން އަންނަ އަހަރުވެގެންދާނީ އުންމީދީ އަދި އިންޤިލާބީ ބޮޑެތި ބަދަލުތަކެއް ގެނުވައިދޭނެ އަހަރަކަށެވެ. މިއީ އިންގިލާބީ ބޮޑުބަދަލެއްގެ އުންމީދެވެ!

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: