ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

36 ދަރިވަރުންނާއެކު އެޗް.އާރް.ސީ.އެމް އިން ސްކޫލް ކުދިންނަށް ފޯރަމެއް ބާއްވާއިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ބިލާއި ކުޑަކުދިންގެ ޢަދުލުގެ ބިލާ ގުޅޭގޮތުން ސްކޫލް ކުދިން ހޭލުންތެރިކޮށް، އެކުދިންގެ ޚިޔާލާ މަޝްވަރާ ހޯދުމަށް ހިއުމަން ރައިޓްސް ކޮމިޝަނުން އިންތިޒާމްކޮށްގެން 2019 ނޮވެމްބަރ 19 ވަނަ ދުވަހު ފޯރަމެއް ބާއްވައިފިއެވެ.

މި ފޯރަމްގެ މަޤްސަދަކީ 2019 ނޮވެމްބަރ 15 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ބިލާއި ކުޑަކުދިންގެ ޢަދުލުގެ ބިލާ ގުޅޭގޮތުން ސްކޫލް ކުދިން ހޭލުންތެރިކޮށް، އެކުދިންގެ ޚިޔާލާ މަޝްވަރާ ހޯދުމަކީ މުހިއްމު ކަމަކަށްވާތީ އެކުދިންގެ ޚިޔާލާއި މަޝްވަރާހޯދުންކަމަށް އެޗްއާރުސީއެމްއިން މައުލޫމާތު ދެއްވައެވެ. 

މި ފޯރަމްގައި 18 ސްކޫލަކުން އުމުރުން 15 އަހަރާ 18 އަހަރާ ދެމެދުގެ 36 ދަރިވަރުން ބައިވެރިވެފައިވެއެވެ. އެގޮތުން ހިއުމަން ރައިޓްސް ކްލަބްތައް ޤާއިމުކޮށްފައިވާ ސްކޫލްތަކުން ހިއުމަން ރައިޓްސް ކްލަބްތަކުގައި ޙަރަކާތްތެރިވާ ދަރިވަރުންނަށާއި ކްލަބްތައް ޤާއިމުކޮށްފައި ނުވާ ސްކޫލްތަކުގެ ދަރިވަރުންނަށް މި ފޯރަމްގައި ބައިވެރިވުމުގެ ފުރުޞަތު ދެވުނުކަމަށް ކޮމިޝަނުން މައުލޫމާތު ދެއްވިއެވެ.

 މި ފޯރަމްގައި މި ދެ ބިލުގައި ހިމެނޭ ބައިތަކުގެ ތެރެއިން ޚާއްސަކޮށް ކުޑަކުދިންގެ ޙައްޤުތަކަށް އިސްކަން ދިނުމުގެ ޙައްޤާއި، ތަޢުލީމު ލިބުމުގެ ޙައްޤާއި، ރަނގަޅު ޞިއްޙަތެއް ލިބުމުގެ ޙައްޤާއި، ދަޢުލަތުގެ ޒިންމާތަކާއި، މައިންބަފައިންގެ ޒިންމާތައް އަދި ކުޑަކުދިންގެ ޒިންމާތަކާ ގުޅޭގޮތުން މަޝްވަރާކޮށް،  ކުދިންގެ ޚިޔާލު ހޯދާފައިވާކަމަށާއި،  މި ފޯރަމަށް ފަހު ފޯރަމްގައި ދަރިވަރުން ފާހަގަކުރި ޚިޔާލުތައް އެކުލަވާލާ ތައްޔާރުކުރާ ކަރުދާހެއް ރައްޔިތުންގެ މަޖިލީހާ އަދި ގުޅުންހުރި އެހެނިހެން މުޢައްސަސާތަކާ ހިއްސާކުރުމަށް ވަނީ ހަމަޖެހިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: