ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕީޖީ ބިޝާމް ވަކި ކުރުމުގެ މައްސަލަ އިއުލާނު ކުރުން މާދަމާގެ ޖަލްސާއަށް!

ޕީޖީ ބިޝާމް މައްސަލަ މާދަމާއަށް އެޖެންޑާކޮށްފި
ޝެއާރކޮށްލާ ކަހަލަދޯ؟

ޕްރޮސިކިއުޓަ ޖެނެރަލް އައިޝަތު ބިޝާމް، މަގާމުން ވަކިކުރުމުގެ ބަހުސް މަރުހަލާ ބުދަ ދުވަހުގެ ޖަލްސާގައި ކުރިޔަށް ގެންދިއުމަށް އެޖެންޑާކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުން އާއްމުކޮށްފައިވާ ބުދަ ދުވަހުގެ ޖަލްސާގެ އެޖެންޑާގައިވާ ގޮތުން، މަޖިލީހުގެ ގަވާއިދުގެ 2010 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެ މަތިން ބިޝާމް ވަކިކުރުމުގެ މައްސަލަ، މަޖިލީހުގައި އިއުލާންކުރަން ޖުޑިޝަރީ ކޮމިޓީން ފޮނުވާފައިވާ މައްސަލަ ކުރިއަށް ގެންދާނެ އެވެ.

ބިޝާމްގެ މައްސަލަ އަލުން ކުރިއަށް ގެންދަން މި ފަހަރު ހުށަހެޅުއްވީ މަތިވެރި ދާއިރާގެ އެމްޑީޕީގެ މެމްބަރު ހަސަން ޒަރީރެވެ. ތާއީދު ކުރެއްވީ ހެންވޭރު ހުޅަނގު ދާއިރާގެ އެމްޑީޕީގެ މެމްބަރު ހަސަން ލަތީފާއި ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސެއިނެވެ.

އެ ކޮމިޓީން އަންގާރަ ދުވަހު ނިންމާފައި ވަނީ އަނެއްކާވެސް ބިޝާމް މަގާމުން ވަކިކުރުމުގެ މަސައްކަތް ފެށުމަށެވެ. ޖުޑީޝަރީ ކޮމިޓީން މީގެ ކުރިންވެސް ބިޝާމް ވަކި ކުރުމުގެ މަސައްކަތް ފެށިއެވެ. އެހެން ނަމަވެސް އެ ނިންމުން އޭގެ ޖެހިގެން އައި ދުވަހު ބާތިލު ކުރީއެވެ. މިދިޔަ މަހުގެ 17 ގައި ޕީޖީ ބިޝާމް ވަކިކުރަން ކޮމިޓީއަށް ހުށަހެޅުއްވީ އެ ކޮމިޓީގެ ނައިބު މުގައްރިރު އަދި ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖް އެވެ. ސިރާޖް ހުށަހެޅުއްވުން ފުރަތަމަ ކޮމިޓީން ފާސްކުރި އެވެ. އެކަމަކު އެއީ އެމްޑީޕީގެ އުސޫލުތަކާ ހިލާފަށް ހުށަހެޅުއްވި ކަމެއް ކަމަށް ވިދާޅުވެ އެ ނިންމުން ބާތިލް ކުރަން ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހްމޫދް ހުށަހެޅުއްވުން އެ ގޮތަށް ކޮމިޓީން ފަހުން ފާސްކުރި އެވެ.

މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން ޕީޖީ އަދި އެހެން މިނިވަން މުއައްސަސާއެއްގެ މެމްބަރަކު ވަކިކުރާ ނަމަ އެކަން މަޖިލީހުގެ ރައީސަށް އަންގަން ޖެހެ އެވެ. މަޖިލީހުގެ މެމްބަރުންނަށް އެކަން އިއުލާން ކުރައްވާނީ މަޖިލީހުގެ ރައީސެވެ. އޭގެފަހުން އެ މައްސަލަ ކޮމިޓީގައި މަޝްވަރާކޮށް ނިންމާ ގޮތެއް މަޖިލީހުގެ ތަޅުމަށް ފޮނުވާނެ އެވެ.

ބިޝާމްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ކުރިއަށް ގެންދިއުމާ މެދު އެމްޑީޕީގެ މެމްބަރުންގެ މެދުގައި ހިޔާލު ތަފާތުވުންތަކެއް ހުރިކަމަށް ވާހަކަތައް ދެކެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: