ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަންނަ އަހަރުގެ ތެރޭގައި ޑިޖިޓަލް އައިޑީއާއެކު ސްމާޓު އަޑީކާޑު ތަޢާރަފްކުރާނެ: އިހުސާން

ހޯމް މިނިސްޓަރ އަލީ އިހުސާން
ޝެއާރކޮށްލާ ކަހަލަދޯ؟

 އަންނަ އަހަރުގެ ތެރޭގައި ޑިޖިޓަލް އައިޑީއާއެކު ސްމާޓު އަޑީކާޑު ތަޢާރަފްކުރެވޭނެ ކަމަށް ހޯމް މިނިސްޓަރ އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

މިކަން ހާމަކުރެއްވީ މިނިސްޓްރީން ކުރިއަށް ގެންދާ މުހިންމު މަސައްކަތްތަކާ ގުޅޭގޮތުން ނޫސްވެރިންނާ މައުލޫމާތު ހިއްސާކުރެއްވުމުގެ ތެރެއިންނެވެ.

ރާއްޖެ ޑިޖިޓަލައިޒް ކުރުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތްތަކުގެ ތެރެއިން، މި ސްމާޓު އަޑީކާޑުގެ ޒަރިއްޔާއިން ރައްޔިތުންނަށް އިތުރު ޚިދުމަތްތަކެއް ފޯރުކޮށްދެވޭނެ ކަމަށް ވިނިސްޠަރ ވިދާޅުވިއެވެ. މިއީ ޑިޖިޓަލް އިގްތިޞާދު ފުޅާކޮށް، 2030 ވަނަ އަހަރު އަންނަ އިރު ރާއްޖޭގެ އުފެއްދުންތެރިކަމުގެ 15 އިންސައްތަ ހިއްސާކުރާ ދާއިރާއަކަށް ޑިޖިޓަލް ދާއިރާ ހެދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކަނޑައަޅުއްވާފައިވާ އަމާޒާ ގުޅިފައިވާ މަސައްކަތެކެވެ.

މިނިސްޓަރ ފާހަގަކުރެއްވި ގޮތުގައި، މިހާރުވެސް ދެލައްކަ ހަތްދިހަ ދެހާސް (272,000) އަށް ވުރެ ގިނަ، އުމުރުން 10 އަހަރުން މަތީގެ ދިވެހިން ވަނީ ޑިޖިޓަލް އައިޑީ ނިޒާމުގެ ތެރެއަށް ގެނެވިފައެވެ. އެއީ ރާއްޖޭގެ އެ އާބާދީގެ 80 އިންސައްތައެވެ.

އިހުސާން ވިދާޅުވީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާ ގުޅިގެން ޑިޖިޓަލް އައިޑީގެ ނިޒާމުގެ ބޭނުންކުރުން އިތުރަށް ފުޅާވެގެންދާނެ ކަމަށާއި، މިހާރުވެސް ސަރުކާރުގެ އެކިއެކި އިދާރާތަކުން ދޭ ޚިދުމަތްތައް ބޭނުންކުރުމުގެ ފުރުސަތު މި ނިޒާމުގެ ތެރެއިން ލިބިފައިވާ ކަމަށެވެ.

ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ މަސައްކަތުގެ ދަށުން، މިދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި ސަރުކާރުގެ 17 އިދާރާއެއް ވަނީ ’ވަން ގަވް‘ ނިޒާމުގެ ތެރެއަށް ޑިޖިޓަލައިޒް ކުރެވިފައެވެ.

މީގެ އިތުރުން، ޑޭޓާ އެކްސްޖޭންޖް ލޭޔާ ގެ މަސައްކަތްތަކާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން މިނިސްޓަރ އިހުސާން ވިދާޅުވީ، މީގެ ސަބަބުން ދައުލަތުގެ އެކި އިދާރާތައް ވަކިވަކިން ސިސްޓަމްތައް ހަދައިގެން އޮޕަރޭޓްކުރުން ނިމުމަކަށް އަންނާނެ ކަމަށެވެ.

 ”ރައްޔިތު މީހާ ޙިދުމަތަކަށް އެދޭއިރު އޭނާގެ އައިޑީ ކާޑު ޖެހުމަށް ފަހުގަ އޭނާ އެ ހޯދާ ޚިދުމަތެއް ސިސްޓަމްގެ ތެރެއިން ފެނިގެންދާނެ. ރައްޔިތުންނަށް ލިބޭނެ ފަސޭހަ ވަރަށް ބޮޑުވާނެ.“

މުޅި ދައުލަތުގެ ހުރިހާ މުއައްސަސާތައް ޑިޖިޓަލައިޒްކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ އިސްނެންގެވުމާއެކު ކުރިއަށް ގެންދާ ’މޯލްޑިވްސް 2.0‘ މަޝްރޫޢުގެ ދަށުން، ހުރިހާ ޚިދުމަތެއް ޑިޖިޓަލައިޒްކޮށް ފޯރުކޮށްދޭން ފެށި ސަރުކާރުގެ ފުރަތަމަ އިދާރާއަކީ މޯލްޑިވްސް އިމިގްރޭޝަނެވެ.

މި މަޝްރޫޢަކީ ހަލުވި، ރައްކާތެރި އަދި ދެފުށްފެންނަ ގޮތެއްގައި ޚިދުމަތް ދިނުމުގެ އަމާޒު ހާސިލުކޮށް، ޑިޖިޓަލް އައު ޒަމާނަކަށް ދިވެހިރާއްޖެ ވާސިލްކޮށްދިނުމަށް ހިންގަން ފަށާފައިވާ މަސައްކަތެކެވެ. މި މަޝްރޫޢަކީ ދިވެހިރާއްޖޭގެ މުސްތަޤުބަލުގެ ތާރީޚު ބަދަލުކޮށްލާނެ ކަމަށް ބެލެވޭ މަސައްކަތެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: