ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުށުގެ ވެށިގެން ފެންނަނީ އާ މޫނުތައް، ކުޑަކުދިންގެ އަދަދު ދަނީ ގިނަވަމުން: ނަވީން

ހޯމް މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސީޕީ އިސްމާއިލް ނަވީނާއި ހޯމް މިނިސްޓަރު އަލީ އިހުސާން ވާހަކަ ދައްކަވަނީ/ ފޮޓޯ: މިހަރު
ޝެއާރކޮށްލާ ކަހަލަދޯ؟

ކުށުގެ މާހައުލުން ފަހަކަށް އައިސް ކުޑަކުދިން ފެންނަ މިންވަރު ވަރަށް ބޮޑުތަނުން އިތުރުވެފައިވާކަމަށް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއިލް ނަވީން ވިދާޅުވެއްޖެ އެވެ.

ހޯމް ޓީމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނަވީން ވިދާޅުވީ ކުށުގެ މާހައުލުން އާ މޫނުތަކެއް ފެންނަމުންދާ ކަމަށާއި، އޭގެ ތެރޭގައި ކުޑަކުދިންގެ އަދަދު އިތުރުވެފައިވާ ކަމަށެވެ.

ނަވީން ވިދާޅުވި ގޮތުގައި، ފުލުހުން ހިންގާ ޕެޓްރޯލް ތަކުގެ ތެރެއިން ފާހަގަކުރެވޭ އެއް ކަމަކީ، ކުށުގެ ވެށިން ކުޑަކުދިން ފެންނަ މަންޒަރު ކަންބޮޑުވާ މިންވަރަށް އިތުރުވެ، މި މައްސަލަ ގޯސްވެފައިވާ ކަމެވެ.

މީގެ ކުރިން މަގުމަތީގެ އެކި ސަރަހައްދުތަކުން މައިގަނޑު ގޮތެއްގައި ފެންނަމުންދިޔައީ ކުށުގެ ރެކޯޑު އޮންނަ މީހުން ނަމަވެސް، މިހާރު ފެންނަނީ ގިނައިން އައު މޫނުތައް ކަމަށާއި، އޭގެ ތެރޭގައި ކުޑަކުދިން ގިނަކަން ނަވީން ފާހަގަކުރެއްވިއެވެ.

ނަވީން އިތުރަށް ވިދާޅުވީ، ސާނަވީ ތައުލީމު ނުވަތަ އޯ ލެވެލް ނިންމައި ކިރިޔާ 18 އަހަރު ފުރޭ ކުދިންނާއި 17 އަހަރުގެ ކުދިން، ކުށުގެ މާހައުލާއި ގުޅުންހުރި ތަންތަނުން ނުވަތަ ފުލުހުންނަށް ދެނެގަނެވިފައިވާ ”ހޮޓްސްޕޮޓްސް“ ތަކުން، އަދި ގްރޫޕުތައް އެއްވާ ސަރަޙައްދުތަކުން ފެންނަ ކަމަށެވެ.

މި މަންޒަރުތައް ފާހަގަކުރެވިގެން ދިޔުމަކީ، ވަރަށް ކަންބޮޑުވާ ކަމެއްކަމަށާއި، މި މައްސަލަ ކަންބޮޑުވާ ދަރަޖައަށް ގޮސްފައިވާކަމަށް ނަވީން ވިދާޅުވިއެވެ. މި ކުދިން އެއްވެސް ކުށެއް ނުކުރާތީ، މިހާރު ނަސޭހަތް ދީފައި ފޮނުވާލަނީ ކަމަށްވެސް ނަވީން ވިދާޅުވިއެވެ. އެހެންނަމަވެސް، ކުރިއަށް އޮތް ތާނގައި އެ ކުދިން ކުށުގެ ތެރެއަށް ވަދެގެންދާނެ ކަމުގެ ބިރު ބޮޑުކަމަށް ނަވީން ފާހަގަކުރެއްވިއެވެ.

މިކަމާ ގުޅިގެން ކޮމިޝަނަރ ނަވީން ވަނީ، ބެލެނިވެރިން އެބެލެނިވެރިއެއްގެ ދަރިން ކުށުގެ ވެއްޓަށް ވަނަނުދިނުމަށްޓަކައި، އެ ކުދިންނަށް އަޅާލައި ބަލާ، ދާ ތަންތަން ބެލުމަށް އިލްތިމާސްކޮށް، ސަމާލުވުމަށް އެދިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: