ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިއަހަރުގެ ސިވިލް ސޮސައިޓީ އެވޯޑް 7 ޖަމިއްޔާއަކަށްދީފި

ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ ރަށުފެންވަރުގައާ ގައުމީ ފެންވަރުގައި މަދަނީ ޖަމިއްޔާތައް ކުރަމުންދާ މަސައްކަތްތަކުގެ އަގު ވަޒަންކުރުމަށްޓަކައި، ޒުވާނުން ބާރުވެރިކުރުވުމާއި މައުލޫމާތާއި ފަންނާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ ސިވިލް ސޮސައިޓީ އެވޯޑު މިއަހަރު 7 ޖަމިއްޔާއަކަށް ދީފިއެވެ.

މިކަމަށްޓަކައި ޔޫތު ހަބްގައި ރޭ ބޭއްވި ޚާއްސަ ހަފްލާގައި އެވޯޑުތައް ލިބުނު ޖަމިއްޔާތަކަށް އެވޯޑު ހަވާލުކޮށްދެއްވީ ވުޒާރާގެ ވަޒީރު އިބްރާހިމް ވަހީދު  އަސްވާޑްއެވެ.

މިއަހަރުގެ ސިވިލް ސޮސައިޓީ އެވޯޑު ލިބުނު ޖަމިއްޔާތަކުގެ ތެރެއިން އަންހެނުންނާއި ކުޑަކުދިންނާއި ޒުވާނުންގެ ހައްގުތައް ހިމާޔަތްކޮށް އެފަރާތްތައް ބާރުވެރިކުރުވުމުގެ ދާއިރާ އިން އެވޯޑު ހާސިލްކުރީ ވިމެން އެމްޕަވަރމަންޓް އެސޯސިއޭޝަން އޮފް ތިނަދޫއެވެ. އަދި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ ދާއިރާ އިން ސިވިލް ސޮސައިޓީ އެވޯޑު 2025 ލިބުނީ ކެއާ ސޮސައިޓީ އަށެވެ.

ތަޢުލީމީ ދާއިރާ އިން މި އެވޯޑު ލިބިފައިވަނީ ތުޅާދޫ ސިލްވަރ ޝައިން ކްލަބަށެވެ. މީގެ އިތުރުން ދިވެހިންގެ ޘަގާފަތާއި އާދަކާދަތަކާއި، ތާރީޚީ ތަރިކަ، ދިވެހިބަސް ދިރުވުމުގެ ދާއިރާ އިން އެވޯޑު ހާސިލް ކުރީ ޝާއިރުންގެ ވާދީއެވެ.

ތިމާވެށީގެ ދާއިރާ އިން ސިވިލް ސޮސައިޓީ އެވޯޑު 2025 ހާސިލް ކޮއްފައިވަނީ ކްލީން މޯލްޑިވްސްއެވެ. ޞިއްޙީ ދާއިރާ އަދި ދުޅަހެޔޮ މުޖްތަމަޢުއަކަށް މަސައްކަތް ކުރުމުގެ ދާއިރާ އިން އެވޯޑު ލިބުނީ އަލްޒައިމާ ސޮސައިޓީ އޮފް މޯލްޑިވްސްއަށެވެ. އަދި މަސްތުވާ ތަކެތިން މުޖްތަމަޢު ރައްކާތެރިކުރުމުގެ ދާއިރާ އިން އެވޯޑު ހާސިލް ކޮއްފައިވަނީ ގިރިންދާއެވެ.

މި ހަފުލާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އަސްވާޑް ވިދާޅުވީ، ސިވިލް ސޮސައިޓީ އެވޯޑު މިއަހަރު 7 ޖަމިއްޔާއަކަށް ލިބުނު ނަމަވެސް، 2026 ވަނަ އަހަރުގެ މި އެވޯޑަށް ގިނަ ދާއިރާތަކެއް އިތުރުކޮށް ގިނަ ޖަމިއްޔާތަކެއްގެ އަގު ވަޒަން ކުރައްވާނެ ކަމަށެވެ.

ވަޒީރު އިތުރަށް ވިދާޅުވީ އަބަދުވެސް މަސައްކަތް ކުރާނީ މަދަނީ ޖަމިއްޔާތަކާއި އެކު ކަމަށާއި، މަދަނީ ޖަމިއްޔާތައް ބާރުވެރިކޮށް ކުރިއެރުވުމަކީ މި ވުޒާރާއިން އެންމެ އިސްކަމެއް ދެއްވާނޭ އެއް ކަންތައް ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: