ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

”އެމް.އެން.ޔޫ އިނޮވޭޓްހަބް ޕަވަރޑް ބައި ދިރާގު“ ރަސްމީކޮށް އިއުލާންކޮށް ޕަރޓްނަރޝިޕެއް ގާއިމުކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ދަރިވަރުންގެ އުފެއްދުންތެރިކަމާއި ވިޔަފާރީގެ ހުނަރު އިތުރުކުރުމުގެ މަގުސަދުގައި ”އެމް.އެން.ޔޫ އިނޮވޭޓްހަބް ޕަވަރޑް ބައި ދިރާގު“ ތައާރަފު ކުރުމަށް ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީއާއި ދިރާގުން ސްޓްރެޓީޖިކް ޕަރޓްނަރޝިޕެއް ގާއިމުކޮށްފިއެވެ.

މި ސްޓްރެޓީޖިކް ޕަރޓްނަރޝިޕް ރަސްމީކޮށްފައިވަނީ ދިވެހި ޤައުމީ ޔުނިވަރސިޓީގައި ބޭއްވި ހާއްސަ ހަފްލާއެއްގައެވެ. މިއީ، ޒުވާނުން ކުރިއަށް ނެރެ، ޒުވާނުންގެ އުފެއްދުންތެރިކަމަށް ހިތްވަރުދިނުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.

ދިވެހި ޤައުމީ ޔުނިވަރސިޓީ އާއި ދިރާގުގެ ޕަރޓްނަރޝިޕްގެ ދަށުން މި ހާއްޞަ ޔުނިވަރސިޓީ އިންކިއުބޭޓާރ ޕްރޮގްރާމް ”އެމް.އެން.ޔޫ އިނޮވޭޓްހަބް ޕަވަރޑް ބައި ދިރާގު“ ގެ ނަމުގައި ވަނީ އިފްތިތާހުކޮށްފައެވެ. މި ޕަރޓްނަރޝިޕް މެދުވެރިކޮށް ދިރާގުން މި ޕްރޮގްރާމަށް މާލީ ގޮތުންނާއި އެހެނިހެން ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދޭނެއެވެ. މީގެ ތެރޭގައި މެންޓަރޝިޕް ދިނުމާއި، ޕިޗް އިވެންޓްތަކުގައި ޖަޖުންގެ ގޮތުގައި ބައިވެރިވުމާއި، އިންކިއުބޭޝަންގެ މަރުހަލާތަކުގައި ބޭނުންކުރުމަށް ދިރާގު ހައި ސްޕީޑް ފައިބަރ އިންޓަރނެޓް ފޯރުކޮށްދިނުން ހިމެނެއެވެ.

މި ޕްރޮގްރާމް ފަރުމާކޮށްފައިވަނީ އީޖާދީ ހިޔާލުތައް އަމަލީ ގޮތުން ބޭނުންކުރެވޭ ދެމެހެއްޓިނިވި ހައްލުތަކަކަށް ބަދަލުކުރުމަށް އެހީތެރިވެދިނުމަށެވެ. މީގެތެރޭގައި ހިޔާލު އުފެއްދުން، މެންޓަރޝިޕް، ހުނަރު ތަރައްގީކުރުމާއި، ވެލިޑޭޝަން އަދި  ދަރިވަރުންގެ އީޖާދީ ހިޔާލު ތަރައްގީކޮށް މާކެޓް ރެޑީ ސޮލިއުޝަން ތައްޔާރުކުރުން ހިމެނެއެވެ. މި ޕްރޮގްރާމަކީ ސްޓްރެޓީޖިކް ލަނޑުދަނޑިތަކާއި ޔުނައިޓެޑް ނޭޝަންސްގެ ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތަކާއި އެއްގޮތުގެ މަތިން ޒިންމާދާރުކަމާއި ދެމެހެއްޓެނިވި ގޮތެއްގައި އީޖާދުކުރުމުގެ މަގުސަދުގައި ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

މި ޕާޓްނަރޝިފަކީ ދިރާގުން ޒުވާނުން ބާރުވެރިކުރުވުމަށާއި، ޑިޖިޓަލް އީޖާދުތައް ކުރިއެރުވުމަށާއި، ރާއްޖޭގައި ވިޔަފާރި ކުރިއެރުވުމަށް ދޭ އަހަންމިއްޔަތު ރަމްޒުކޮށްދޭ ކަމެކެވެ. ދިރާގުގެ އަމާޒަކީ މުސްތަގުބަލަށް ތައްޔާރުވެފައިވާ ހުނަރުވެރިން ތަރައްގީކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ގައުމީ ތަރައްގީއަށް އެހީތެރިވެދިނުމެވެ.

މި އިސްނެގުމުގެ ދަށުން ޒުވާން ވިޔަފާރިވެރިންނަށް ފުރުސަތުތައް ފަހިކޮށްދީ، ގައުމުގެ އީޖާދީ މާހައުލު އިތުރަށް ހަރުދަނާކޮށް، އިގްތިސާދީ އަދި އިޖްތިމާއީ ތަރައްގީއަށް މަގުތައް ފަހިވެގެންދާނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: