ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިމްޕޯޓާއި އެކްސްޕޯޓު އިތުރުވެ، އޮކްޓޫބަރު މަހުގެ އާމްދަނީ ވެސް މައްޗަށް!

އިމްޕޯޓާއި އެކްސްޕޯޓު އިތުރުވެ، އޮކްޓޫބަރު މަހުގެ އާމްދަނީ ވެސް މައްޗަށް - ފޮޓޯ: ސޯޝަލް މީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

މި ދިޔަ މަހު ރާޢްޖެ އަށް އެތެރެ މުދާ އިތުރުވެ، އިމްޕޯޓު ކުރެވުނު މުދަލުގެ ސީއައިއެފް އަގު 10 އިންސައްތަ އިތުރުވެފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މޯލްޑިވްސް ކަސްޓަމްސް ސާވިސަސް އިން އާންމު ކޮށްފައިވާ އޮކްޓޫބަރު މަހުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން، މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ރާއްޖެއަށް 3.8 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓް ކޮށްފައިވާއިރު، މި އަހަރުގެ އޮކްޓޯބަރޫ މަހު މި އަދަދުވަނީ 4.2 ބިލިއަން ރުފިޔާ އަށް އިތުރުވެފަ އެވެ. ތަފާސްހިސާބުތައް ދައްކާގޮތުން، ފާއިތުވި އޮކްޓޯބަރު މަހު ދައުލަތަށް ލިބުނު އާމްދަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހާ އަޅާބަލާއިރު 0.37 އިންސައްތަ ވަނީ އިތުރުވެފައެވެ. މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު 287 މިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވާއިރު، މި އަހަރުގެ އޮކްޓޯބަރު މަހު މި އަދަދުވަނީ 288 މިލިއަން ރުފިޔާ އަށް އިތުރުވެފަ އެވެ.

ކަސްޓަމްސްއިން މީޑިއާތަކާއި ހިއްސާކޮށްފައިވާ ހިސާބުތައް ދައްކާގޮތުގައި، އެކްސްޕޯޓު ކުރި މުދަލުން ދައުލަތަށް މިދިޔަ އަހަރު 257 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. އެއީ މި އަހަރު ލިބުނު 298 މިލިއަން ރުފިޔާ އާއި އަޅާބަލާއިރު 16 އިންސައްތައިގެ އިތުރު އަދަދެކެވެ. އިމްޕޯޓު ކުރި މުދަލުން މިދިޔަ މަހު ދައުލަތަށް އާމްދަނީއެއްގެ ގޮތުގައި 4.2 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި އިމްޕޯޓު ކުރި މުދަލުން އާމްދަނީއެއްގެ ގޮތުގައި ލިބިފައިވަނީ 3.8 ބިލިއަން ރުފިޔާއެވެ.

މިދިޔަ މަހު ރާއްޖެ އަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައިވާ ގައުމަކީ ޔޫއޭއީ އެވެ. މީގެ އިތުރުން ހިމެނެނީ ޗައިނާ އާއި ސިންގަޕޫރެވެ. ޗައިނާ އިން މި މުއްދަތުގައި 744 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވެ އެވެ. އަދި ޔޫއޭއީ އިން 743 މިލިއަން ރުފިޔާ އަދި ސިންގަޕޫރުން 557 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވެ އެވެ.
ރާއްޖެއަށް އެތެރެކުރި މުދަލަށް ބަލާއިރު އެންމެ ގިނައިން އެތެރެކޮށްފައިވަނީ ތެލުގެ ބާބަތްތަކެވެ. އެއީ ޖުމްލަ އިމްޕޯޓުގެ 21 އިންސައްތައެވެ. އެގޮތުން 732 މިލިއަން ރުފިޔާގެ ތެޔޮ މިދިޔަ މަހު އެކަނި ރާއްޖެ އެތެރެކުރިއެވެ.

ރާއްޖެއިން އެންމެ ގިނަ އަދަދަކަށް މުދާ އެކްސްޕޯޓުކުރީ ތައިލެންޑަށެވެ. ދެވަނަ އަށް ޖަރުމަނު ވިލާތަށެވެ. އަދި ތިންވަނަ އަށް އެންމެ ގިނައިން ރާއްޖެއިން މުދާ އެކްސްޕޯޓުކުރީ ފަރަންސޭސި ވިލާތަށް. ރާއްޖެއިން ބޭރަށް އެކްސްޕޯޓު ކުރި މުދަލުގެ 25 އިންސައްތައަކީ ކަޅުބިލަ މަހެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: