ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހިދުމަތުގައި ސާބިތު ކަމާއި އެކު ހުންނާނަން: ރައީސް

ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންނަށް ހިދުމަތްކުރުމުގެ މަތިވެރި މަސައްކަތުގައި ސާބިތުވެ ކުރިއަށްދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްއެފަދައިން ވިދާޅުވީ މަނިކުފާނުގެ ވެރިކަމަށް މިއަދު އެއް އަހަރު ފުރުމާއި ގުޅިގެން ކުރައްވާފައިވާ ޓްވީޓެއްގައެވެ.

ރައީސް ވިދާޅުވީ ރާއްޖެއަށް ހަމަޖެހުމާއި ފާގަތިކަން ގެނައުމަށް އެމަނިކުފާނާއި މަތިކޮށްފަިއވާ ޒިންމާއަށް އަހަރެއް ފުރިގެންދާއިރު ރައްޔިތުންގެ ފަރާތުން ލިބުނީ ފުރިހަމަ އެއްބާރުލުމެއް ކަމަށެވެ. އެހެންކަމުން،  ރައީސް ވަނީ ދިވެހި ރައްޔިތުންނަށް އެކަމަށްޓަކާ ޝުކުރު ދަންނަވާފައެވެ.

ރައީސް ސޯލިހްގެ ޚީދުމަތްތަކަށް ބަލާއިރު،  މި އަހަރު 567 ދަރިވަރަކަށް ސްޓޫޑަންޓް ލޯނު ދީފައިވެއެވެ. އަދި އިއާދަ ކުރަނިވި ހަކަތައިން 17 މިސްކިތެއް އޭސީކުރުމުގެ މަސައްކަތް ކުރިއަށް ދާއިރު، 8 ރަށެއްގައި މިސްކިތް އެޅުމުގެ މަސައްކަތް ވަނީ ފެށިފައެވެ.
34 ރަށެއްގައި ބަނދަރު އަޅަން ހަވާލުކޮށް، 14 ރަށެއްގައި އަމަލީ މަސައްކަތް ފަށާފައިވެއެވެ.

އަދި 7 ރަށެއްގެ މަގު ހެދުމުގެ މަސައްކަތް ފަށާފައިވެއެވެ. މީގެ އިތުރުން  58 ރަށަކަށް ޖަނަރޭޓަރު ފޮނުވާފައިވެއެވެ.

33 ރަށެއްގައި ފެނާއި ނަރުދަމާ ގާއިމުކުރުމަށް ހަވާލުކޮށްފައިވާއިރު، 3.2 ބިލިއަން ރުފިޔަގެ ހިލޭ އެހީ ލިބިފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: