ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

76 މެމްބަރުންގެ ވާހަކައާއި އެކު ބަޖެޓު ބަހުސް ނިންމާލައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށައަޅާފައިވާ ދައުލަތުގެ ބަޖެޓް ބަހުސް ކުރުން ނިންމާލައިފި އެވެ.

2020 ވަނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށައަޅާފައިވަނީ 37.5 ބިލިއަން ރުފިޔާގެ ބަޖެޓެކެވ. އެ ބަޖެޓަށް ބަހުސް ކުރަން އާންމު ކޮމިޓީން ކަނޑައެޅީ 21 ގަޑިއިރު ކަނޑައަޅައިފަ އެވެ. ކޮމެޓީން ބަޖެޓް ފާސްކުރުމުގެ ކުރިން ކޮންމެ މެންބަރަކަށް 15 މިނެޓް އަދި ކޮމެޓީ ރިޕޯޓަށްފަހު ބަޖެޓަށް ބަހުސްކުރުމަށް ހަތް މިނެޓްދިނުމަށް ވެސް ވަނީ ނިންމާފައެވެ.

ބަޖެޓް ބަހުސް ފަށާފައިވަނީ މިމަހުގެ 13 ވަަނަ ދުވަހު ކަމަށް ވާއިރު ހަތަރު ދުވަހުގެ މުއްދަތަށް ބަޖެޓް ބަހުސްކުރިއަށް ދިޔައިރު  76 މެންބަރުން ވަނީ ބަޖެޓަށް ބަހުސްކޮށްފައެވެ. ބަޖެޓް ބަހުސް ކުރިއަށް ގެންދިޔައިރު ދެ މެންބަރަކު ތިއްބެވީ ރަސްމީ ދަތުރުފުޅެއްގައި ރާއްޖެއިން ބޭރުގައެވެ. އަދި ބަޖެޓް ބަހުސްގައި މަޖިލީހުގެ ރައީސް ބައިވެރިވެވަޑައެއް ނުގަންނަވާނެ އެވެ. މަޖިލީހުގެ ރިޔާސަތުން މިއަދު ވަނީ ބަޖެޓް ބަހުސް ނިމިފައިވާކަން އިއުލާންވެސް ކުރައްވާފައެވެ.

މި ބަޖެޓަކީ މިއީ އުންމީދީ ބަޖެޓެއް ކަމަށް ސަރުކާރަށް ތާޢީދުކުރާ މެމްބަރުން ވިދާޅުވާއިރު، އިދިކޮޅު މެންބަރުންގެ ބޮޑެތި ފާޑުކިޔުންތައް ބަޖެޓަށް ވަނީ އަމާޒުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: