ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރު އޮފީސްތަކުގެ ހެދުން އެޅުމުގެ މިންގަނޑު ދަށްވެ، ގަވައިދު ކުރިން އޮތް ގޮތަށް ބަދަލުކުރަން ރައީސް އެދިވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު: ފޮޓޯ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ސިވިލް ސާވިސް ނުވަތަ ސަރުކާރުގެ މުވައްޒަފުން ވަޒީފާއަށް އައުމުގައި ހެދުން އެޅުމުގައި އަމަލު ކުރާ ގަވައިދު ކުރިން އޮތް ގޮތަށް ބަދަލު ކުރުމަށް ސިވިލް ސާވިސް ކޮމިޝަނުގައި އެދިއްޖެ އެވެ.

ހުޅުމާލެ ފޭސް އެކެއްގެ ރައްޔިތުންނާއި ބައްދަލު ކުރުމަށް މިރޭ އޮތް ޖަލްސާގައި ރައީސް ވިދާޅުވީ، ސަރުކާރުގެ އޮފީސްތަކުގައި މަސައްކަތް ކުރާ މުވައްޒަފުންގެ ހެދުން އެޅުން އަހުލާގީ މިންވަރަށް ވުރެ ދަށްކަމަށް ބައެއް ފަރާތްތަކުން ކަންބޮޑުވުންފާޅު ކުރާކަމަށެވެ.

މީގެކުރިން ހެދުން އެޅުމުގެ ސިވިލް ސާވިސްގެ އޮތީ ވަރަށް ރަނގަޅު މިންގަނޑެއް ނަމަވެސް އެކަން ވަރަށް ބޮޑަށް ބަދަލުވެފައިވާކަން ރައީސް ފާހަގަކުރެއްވި އެވެ.

ރައީސް ވިދާޅުވީ ސިވިލް ސާވިސް ނުވަތަ ސަރުކާރުގެ މުވައްޒަފުން ރަސްމީ ގަޑީގައި ހެދުން އެޅުމާއި ގުޅޭގޮތުން ކުރިން އޮތް ގަވައިދުގައި އޮތް މިންގަނޑު މިހާރަށް ވުރެ ރަނގަޅެވެ.

ބައެއް ބައްދަލުވުންތަކުގައި އައި ވާހަކަފުޅެއް. ސަރުކާރުގެ އޮފީސްތަކުގައި މަސައްކަތްކުރާ ބޭފުޅުންގެ ހެދުން އެޅުމުގެ މިންގަނޑުތައް މިހާރު ވަރަށް އަހުލާގީ މިންގަނޑު ނޫނިއްޔާ ސޯޝަލީ އެކްސެޕްޓެޑް މިންގަނޑަށްވުރެ ދަށްވެއްޖޭ. ކުރީގައި ސިވިލް ސާވިސްގެ ގަވާއިދުގައި އޮތީ ވަރަށް ރަނގަޅު މިންގަނޑެއް. އެގޮތަށް އޮތްވައި ކޮންމެވެސް ސަބަބަކާ ހުރެ މިކަން ބަދަލުވެފައި މިހާރު މި އޮތީ. އަޅުގަނޑު މިހާރު ސިވިލް ސާވިސް ކޮމިޝަންއަށް އަޅުގަނޑަށް ލިބިގެންވާ ގާނޫނީ ހަމަތަކުގެ މަތިން ލިބިގެން އޮތް އިހުތިޔާރަކަށް ބާރުގެ ތެރެއިން ދަންނަވައިފިން. ސިވިލް ސަރވިސްގަ ކުރީގަ އެއްގޮތަށް އިއާދަކޮށްދޭށޭ. ކުރީގަ އެއްގޮތަށް ގަވާއިދު ބަދަލުކޮށްފަ ގެޒެޓްކުރައްވައިގެން އަމަލުކުރުން ފައްޓަވާށޭ.

ރައީސް މުޢިއްޒު ވިދާޅުވީ އެ މަނިކުފާނަށް ލިބިގެންވާ ގާނޫނީ ހަމަތަކުގެ މަތިން ލިބިގެން އޮތް އިހުތިޔާރާއި ބާރުގެ ތެރެއިން، ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އަށް މިކަން ދަންނަވާފައި ކަމަށެވެ. އެގޮތުން، ސިވިލް ސާވިސްގައި ކުރީގެ ގޮތަށް ހެދުން އެޅުމުގެ ގަވާއިދުތައް ކުރިން އޮތް ގޮތަށް އިއދަކޮށްދިނުމަށާއި، އެ ގަވައިދު ބަދަލުކޮށް ގެޒެޓްކުރުމަށް ފަހު އަމަލުކުރަން ފެށުމަށް އެދިވަޑައިގެންފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

ވަރަށް ގަދަ
67%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 33%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: