ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހިޔާ ފްލެޓްތަކަށް ބަދަލު ނުގެންނަން ނިންމައިފި

ހިޔާ މަޝްރޫޢުގެ ފްލެޓްތަށް.... ފޮޓޯ: އަވަސް އޮންލައިން
ޝެއާރކޮށްލާ ކަހަލަދޯ؟

ހިޔާމަޝްރޫޢުގެ ދަށުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި އަޅާފައިވާ ފްލެޓްތަކަށް ބަދަލުނުގެންނައުމަށް ސަރުކާރުން ނިންމައިފިއެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ކުރީގެ ރައީސް އަބްދުﷲ ޔާމިން އަބްދުލް ޤައްޔޫމްގެ ސަރުކާރުން އަޅަން ފެށި 7000 ހައުސިން ޔުނިޓްގެ ޕްރޮޖެކްޓްގައި ހުރި ފްލެޓްތަކަކީ މީހުން ދިރިއުޅޭ ވަރަށްވުރެ ކުދި ތަންތަން ކަމަށް ބުނެފައެވެ.

އެގޮތުން  7000 ހައުސިން ޔުނިޓް، 6860 ހައުސިން ޔުނިޓަށް ބަދަލުކޮށް ޖާގަ ތަނަވަސްކުރުމަށް ސަރުކާރުން އޭރު ވަނީ ނިންމާފައެވެ.

ހައުސިން ޑިވެލޮމްޕަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ބުނީ ފްލެޓްތަކަށް ބަދަލު ނުގެންނަ ގޮތަށް ނިންމީ ކޮޓަރިތައް ތަޅާލައިފިނަމަ ބޮޑެތި ޚަރަދުތަކެއް ހިނގާނެތީ ކަމަށެވެ. އަދި ފެލެޓްތަކަށް އިތުރު ބަދަލެއް ނުގެނެސް ކުރިންވެސް އެ ޕްރޮޖެކްޓް ޕްލޭން ކުރެވިފައިވާ ގޮތަށް ކުރިއަށްގެންދަން ނިންމާފައިވާ ކަމަށެވެ.

ގިނަ މަޝްވަރާތަކަކަށް ފަހު އެޗްޑީސީއިން އެގޮތަށް ނިންމާފައިވާއިރު އަންނަ އަހަރުގެ ތާރޑް ކުއާޓަރުގައި ފްލެޓްތައް ނިންމާލެވޭނެ ކަމަށް އެޗްޑީސީއިން މައުލޫމާތުދެއެވެ.

ހިޔާ ފްލެޓެއްގެ ކޮޓަރިއެއް…. ފޮޓޯ: އަވަސް އޮންލައިން

ހިޔާ ފްލެޓްތަކާއި ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ސޯލިހުވަނީ ކުރީގެ ސަރުކާރުން ޕްރޮޖެކްޓް ރާވާފައިވާ ގޮތާއި މެދު ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އެ ބައްދަލުވުމުގައި ރައީސް ވަނީ ހިޔާ ފްލެޓްތަކަކީއެ އާންމުން ދިރިއުޅެން އެކަށީގެންވާ ތަންތަން ނޫން ކަމަށް ތަކުރާރުކޮށް ވިދާޅުވެފައެވެ.

ހިޔާ ފްލެޓްތަކުގެ އަގު ސަބްސިޑައިޒްކުރުމަށް މަސައްކަތް ކުރައްވަމުންދާ ކަމަށް ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވިއެވެ. އެގޮތުން ކުލީގެ ގޮތުގައި ދައްކަންޖެހޭ 11،000 ރުފިޔާ 6000 ރުފިޔާއަށް ކުޑަކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ހިޔާ މަޝްރޫޢުގެ ދަށުން 25 ބުރީގެ 16 ޓަވަރު އިމާރާތް ކުރަން ނިންމާފައިވާއިރު ރައީސް ޔާމިންގެ ސަރުކާރުން ވަނީ ލިޔުންވެސް ހަވާލުކޮށްފައެވެ. ފްލެޓްތައް ލިބޭނެ ކަމަށް ކުރީ ސަރުކާރުން ޔަޤީންކަންދީ ލިޔުން ހަވާލުކުރި ނަމަވެސް ފްލެޓް ދޫކޮށްފައިވާ ފަރާތްތަކުގެ ލިސްޓު މި ސަރުކާރުން ދަނީ ރިވިއު ކުރަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: