ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަންނަ ޖެނުއަރީ މަހުން ފެށިގެން އަމިއްލަ ފަރުދުންނަށް ޑެކްލަރޭޝަން ހުށަހެޅޭނެ: ދިޔާނާ

ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް ފާތިމަތު ދިޔާނާ
ޝެއާރކޮށްލާ ކަހަލަދޯ؟

އަމިއްލަ ފަރުދުން ގެންނަ މުދަލަށް އަމިއްލައަށް ޑެކްލަރޭޝަން ހުށަހެޅޭ ގޮތަށް ކަސްޓަމްސްގެ ޚިދުމަތްތައް ބަދަލުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް ފާތިމަތު ދިޔާނާ ވިދާޅުވެއްޖެއެވެ.

މި ބަދަލާއެކު، އަންނަ އަހަރުގެ ޖެނުއަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ދަތުރުވެރިންނަށް އޮންލައިންކޮށް ޑެކްލަރޭޝަން ހުށަހެޅުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

ދިޔާނާ މިކަން ހާމަކުރެއްވީ މިމަހުގެ 18ވަނަ ދުވަހު ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ ބެލުމުގެ ދަށުން ހިންގަމުންދާ ތަންފީޒީ އިދާރާތަކުން ކުރަމުން އަންނަ މަސައްކަތްތަކުގެ މައުލޫމާތު ހިއްސާކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

ކަސްޓަމްސް ޚިދުމަތް ލުއިފަސޭހަކޮށް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ގެންނަ ބަދަލުތަކުގެ ތެރެއިން އެންމެ މުހިންމު އެއް ބަދަލަކީ، ޑިއުޓީ ދައްކަން ޖެހޭ މުދަލަށް އަމިއްލަ ފަރުދުންނަށް ޑެކްލަރޭޝަން އަމިއްލައަށް ހުށަހެޅޭ ގޮތް ހެދުން ކަމަށް ސީޖީ ވިދާޅުވިއެވެ.

މިހާރު އޮންނަ އުސޫލުގެ ތެރޭގައި އަމިއްލަ ފަރުދުންގެ މުދަލަށް އަމިއްލައަށް ޑެކްލަރޭޝަން ހުށަހެޅޭނެ ގޮތެއް ނޯންނަ ކަމަށް ދިޔާނާ ފާހަގަކުރެއްވިއެވެ. ނަމަވެސް، އަލަށް ތަޢާރަފްކުރެވޭ އޮންލައިން ސިމްޕްލިފައިޑް ޑިކްލަރޭޝަންގެ ޚިދުމަތާއެކު، ދަތުރުވެރިންނާއި އޯޑަރކޮށްގެން ތަކެތި ގެންނަ ފަރާތްތަކަށް ކަސްޓަމްސް ޕޯޓަލް މެދުވެރިކޮށް ޑެކްލަރޭޝަން ހުށަހަޅާ ޑިއުޓީ ދެއްކޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މި ޚިދުމަތަކީ މޯލްޑިވްސް 2.0 ސިޔާސަތުގެ ދަށުން ކަސްޓަމްސްގެ ޚިދުމަތްތައް ޑިޖިޓަލައިޒްކޮށް، ޚިދުމަތްތައް ހޯދުމުގައި ލުއި ފަސޭހަ ގޮތްތަކެއް ހޯދުމުގެ މަގުސަދުގައި ތަޢާރަފްކުރެވޭ ޚިދުމަތެކެވެ.

ސީޖީ ދިޔާނާ ވިދާޅުވީ ”ދަތުރުވެރިންނާއި އޯޑަރކޮށްގެން ތަކެތި ގެންނަ ފަރާތްތަކަށް ލުއިފަސޭހަ ޚިދުމަތެއް ފޯރުކޮށްދިނުމަށް އަލަށް ތަޢާރަފްކުރުމަށް ރޭވިފައިވާ އޮންލައިން ސިމްޕްލިފައިޑް ޑިކްލަރޭޝަންގެ ޚިދުމަތް އަންނަ އަހަރުގެ ޖެނުއަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ތަޢާރަފްކުރެވިގެންދާނެ“ ކަމަށެވެ.

މި ޚިދުމަތް ތަޢާރަފު ކުރުމަށް ކަސްޓަމްސް އިން ނިންމާފައިވަނީ ދެ މަރުހަލާއަކަށް ބަހާލައިގެންނެވެ.

ފުރަތަމަ މަރުހަލާގައި، އަންނަ ޖެނުއަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން މި ޚިދުމަތް ތަޢާރަފް ކުރެވޭނީ ރާއްޖެ އަންނަ ފަތުރުވެރިންނަށެވެ. އޭގެ ފަހުން، އަމިއްލަ ފަރުދުން އޯޑަރު ކޮށްގެން ގެންނަ ތަކެތީގެ ތެރެއިން ޑިއުޓީ ދައްކަންޖެހޭ ތަކެތި ކްލިޔަރ ކުރުމަށް މި ޑެކްލަރޭޝަން ބޭނުންކުރަން ފެށޭނީ 2026 ވަނަ އަހަރުގެ ފުރަތަމަ ކުއާޓާގައެވެ.

ކޮމިޝަނަރ ޖެނެރަލް ފާތިމަތު ދިޔާނާ ވިދާޅުވީ މި ޚިދުމަތާ ގުޅޭ އިތުރު މަޢުލޫމާތު ކަސްޓަމްސް އިން ވަރަށް އަވަހަށް އާންމު ކުރާނެ ކަމަށެވެ. މި ބަދަލަކީ ކަސްޓަމްސްގެ ޚިދުމަތްތައް ޒަމާނީކޮށް، ރައްޔިތުންނަށް ލުއިފަސޭހަ ގޮތްތައް ހޯދައިދިނުމަށް އަޅާ މުހިންމު ފިޔަވަޅެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: