ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑރ.އަފްރާޝީމްގެ މަރުގެ މައްސަލައިގެ އަސްްލާހަމައަށް ވާސިލްވުމަށް އިންސާފުވެރި ތަހުގީގެއް ހިންގަން ޖެހޭ: އިދިކޮޅު

އަފްރާޝީމްގެ މަރުގެ މައްސަލައިގައި ޑރ ޝަހީމަށް ވަނީ ބޮޑެތި ތުހުމަތުތަކެއް ކޮށްފަ. ޝަހީމު އެކަމަށް އިންކާރު ކުރޭ
ޝެއާރކޮށްލާ ކަހަލަދޯ؟

ޑރ.އަފްރާޝީމް އަލީ އަވަހާރަކޮށްލި ޙާދިސާ ތަޙްޤީޤުކޮށް މަރުކޮމިޝަނުން ނެރެފައިވާ ރިޕޯޓާއި ގުޅިގެން ޑރ. މުޙައްމަދު ޝަޙީމް ޢަލީ ސަޢީދުގެ އަބުރުކަތިލާ، އެމަނިކުފާނާ ބެހޭގޮތުން ސާބިތުނުހިފޭ ދޮގުވާހަކަތަކެއް ފަތުރަމުންދާކަމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބުނެފިއެވެ.

އިދިކޮޅު ކޯލިޝަނުން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޑރ.އަފްރާޝީމް ޢަލީ އަވަހާރަކޮށްލުމުގެ ފަހަތުގައި ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދުގެ އަތެއްވާކަން ދެއްކުމަށް ބައެއްފަރާތްތަކުން މަސައްކަތް ކުރަމުން ދާކަމަށެވެ. ބަޔާނުގައި ބުނެފައިވަނީ ޑރ. ޝަހީމްއަކީ އެފަދަ ޢަމަލެއް ހިންގަވާނެ ބޭފުޅެއްނޫންކަން  ކޯލިޝަނުން ޤަބޫލުކުރާކަމަށެވެ.

ޝަޙީމަކީ ދީނީ ޢިލްމު އުނގެނިވަޑައިގެން ހުންނެވި، މާތް އަޚްލާޤެއްގެވެރި، ހެޔޮލަފާ، ރަނގަޅު ޢިލްމުވެރިއެއްކަން ފާހަގަކޮށް  ޝަހީމުގެ އިސްތަށިފުޅުގައި މިފަދަ ބޮޑު އިލްޒާމެއް އެޅުވުމަށް ބަޔަކު ފަތުރަމުންދާ ވާހަކަތައް ކޯލިޝަނުން ވަރަށް ހަރުކަށި ޢިބާރާތުން ކުށްވެރިކުރާކަމަށް ބަޔާނުގައިވެއެވެ.

“ ކޯލިޝަނުން ދެކޭގޮތުގައި މިކަމަކީ ޑރ.ޝަހީމަށް އަމާޒުކޮށް، ރޭވިގެން ހިންގާ ޖަރީމާއެކެވެ. މިއީ ސާބިތުނުހިފޭ ވާހަކަތަކެއްގެ މައްޗަށް ބިނާކޮށް، ޑރ.ޝަހީމްގެ އަގުވައްޓާލުމަށް ހިންގާ ވަރަށް ދަށު ދަރަޖައިގެ ޢަމަލެއްކަމަށް މިކޯލިޝަނުން ދެކެމެވެ. އެހެންކަމުން، ޑރ. އަފްރާޝީމް ޢަލީގެ އަވަހާރަކޮށްލި ޙާދިސާއާއި ގުޅޭގޮތުން މަރުކޮމިޝަނުން އިތުރު ދިރާސާތައްކޮށް، މިކަމުގެ އަޞްލާ ހަމައަށް ދިއުމަށް އިންސާފުވެރި ތަޙްޤީޤެއް ހިންގުމަށް މިކޯލިޝަނުން ގޮވާލަމެވެ.”

މަރުގެ މައްސަލަތައް ތަހުގީގު ކުރާ ރިޔާސީ ކޮމިޝަނުން ތައްޔާރުކުރި ޑރ އަފްރާޝީމްގެ މަރުގެ މައްސަލައިގެ ތަހުގީގު ރިޕޯޓުގައި ބުނެފައިވާ ގޮތުގައި ޑރ އަފްރާޝިމް އަވަހާރަކޮށްލުމުގެ ކުރިން ޑރ ޝަހީމަށް ލިބުނު މެސެޖެއްގައި ޑރ.އަފްރާޝީމް ރުޖޫއަވެ، މީޑިޔާގައި އިއުލާންކޮށްފިނަމަ އެ މެސެޖު ފޮނުވި ބަޔަކު އަފްރާޝިމް ދެކެ އަލުން އަނބުރާ ލޯބިވާނެ ކަމަށް ބުނެފައިވެއެވެ.  މި މެސެޖު  ޑރ.ޝަހީމްއަށް  ފޮނުވި ފަރާތެއް، ޑރ ޝަހީމް ރިޔާސީ  ކޮމިޝަނަށް ސާފުކޮށްދީފައެއް ނުވާ ކަމަށް ވަނީ ބުނެފައެވެ. އަދި ކޮމިޝަނުން ބުނާގޮތުގައި ޑރ.ޝަހީމު ކޮމިޝަނަށް ދެއްވާފައިވާ މައުލޫމާތަކީ ތެދު މައުލޫމާތެއް ނޫނެވެ. 

ރިޕޯޓުގައި ބުނެފައިވާ ގޮތުގައި މިއަހަރުގެ ޖުލައި 28 ވަނަ ދުވަހު ޝަހީމު ލިޔުމުން ރިޔާސީ ކޮމިޝަނަށް ފޮނުވާފައިވާ މައުލޫމާތުގައި 1 އޮކްޓޫބަރު 2012 ވީ ދުވަހު އަފްރާޝީމް، އޭނާއާ ބައްދަލުކުރައްވަން އިސްލާމިކް މިނިސްޓްރީ އަށް ވަޑައިގެންނެވީ އޭނާގެ އެދުމަށް ނޫން ކަމަށް ޝަހީމު ވިދާޅުވެފައިވީ ނަމަވެސް، ދެ ފަރާތުގެ ދެމެދުގައި އެ ދުވަހު ބަދަލުކުރެވިފައިވާ މެސެޖުތަކަށް ބަލާއިރު އެ ދުވަހުގެ މެންދުރު 1:00 އަށް އިސްލާމިކް މިނިސްޓްރީ އަށް އަފްރާޝިމް ވަޑައިގަތުމަށް ދެންނެވީ ސީދާ ޝަހީމުކަން އެނގެން އޮންނަ ކަމަށްވެސް އެ ރިޕޯޓުގައި ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: