ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިމިގްރޭޝަނަކީ ރައްޔިތުންގެ އިތުބާރުއޮތް މުއައްސަސާއަކަށް ހެދުން ވަރަށް މުހިންމު: އަހުމަދު ފަސީހު

ޝެއާރކޮށްލާ ކަހަލަދޯ؟

އެންމެ މުހިންމު އަމާޒަކަށް ވެފައިވަނީ އިމިގްރޭޝަނަކީ ނަޒާހަތްތެރި މުއައްސަސާއަކަށް ހެދުން ކަމަށް މޯލްޑިވްސް އިމިގްރޭޝަން ކޮންޓްރޯލާ ޖެނެރަލް ރިޓެއަރޑް ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު ފަސީހު ވިދާޅުވެއްޖެއެވެ. 

.ފަސީހު މިހެން ވިދާޅުވީ މިއަދު ހޯމް މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުންނެވެ.

ފަސީހު ފާހަގަކުރެއްވި ގޮތުގައި، އިމިގްރޭޝަނަކީ ރައްޔިތުން ޤަބޫލުކުރާ، ބަލައިގަންނަ އަދި ރައްޔިތުންގެ އިތުބާރު އޮތް މުއައްސަސާއަކަށް ހެދުމަކީ ވަރަށް މުހިންމު ކަމެކެވެ. އަދި އިމިގްރޭޝަނުން ފޯރުކޮށްދޭ ޚިދުމަތަކީ ރައްޔިތުން ބަލައިގަންނަ، ދެފުއްފެންނަ އަދި އިހުސާންތެރި ޚިދުމަތްތަކަކަށް ހެދުމަށް އިސްކަންދެއްވާ ކަމަށް ވިދާޅުވިއެވެ. މިގޮތުން، އިމިގްރޭޝަނަކީ ރައްޔިތުންނާ ގާތުން ޚިދުމަތް ދެވޭނެ، އަދި ރައްޔިތުންނަށް ޖަވާބުދާރީ ވެވޭނެ މުއައްސަސާއަކަށް ހެދުމުގެ މުހިންމުކަން ފަސީހު ފާހަގަކުރެއްވިއެވެ.

ފަސީހު ވަނީ ސަރުކާރުގެ މުއައްސަސާތަކުން ރަސްމީ ސިޓީތަކަށް ނުވަތަ ފޯނު ކޯލުތަކަށް ޖަވާބު ނުދޭ މައްސަލަ، ރައީސް ޑރ. މުޢިއްޒުގެ މީޑިއާ ބައްދަލުވުމުގައިވެސް ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި ފާހަގަކުރެވިފައިވާކަން ހަނދާންކޮށްދެއްވާފައެވެ.

ފަސީހު ވިދާޅުވީ އިމިގްރޭޝަނަކީ ކަންމަތީ ފިހާރައިން ޚިދުމަތްދޭ އުސޫލުން ޚިދުމަތް ދެވޭނެ ތަނެއް ނޫން ކަމަށާއި، އިމިގްރޭޝަނުގެ މަސައްކަތް ރައްޔިތުންނަށް ފޯރުނުކޮށްދެވިއްޖެނަމަ ރައްޔިތުންނަށް ވަންނާނެ އެހެން ދޮރެއް ނުހުންނާނެ ކަމަށެވެ.

އެހެންކަމުން، މިވަގުތު އޭނާގެ ހުރިހާ ފޯކަސްއެއް ހުރީ ހުރިހާ ރައްޔިތުންނަށް ޚިދުމަތްދިނުން ފުޅާކުރުމަށް ވިދާޅުވިއެވެ. މިކަމަށްޓަކައި މި އަހަރުގެ އެޕްރީލް މަހުގައި 3 ކެމްޕެއިނެއް ފަށާފައިވާކަން ފާހަގަކުރެއްވިއެވެ. އެއީ ސާރވިސް އެންހޭސްމެންޓް އޮޕަރޭޝަނާއި، ނަޒާހަތްތެރިކަމުގެ އޮޕަރޭޝަނާއި، އަދި ސްމައިލިންގ ކެމްޕެއިނެވެ. މި ކެމްޕެއިންތައް ފެށުނު ހިސާބުން ފެށިގެން ހެޔޮ ބަދަލުތަކެއް އައިސްފައިވާކަން ފަސީހު ފާހަގަކުރެއްވިއެވެ.

ޚިދުމަތްތައް ފުޅާކުރުމުގެ ގޮތުން ގެނެވުނު މުހިންމު ބަދަލުތަކުގެ ތެރޭގައި، ޕާސްޕޯޓްގެ ޚިދުމަތްތައް ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ފުޅާކުރުން ހިމެނެއެވެ.

ފަސީހު ވިދާޅުވީ، 2023 ނޮވެމްބަރު 17 ގައި މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު ޕާސްޕޯޓްގެ ޚިދުމަތް ފޯރުކޮށްދެމުން އައީ އެންމެ 6 އަތޮޅުގައި ކަމަށެވެ. ނަމަވެސް މިހާރު 31 އޮފީސް ޤާއިމްކުރެވި، ހުރިހާ އަތޮޅެއްގައި ޕާސްޕޯޓްގެ ޚިދުމަތް ދެމުން އަންނަ ކަމަށެވެ. މިއީ ރައްޔިތުންނަށް ލިބޭ ވަރަށް ބޮޑު ކުރިއެރުމެއްކަން ފާހަގަކުރައްވާ، ފަސީހު ވިދާޅުވީ އިމިގްރޭޝަނަކީ ރައްޔިތުންނަށް ޚިދުމަތްދޭ މުއައްސަސާއެއްގެ ގޮތުގައި ވިސްނުން ބައްޓަންކޮށްގެން މަސައްކަތް ކުރުމުން އޭގެ ފައިދާ ލިބޭނީ ހަމަ ރައްޔިތުންނަށް ކަމަށެވެ.

ފަސީހު ވަނީ އިމިގްރޭޝަނަކީ ލޯ އެންފޯސްމަންޓް ބޯޑީއެއްކަން ފާހަގަކުރައްވާ، އެތަނުގައި މަސައްކަތްކުރާ މުވައްޒަފުންނަކީ ވަރަށް ސީރިއަސް، އިޚްލާސްތެރި، ބުރަ އަދި ނަޒާހަތްތެރި މަސައްކަތްތަކެއް ކުރާ ބައެއްކަން ފާހަގަކުރައްވާފައެވެ. އެމަނިކުފާނު ވަނީ އިމިގްރޭޝަނުގެ ހުރިހާ މުވައްޒަފުންނަށް އެމީހުންގެ މުހިންމު މަސައްކަތަށްޓަކައި އިޚްލާސްތެރިކަމާއެކު ޝުކުރު އަދާކުރައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: