ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފާއިތުވި އެއްމަސް ދުވަހުގެ ތެރޭގައި 500 އަށް ވުރެ ގިނަ ބިދޭސީން ޑީޕޯޓްކޮށްފި

ގަވައިދާ ހިލާފަށް އުޅެމުން ދިޔަ ގިނަ ބިދޭސީންތަކެއް އަތުލައިގަތުން/ ފޮޓޯ: އިމިގްރޭޝަން
ޝެއާރކޮށްލާ ކަހަލަދޯ؟

މިދިޔަ މަހުގެ 15 ވަނަ ދުވަހުން ފެށިގެން މިހާތަނަށް 500 އަށް ވުރެ ގިނަ ބިދޭސީން ވަނީ ރާއްޖެއިން ޑީޕޯޓްކޮށްފައިވާ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔަތާ ބެހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވެއްޖެއެވެ. 

ވަޒީރު މިކަން ހާމަކުރެއްވީ ހޯމް ޓީމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

ނޮވެމްބަރު މަހުގެ 15 ވަނަ ދުވަހުން ފެށިގެން މިއަދާ ހަމައަށް ފިންގަރ ޕްރިންޓް ނުދީ ތިބި 509 ބިދޭސީން ރާއްޖެއިން ފޮނުވާލާފައިވާ ކަމަށާއި، މި އަދަދާއެކު މިހާތަނަށް ރާއްޖެއިން ޖުމްލަ 9697 ބިދޭސީން ޑީޕޯޓްކޮށްފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު އަލީ އިޙްސާން ފާހަގަކުރެއްވި ގޮތުގައި، ސަރުކާރުން ވެރިކަމާ ހަވާލުވިއިރު ބިދޭސީންގެ މައްސަލަ އޮތީ ވަރަށް ބޮޑަށް ގޯސްވެފައެވެ. 2023 ވަނަ އަހަރުގެ މެއި މަހުގެ 2 ވަނަ ދުވަހު ފެށި އޮޕަރޭޝަންގެ ދަށުން މިއަދާ ހަމައަށް ދެ ލައްކަ ދެހާސް ބިދޭސީންގެ މައުލޫމާތު ނަގާފައިވާ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.

މި އޮޕަރޭޝަން ކުރިއަށްގެންދަނީ ތިން ފޭސްއަކަށް ބަހާލައިގެން ކަމަށާއި، ދެވަނަ ފޭސްގެ މަސައްކަތް އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ފެށޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ދެވަނަ ފޭސްގެ މަސައްކަތް ފެށުމާއެކު، އޭޕްރީލް މަހުގެ 02 ވަނަ ދުވަހާ ހަމައަށް ގާތްގަނޑަކަށް ތިން މަސް ދުވަހުގެ މުއްދަތަކަށް، ފިންގަރޕްރިންޓް ނަގާފައިވާ މީހުންގެ ތެރެއިން ޤަވާއިދާ ޚިލާފަށް ތިބި މީހުން ޤަވާއިދުގެ ތެރެއަށް ގެނައުމުގެ ބޮޑު މަސައްކަތެއް ފެށިގެންދާނެއެވެ.

މިގޮތުން، ކުރިން އެކިއެކި އެމްޕްލޮޔަރުންނާ ޖެހިފައި ހުރި މައްސަލަތަކުގައި އެމްޕްލޮޔަރުންނާ ވަކިވެ، މަގުމަތީގައި އެއްވެސް ރަސްމީ ވަކި އެމްޕްލޮޔަރަކަށް ނިސްބަތްނުވާ ގޮތަށް އުޅޭ މީހުންނާއި ފިލައިގެން އުޅޭ މީހުންނަށް ޤާނޫނީ އިމުގެ ތެރެއިން ސައްޚަ ވޯކް ޕާމިޓެއް ހޯދުމަށް މި ތިން މަސް ދުވަހުގެ ފުރުސަތު ދޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. މި މުއްދަތުގެ ތެރޭގައި ސިސްޓަމުގެ ތެރެއިން ކުރިން ނުލިބޭ ލުއިތަކެއް އެމްޕްލޮޔަރުންނަށް ލިބިގެންދާނެ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.

މި އޮޕަރޭޝަންގެ ފަހު ފޭސްގެ މަސައްކަތް 2026 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 2 ވަނަ ދުވަހުން ފެށިގެން 2027 ވަނަ އަހަރުގެ މެއި މަހުގެ ފުރަތަމަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެއެވެ.

ވަޒީރު ވިދާޅުވި ގޮތުގައި، މި މަސައްކަތް ނިމޭ ހިސާބުން ރާއްޖޭގައި ޤަވާޢިދާ ޚިލާފަށް އެއްވެސް ބިދޭސީއަކަށް ނޫޅެވޭނެއެވެ. މީގެ ނަތީޖާއަކަށް ވެގެންދާނީ ރާއްޖޭގައި އުޅޭ ކޮންމެ ބިދޭސީއެއްގެ ސައްޚަ މައުލޫމާތު އެނގި، އަދި ބިދޭސީ މީހާއަށް ޒިންމާވާނެ އެމްޕްލޮޔަރެއް ހުރުން ކަމަށް ވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

ބިދޭސީންގެ މައްސަލަތަކުގެ އިތުރުން، ވަޒީރު އަލީ އިޙްސާން ވަނީ މަސްތުވާތަކެތީގެ މައްސަލަތަކަށް ވެސް އަލިއަޅުވާލައްވާފައެވެ. އެގޮތުން، ވޭތުވެދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި 1.1 ޓަނުގެ މަސްތުވާތަކެތި ހިފަހައްޓާފައިވާ ކަމަށާއި، އެ ތަކެތީގެ މަގުމަތީ އަގު 2.2 ބިލިއަން ރުފިޔާއަށް އަރާ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: