ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސްގެ ދަރިކަލުންގެ އަބުރާ ގުޅޭ މައްސަލައިގެ ނިންމުން، އެމްޑީޕީގެ ފަރާތުން ހައިކޯޓަށް

ދިވެހިރާއްޖޭގެ ހައިކޯޓު/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމްހޫރިއްޔާގެ ދަރިކަލުން އުމެއިރު މުހައްމަދު މުއިއްޒުގެ އަބުރަށް އަރައިގަނެ، ކަރާމާތް ގެއްލޭ ގޮތަށް އަމަލުކޮށްފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ފެމިލީ ކޯޓުން ނިންމި ނިންމުން އެމްޑިޕީން ހައިކޯޓުގައި އިސްތިއުނާފުކޮށްފި އެވެ.

ހައިކޯޓުގެ ރެޖިސްޓްރީ ދައްކާ ގޮތުން މި މައްސަލަ ހުށަހަޅާފައި ވަނީ މި މަހުގެ 16 ގައެވެ.

މައްސަލައިގައި އެމްޑީޕީގެ ލީގަލް ޑައިރެކްޓަރ، އަހުމަދު މައުރޫފް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ފެމިލީ ކޯޓުން އެމްޑީޕީގެ މައްޗަށް ކުރި ހުކުމް ހައިކޯޓަށް ހުށަހަޅާފައިވާކަމަށެވެ.

ފަސްޓްލޭޑީގެ ފަރާތުން މި މައްސަލައިގައި ދައުވާ ހުށަހަޅާފައިވަނީ ރެހެންދި ޗެމްބާސް ލޯފާމުންނެވެ. އެގޮތުން ދައުވާ ފެމިލީ ކޯޓުގައި ހުށަހެޅީ އެމްޑީޕީއާއި، އެ ޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލްގެ އިތުރުން ޕާޓީގެ ސެކްރެޓޭރިއެޓްގައި މަސައްކަތް ކުރާ މަރިޔަމް ޒުބެއިރު (މަންދީ) ގެ މައްޗަށެވެ.

މި މައްސަލަ ހުށަހަޅާފައި ވަނީ ފަސްޓްލޭޑީ ސާޖިދާ މުހައްމަދުގެ ފަރާތުންނެވެ. މި މައްސަލައިގައި ކުރި ދައުވާތަކަށް ޖަވާބު ހުށަހެޅުމަށް ދިން ފުރުސަތުގައި ދައުވާ ރައްދުވާ ފަރާތްތަކުން ދައުވާ ހުށަހަޅާފައި ނުވެއެވެ. އަދި އޭގެ ފަހުން ޖަވާބު ހުށަހެޅި ނަމަވެސް ސާޖިދާގެ ވަކީލު އެދިވަޑައިގެންނެވީ މުއްދަތު ހަމަވި ފަހުން ޖަވާބު ހުށަހެޅުމުން، ގައިރު ހާޒިރުގައި ހުކުމްކޮށްދިނުމަށެވެ.

މި މައްސަލައިގައި ޣައިރު ހާޒިރުގައި ކުރި ޙުކުމުގައި ސިވިލް ކޯޓުން ކަނޑައަޅާފައިވަނީ އުމެއިރުގެ އަބުރު ރައްކާތެރިވުމުގެ ހައްގު ނިގުޅައިގެންފައިވާ ކަމަށާއި، ގެއްލުމުގެ ބަދަލު ހޯދުމަށް ދައުވާ ކުރުމުގެ ހައްގު ސާޖިދާއަށް ލިބިގެންވާ ކަމަށެވެ.

މީގެ އިތުރުން، މަންދީ ދެއްކި ވާހަތަކުގެ ޒިންމާ އެމްޑީޕީގެ ޗެއާޕާސަންގެ ހައިސިއްޔަތުން ފައްޔާޒް އިސްމާއިލް ނަގަންޖެހޭނެ ކަމަށް ކަނޑައަޅައިދިނުމަށާއި އެ ވާހަކަތަކުގެ ސަބަބުން ނުކުމެފައިވާ ނަތީޖާއަށް އާންމުކޮށް މައާފަށް އެދުމަށް ފައްޔާޒް އިސްމާއިލްގެ މައްޗަށް އަމުރު ކޮށްދިނުމަށްވެސް އެދިފައިވާއިރު، ސިވިލް ކޯޓުން ނިންމީ އެގޮތަށް އެންގެން ނެތްކަމަށެވެ. އެގޮތުން އެ ވާހަކަތަކުގެ ޒިންމާ އެމްޑީޕީ އާއި ފައްޔާޒަށް މަތިކުރެވޭނެ ހަމައެއް ނެތް ކަމަށާއި އާންމުކޮށް މައާފަށް އެދެން އަމަރުކޮށްދެވެން ނެތް ކަމަށް ވަނީ ނިންމާފައެވެ.

އެމްޑީޕީން ބުނާ ގޮތުގައި އަބުރާބެހުމުގެ ސަބަބުން ލިބިފައިވާ ގެއްލުމުގެ ބަދަލު ނަގައިދިނުމުގެ ގަވާއިދު އޮންނަ ގޮތުން އެފަދަ މައްސަލައެއް ޝަރީއަތަށް ހުށަހެޅެނީ އަބުރަށް އުނިކަން އައި ފަރާތުންނެވެ. ނަމަވެސް މި މައްސަލަ ހުށަހެޅުއްވީ އުމައިރުގެ މަންމާފުޅު ސާޖިދާކަން ފާހަގަކޮށްފައިވެއެވެ.

އެހެންނަމަވެސް ސިވިލް ކޯޓުން ނިންމީ ކުޑަކުއްޖެއްގެ އަބުރު ނަގައިލި ކަމަށް ބުނާ މައްސަލަތަކުގައި ބެލެނިވެރިޔާއަށް މައްސަލަ ހުށަހެޅޭނެ ކަމަށެވެ.

ވަރަށް ގަދަ
50%ވަރަށް ގަދަ 50%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: