ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކެމިކަލް ގުދަންތައް ބައްލަވާލެއްވުމަށް ރައީސް ޞާލިޙު ތިލަފުއްޓަށް

ތިލަފުޓަށް ރައީސް ޞާލިހު ކުރެއްވި ޒިޔާރާތުގެ ތެރެއިން: ފޮޓޯ: އައިމަން ޖީއެމްއައިޒެޑްއެލް
ޝެއާރކޮށްލާ ކަހަލަދޯ؟

ތިލަފުށީގައި ތަރައްޤީކޮށްފައިވާ ނުރައްކާތެރި ކެމިކަލްގެ ބާވަތްތައް ރައްކާކުރާ ގުދަންތައް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ބައްލަވާލައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މި ގުދަންތައް ބައްލަވާލައްވާފައިވަނީ މިއަދު މެންދުރުފަހު ތިލަފުށްޓަށް ކުރެއްވި ޒިޔާރާތެއްގައެވެ.

ތިލަފުށްޓަށް ވަޑައިގެންނެވުމުން އެމަނިކުފާނަށް މަރުޙަބާ ދެންނެވީ ގްރެއިޓަރ މާލޭ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް (ޖީ.އެމް.އައި.ޒެޑް.އެލް.) ގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ރަޝީދު އަބޫބަކުރާއި އެ ކުންފުނީގެ އިސް މުވައްޒަފުންނެވެ. ތިލަފުށްޓަށް ވަޑައިގެން ރައީސް ޞާލިޙުވަނީ، އަލަށް ތަރައްޤީ ކޮށްފައިވާ ގުދަންތައް ބައްލަވާލައްވައި، އެތަނުގައި ޤާއިމްކޮށްފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއި ބެހޭގޮތުން މަޢުލޫމާތު ސާފުކުރައްވާފައެވެ.

ނުރައްކާތެރި ކެމިކަލްގެ ބާވަތްތައް ރައްކާކުރުމަށް ޚާއްޞަ ގުދަންތަކެއް ތިލަފުށީގައި ތަރައްޤީ ކޮށްފައިވަނީ، މިދިޔަ ސެޕްޓެމްބަރު މަހު ހެންވޭރު އަބަދަށްފެހި މަގުގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއާއި ގުޅިގެން، މާލޭގައި ހުރި ނުރައްކާތެރި ކެމިކަލްގެ ބާވަތްތައް ރައްކާތެރިކުރާ ގުދަންތައް މީހުން ދިރިނޫޅޭ ތަންތަނަށް ބަދަލުކުރަން ރައީސް ނިންމެވުމާއި ގުޅިގެންނެވެ. ރައީސް ޞާލިޙު މިގޮތަށް ނިންމަވާފައިވަނީ ނުރައްކާތެރި ކެމިކަލް ފަދަ ސާމާނު މާލޭގައި ގުދަންކުރާ ގޮތުގެ ސަބަބުން މާލޭގައި ދިރިއުޅޭ ޢާންމު ރައްޔިތުންނަށް ކުރިމަތިވެދާނެ ނުރައްކާތަކާއި ބެހޭގޮތުން ވަޒީރުންގެ މަޖިލީހުގައި މަޝްވަރާ ކުރެއްވުމަށްފަހުގައެވެ.

ގްރެއިޓަރ މާލޭ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑްގެ ފަރާތުން ތިލަފުށީގައި ތަރައްޤީކޮށްފައިވާ ވެއާހައުސްގައި 34 ގުދަން ހިމެނެއެވެ. ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް، އަދި ޚާއްޞަކޮށް އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވުމަށް ޚާއްޞަ ފިޔަވަޅުތަކެއް އަޅާފައިވާ މި ގުދަންތަކުގެ ތެރޭގައި 300 އާއި 800 އަކަފޫޓާއި ދެމެދުގެ ޔުނިޓުތައް ހިމެނެއެވެ.

އަބަދަށްފެހި މަގުގައި ހިނގި އަލިފާނުގެ ހާދިސާއާއި ގުޅިގެން، ސަރުކާރުންވަނީ، އެފަދަ ހާދިސާތައް ތަކުރާރުވިޔަ ނުދިނުމަށް ގިނަ ފިޔަވަޅުތަކެއް އަޅުއްވާފައެވެ. މީގެތެރޭގައި، ނުރައްކާތެރި ކެމިކަލާބެހޭ ޤަވާއިދު މުރާޖަޢާ ކުރައްވައި ތަންފީޒު ކުރެއްވުން ހިމެނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: